Live News From Hulhumeedhoo, Addu City

ވާހަކަ rss

ފޯންކޯލް – 3 ވަނަ ބައި

ފޯންކޯލް – 3 ވަނަ ބައި1

2011 ,January 13

މޮޅުކެއުމަކަށްފަހު އެރޭ ނިމިގެން ނަވީން އެގެއިން ދާން ޖެހުނީ އެގެއަށް އައިއިރު ގެނައި ސުވާލުތަކަށްވުރެ ގިނަ ސުވާލުތައް ހިފައިގެންނެވެ. ހަމަ އެންމެ ސަބަބަކާހެދިއެވެ. ޒިޔާދު އަކީ ކާކުކަން ނޭނގޭތީއެވެ. އެނޫން ހުރިހާ ކަމެއްވެސް ރަނގަޅެވެ. އާއިލާގެ ފުރަތަމަ ބައްދަލުވުމުގައި އިނާއާއި ވާހަކަދައްކަން ވަގުތު ލިބޭނެކަމަށް އޭނަ އައީކީ އުއްމީދުކޮށްގެންވެސް ނޫންކަމަށްވާތީ އެކަމަކާއި އޭނަގެ ހިތަކަށް މާ ބޮޑު ތަދެއް ނުވެއެވެ. ބަލާލާ ކޮންމެ ފަހަރަކު ފެންނަ ހިސާބުގަ އިނާ އުޅޭތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ނަވީން އެގެއިން […]

ފޯންކޯލް – 2 ވަނަބައި

ފޯންކޯލް – 2 ވަނަބައި

އަނެއްކާ އިނާ…….. އިނާ އޭނައާއެކު ކުޅިގަނޑެއް ކުޅެލަނީކީ ނޫންބާވައެވެ. އެރޭ ގެއަށް ގޮސްފައި އޮފީސް މަސައްކަތްތައް ބަލާލުމަށް ގަސްދުކޮށް ލެޕްޓޮޕް ހިފައިގެން ނަވީން އިށީނެއްކަމަކު….ކުރެވެން ފެށީ އިނާގެ ޚިޔާލެވެ. އިނާއާއި ބައްދަލުވެ ވާހަކަ ދެކެވުނީތީ އުފާ ލިބެމުންދިޔައިރު ޖަވާބު އެނގެން ބޭނުންވާ ސުވާލުތައް ގިނަކަމުންވެސް ނަވީނަށް އުނދަގޫވާން ފެށިއެވެ. މިހާ ސީރިއަސްކޮށް އަންހެންކުއްޖަކާއި ދޭތެރޭ އޭނައަށް ނުވިސްނޭތާވެސް ޒަމާންތަކެއްވެސް ވެއްޖެއެވެ. ފަޒީލާއާއި އޮތް ގުޅުން ކެނޑުނުފަހުން މިވީ ތިން އަހަރުތެރޭވެސް ވަޒީފާގެ ކަންތަކާ އުޅެފައި އެހެންކަމަކާ އަދި […]

ފޯންކޯލް – 1 ވަނަ ބައި

ފޯންކޯލް – 1 ވަނަ ބައި

މަހުގެ ފަނަރަ ވިލޭރެއެވެ. އެހެންނަމަވެސް ހަނދުވަރުގެ ކުޑަ މިންވަރެއްވެސް ދުނިޔެމަތިން ނުފެނެއެވެ. އެއާއި ޚިލާފަށް ވައި ބާރުވެފައި ބޯކޮށް ވެހެމުން ދަނީ ވާރެޔެވެ. އެކަމަކުވެސް ޠޫފާނީ ރެއެއް ނޫނެވެ. ހިސާބަކީ ގަސްތަކާއި ރުއްތައް ގިނަ ހިސާބެއްކަމުން ވަޔާއި ވާރެޔާއެކު ގަސްތަކާ ރުއްތަކުގެ ފަންތަކުން އިވޭ އަޑުން ކުޑަކުދިންނާއި ޒުވާން ކުދިންގެ ހިތަށް ސިހުންވާހާ ވެއެވެ. ބޮޑެތި ވާރޭ ތިކިތައް ޓިނު ފުރާޅުތަކަށް ޖަހާއަޑު ކައިރިން އަހަން ހުރި މީހަކަށް ހިތްހަމަޖެހުމެއް ގެނެސްނުދޭނެކަން ޔަގީނެވެ. އެހެންނަމަވެސް ދުރުދުރުން އެ […]

ބޮޑާ ނަފްސު (12 ވަނަ ބައި)

ބޮޑާ ނަފްސު (12 ވަނަ ބައި)

އިރުގަނޑެއްވަންދެން ދެމީހުންވެސް އަނގައިން ނުބުނެ އެކަކު އަނެކެއްގެ ލޮލުގެ ޖާދޫގައި ޖެހިފައި ތިއްބެވެ. އެ ވަގުތުކޮޅުގެ ޖާދޫ މުގުރާލީ ޒީނިޔާއެވެ. ކުއްލިއަކަށް ތެދުވެގެން، އެއްފަރާތެއްގައި ހުރި ދޮރަކާއި ދިމާލަށް ހިނގައިގަތީއެވެ. އެދިޔަ ގޮތަށްގޮސް އެ ދޮރު ހުޅުވާލާފައި ބޭރަށް ޒީނިޔާ ނުކުތެވެ. އަސީލްއަށް ފެންނަންވެސް ނެތެވެ. އަސީލްއަށް ޒީނިޔާ ފަހަތުން ދެވުނީ ދަމާ ބާރަކުން ފަދައެވެ. އެ ދޮރުން ނުކުމެފައި އަސީލް ބަލާލިއެވެ. އެއީ އެގޭގެ ގޯތިތެރޭގައި އޮތް ކުޑަކުޑަ ބަގީޗާއަކަށް ނުކުމެވެން ހުރި ދޮރެކެވެ. މަގުމަތީގައި […]


މިބައިގެ އިތުރު ލިޔުންތައް