Live News From Hulhumeedhoo, Addu City

އެޑިޓޯރިއަލް rss

މަރްޔަމް ޖުވޭރިޔާއަށް މަރުޙަބާ1

2010 ,November 10

މިއަހަރުގެ އޭލެވަލްގައި އެއްމެ ފާހަގަކޮށްލެވުނު އެންމެ ފަޚްރުވެރި އެއް ނަތީޖާ ހޯދި ދަރިވަރަކީ އެކައުންޓްސް އިން %100 މާރކްސް ހޯދައިގެން މުޅި ދުނިޔޭން މި މާއްދާއިން އެއްވަނަ ހާސިލްކޮށްފައިވާ ސ. މީދޫ އުއިގަސްދޮށުގޭ މަރިޔަމް ޖުވޭރިޔާއެވެ. މީގެ އިތުރުން މުޅި ރާއްޖެއިން އިކޮނޮމިކްސް އާއި ބިޒްނަސް ސްޓަޑީޒް އާއި އިސްލާމުން އެއްމެ މަތީ މާކްސް ހޯދީވެސް މަރްޔަމް ޖުވޭރިޔާއެވެ. އެހެންކަމުން މީދޫލައިވްގެ ފަރާތުން ޖުވޭރިޔާ އަށާއި ޖުވޭރިޔާގެއާއިލާއަށް ވަރަށް އިޚްލާސްތެރިކަމާއެކު މަރުހަބާކިޔަމެވެ. މީދޫގެ ލޮބުވެތި ކިޔަވާކުދިންނަށް މިފަދަ […]

ހުޅުދޫ މީދޫގެ ލޭންޑް ޔޫސް ޕްލޭނަށް ޚިޔާލު ހުށަހެޅުއްވުމަށް

ހުޅުދޫ މީދޫގެ ލޭންޑް ޔޫސް ޕްލޭނަށް ޚިޔާލު ހުށަހެޅުއްވުމަށް

ހުޅުދޫ މީދޫގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށްޓަކައި މިމަހުގެ 21،25،26 މި ތިންދުވަހު ވަނީ ބައްދަލުވުންތަކެއް ބާއްވާފައެވެ. ލޭންޑް ޔޫސް ޕްލޭނާއި ބެހޭގޮތުން ބޭއްވި މި މަޝްވަރާ ބައްދަލުވުންތަކުގައި މިހާތަނަށް ވަނީ މުހިއްމު ޚިޔާލުތަކެއް ހުށަހެޅިފައެވެ. އެގޮތުން އެއްމެ ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ދެރަށުގެ އިސް ހަރަކާތްތެރިން އެއްބަސް ވެފައިވަނީ ދެރަށް ހަދާނީ އެއް ލޭންޑް ޔޫސް ޕްލޭން ކަމަށެވެ. ދެވަނަ ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވަނީ ދެރަށުގެ ހުޅަނގު ފަރާތުގައި އޮތް ތިލަ ފަޅު ހިއްކުމަށްފަހު […]

މީދޫޓައިމްސް ވެބްސައިޓަށް މަރުޙަބާ

މީދޫޓައިމްސް ވެބްސައިޓަށް މަރުޙަބާ

މީދޫޓައިމްސް.ކޮމް ގެ ނަމުގައި މުޅިން އާ ވެބްސައިޓެއް ތައާރަފުކޮށްފިއެވެ. މި ނޮވެމްބަރ 5 ވަނަ ދުވަހު ހިންގަންފަށާފައިވާ މިވެބްސައިޓް ހިންގަނީ ކޮންބައެއްކަން އެސައިޓުގައި ހާމަކޮށްފައި ނުވެއެވެ. ސައިޓުގެ ތަޢާރަފުގައި ބުނެފައިވާގޮތުން މީދޫޓައިމްސް.ކޮމް އަކީ މީދޫގެ ތަރައްގީއަށް އިތުރު ކުރިއެރުން ހޯދައި ދިނުމަށާއި، ރަށުން ބޭރުގައި އުޅުއްވާ ބޭފުޅުންނަށް ވީއެއްމެ އަވަސް ފުރުސަތެއްގައި ރަށުގެ ހާލަތު އަންގައިދީ، ރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރިހާ ހުރަސްތައް ނައްތާލުމަށް ރަށުގެ އެއްމެން އެއްބައިވަންތަކުރުމަށް އުފައްދާފައިވާ ސައިޓެކެވެ. މީގެ އިތުރުން އެސައިޓުގައި ޝާޢިއުކުރެވޭ […]

ހުރިހާ މުދައްރިސުންނަށްވެސް ޝުކުރިއްޔާ. މީދޫލައިވް

ހުރިހާ މުދައްރިސުންނަށްވެސް ޝުކުރިއްޔާ. މީދޫލައިވް

އިއްޔެއަކީ މިއަހަރުގެ މުދައްރިސުންގެ ދުވަހެވެ. މުދައްރިސުންނަކީ އަޅުގަނޑުމެންގެ ދަރީންނަށް މަގުދައްކުވައިދޭ އެދުރުންނެވެ. އަޅުގަނޑުމެންގެ ތުއްތު ކުދިންގެ  މުސްތަޤްބަލް އަލިކޮށްދޭ ދަންމަރު ތަކެއްފަދަ ބައެކެވެ. އެކުދިންގެ ކުރިމަގު އުޖާލާކޮށްދިނުމުގައި އެންމެ މުޚިންމު ދައުރެއް އަދާކޮށްދޭ ބޭފުޅުންނެވެ. ޒުވާން ޖީލުގެ ހިތްތައް އިލްމާއި ހުނަރުން މުއްސަދިކޮށްދޭ އެދުރުންނެވެ. ހަޤީގަތުގައި މިދެންނެވި ހުނަރުވެރި މިރަށުގެ އެދުރުނަނަށް ކިތަންމެ ވަރަކަށް ތަޢުރީފް ކުރިނަމަވެސް އެބޭފުޅުންގެ ފަރާތުން ޢިލްމު ލިބިގެން ފުރިފައިވާ އެއްވެސް ހިތެއް ފުރޭ ވަރަކަށް ތަޢުރީފް ނުކުރެވޭނެކަން ކަށަވަރެވެ.


މިބައިގެ އިތުރު ލިޔުންތައް