Live News From Hulhumeedhoo, Addu City

ހިތުގެއުދާސް rss

އަވައްޓެރިއެއްގެ ތައުބާ

އަވައްޓެރިއެއްގެ ތައުބާComments Off on އަވައްޓެރިއެއްގެ ތައުބާ

2011 ,June 6

މާލިކް ބިން ދީނާރު ރިވާކުރައްވާފައިވެއެވެ. ނުބައި އަމަލުތަށް ކުރުމުގައި ދެމިހުރި އަވަށްޓެރިއެއް އަހަރެންގެވިއެވެ. ހުރިހާ އަވަށްޓެރިންވެސް އޭނާ ބަހައްޓަނީ އެކަހެރިކޮށްފައެވެ. އެއްދުވަހަކު އޭނާގެ އެހެން އަވަށްޓެރިންތަކެއް އަހަރެންގެ ގާތަށް އައިސް އޭނާގެ ނުބައިއަމަލުތަކުގެ ޝަކުވާ އުފުލިއެވެ. އަހަރެމެން އެންމެންވެގެން އޭނާއަށް ކުރިމަތިލައި އޭނާއަށް ބުނީމެވެ. “މިހުރިހާ އަވައްޓެރިންވެސް މިޝަކުވާ ކުރަނީ ކަލެއާއި މެދުގައެވެ. އެހެންކަމުން ކަލެއަށް އޮތް ހަމައެކަނި ގޮތަކީ މިގެ ދޫކޮށް ދިޔުމެވެ.” “އަހަރެން މިވަނީ އަހަރެންގެ އަމިއްލަ ގޭގަ! އެހެންވީމަ އަހަރެން ނުދާނަށް” އޭނާ […]

މަންމަ އަހަންނަށް ހަޤީގަތް އޮޅުވާލީއެެވެ.

މަންމަ އަހަންނަށް ހަޤީގަތް އޮޅުވާލީއެެވެ.

އަހަރެންގެ ލޯބިވާ މަންމައެވެ. އަހަންނަށް ކަމުގެ ޙަޤީޤަތް އޮޅުވައިލީއެވެ. ދުވަހަކުވެސް އަހަރެންގެ ގާތު އެކަމާމެދު ތެދުނުބުނެއެވެ. އަށްފަހަރުމަތިން އަހަރެންގެ ގާތު ދޮގު ހެދިއެވެ. ވާހަކައަށް ފެށުނީ އަހަރެން އުފަންވުމާ ގުޅިގެންނެވެ. އިންތިހާއަށް ފަޤީރުކަމަށް ގެނބިފައިވާ ޢާއިލާއެކެވެ. އަހަންނަކީ ޢާއިލާއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އަހަރެމެން އަތަކު ކާނެއެއްޗެއް ގިނަ ފަހަރަކު ނުހުރެއެވެ. ބައެއް ފަހަރު ކާނެ ބަތްފުކެއް ލިބޭދުވަހަކުން ކާލައިގެން އެނޫންވަގުތުތަކުގައި އަހަރެމެންތިބެނީ ބަނޑުހައިހޫނުކަން ހިނދުވާލައިގެންނެވެ. ކާއިރު ގިނަފަހަރު މަންމަ ހަދާގޮތަކީ އޭނާއަށްވާބައި ވެސް އަހަންނަށް ދެނީއެވެ. […]

މަންމަގެ އެއް ލޯ ނެތީމަ ވަރަށް ފޫހިވޭ!!

މަންމަގެ އެއް ލޯ ނެތީމަ ވަރަށް ފޫހިވޭ!!

އޭނާގެ މަންމަގެ ހުންނަނީ އެއްލޮލެވެ. އޭނާ މަންމަދެކެ ވަރަށް ރުޅި އާދެއެވެ. މަންމަ އަކީ އޭނާގެ ޙަޔާތުގައި ޖެހިފައިވާ ލަދުވެތި ކަމުގެ ލައްގަނޑެކެވެ. ޢާއިލާގެ ޚަރަދު ބަރަދު ބެލެހެއްޓުމަށްޓަކައި މަންމަ ކުރާ މަސައްކަތަކީ މީހުންނަށް ކައްކައި ދިނުމެވެ. ސްކޫލުގެ ސްޕޯރޓްސް މީޓް ދުވަހެވެ. ރައްޓެހި ކުދީންގެ ކައިރީގައި ހުއްޓާ މަންމަ އަތުވެއްޖެވެ. ދަރިފުޅާއޭ ކިޔާ އޭނާގެ މަންމަ އޭނާއަށް ގޮވާލިއެވެ. އޭނާ ލަދުން ހަލާކު ނުވީ ކުރިޔާއެވެ. އެއްލޯ ހުރި އަންހެނާގެ ގޮވާލުމަށް އިޖާބަ ދިނުމަކާއި ނުލައި […]

އައިޝާ

އައިޝާ

ހަވީރުގެ އަނދިރިކަން ދުނިޔެ މައްޗަށް ވެރިވަމުން ދިޔައެވެ. ރޭގަނޑައި ދުވާލު ވަކިކުރާ ގަދަފަދަ އިރު އެދުވަހުގެ މަސައްކަތް ފުރިހަމައަށް އަދާކުރުމަށްފަހު ގޮސް އުދަރެހާއި ނިވާވަނީއެވެ. ދުވާލު ހަތަރު ދަމު އުޑުމަތީ ނަށަ ނަށާ ހުރި އަޅި ކުލައާއި ނޫކުލައާއި ހުދުކުލައިގެ ވިލާތަށް މަޑުމަޑުން އެހެރަ ދަނީ ބަދަލުވަމުންނެވެ.ރަތްކުލައާއި ރަންކުލަ ހުދުކުލައާއި އެއްވެގެން މިހާރު ވިލާތަކަށް އަރަމުން އެދާ ކުލަތަކަކީ ދުލުން ނުވަތަ ގަލަމަކުން ބަޔާން ކުރެވޭނޭ ކުލަތަކެއް ނޫނެވެ. އުޑުމައްޗަށް އެހެރަ އަންނަ ބަދަލު ތަކާއި އެކުވެގެން […]


މިބައިގެ އިތުރު ލިޔުންތައް