Live News From Hulhumeedhoo, Addu City

އަވަސް ޚަބަރު rss

ބ. އަތޮޅު އޭދަފުށީ ތައުލީމީ މަރުކަޒުގައި ކިޔަވާ ދެމުން ގެންދިޔަ އިންޑިއާ ފިރިހެން ޓީޗަރަކު ދަންޖެހިގެން މަރުވެއްޖެ

ބ. އަތޮޅު އޭދަފުށީ ތައުލީމީ މަރުކަޒުގައި ކިޔަވާ ދެމުން ގެންދިޔަ އިންޑިއާ ފިރިހެން ޓީޗަރަކު ދަންޖެހިގެން މަރުވެއްޖެComments Off on ބ. އަތޮޅު އޭދަފުށީ ތައުލީމީ މަރުކަޒުގައި ކިޔަވާ ދެމުން ގެންދިޔަ އިންޑިއާ ފިރިހެން ޓީޗަރަކު ދަންޖެހިގެން މަރުވެއްޖެ

2013 ,May 21

ބ. އަތޮޅު އޭދަފުށީ ތައުލީމީ މަރުކަޒުގައި ކިޔަވާ ދެމުން ގެންދިޔަ އިންޑިއާ ފިރިހެން ޓީޗަރަކު ދަންޖެހިގެން މަރުވެއްޖެއެވެ. އެރަށު ކައުންސިލްގެ ނައިބު ރައީސް މުހަންމަދު ރިޒާ ވިދާޅުވީ މިއަދު ހެނދުނު ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ އުމުރުން ގާތްގަނޑަކަށް 26 އަހަރުގެ ސަތީސް ރާޖު ކަމަށެވެ. އަދި އޭނާ އަކީ އެ ތައުލީމި މަރުކަޒުގައި ކޮމްޕިއުޓާ ސްޓަޑީސް ކިޔަވާދޭން އުޅޭ ޓީޗަރެއް ކަމަށެވެ. އޭނާ ދަންޖެހިފައި ހުރީ، ދިރިއުޅެމުން ދިޔަ ނޫރާނީގޭ ކޮޓަރި ތެރޭގައި ކަމަށްވެސް ރިޒާ ވިދާޅުވިއެވެ. […]

މީދޫޓީމު ސީދާ ތިންސެޓުން ދެރަކޮށް ހައިސިކްސް ފައިނަލަށް

މީދޫޓީމު ސީދާ ތިންސެޓުން ދެރަކޮށް ހައިސިކްސް ފައިނަލަށް

ފްރަގަތާ އެމްސީސީ ވޮލީ މުބާރާތުގައި މިއަދު ކުޅެވުނު ސެމީފައިނަލްގެ ތިންވަނަމެޗްގައި މީދޫޓީމާއި ބައްދަލުކޮށް ސީދާ ތިންސެޓުން މެޗުކާމިޔާބުކޮށް މިމުބާރާތުގެ ފައިނަލްގައި ހުޅުދޫ ޔޫތުފައުންޑޭޝަންގެޓީމާއި ބައްދަލުކުރާނެޓީމަކަށް ހައިސިކްސް ޓީމު ހޮވިއްޖެވެ ހައިސިކްސް މިމެޗްގެ ސެޓްތައް ގެންގޮސްފައިވަނީ 31-29 ، 25-23 ، 25-23 ންނެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ހައިސިކްސްގެ އަހުމަދު އަނިލް ނަސީރެވެ.

ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީއަށް ކުރައްވާ މިދަތުރުފުޅަކީ، އަންނަ ނޮވެމްބަރު މަހު ރާއްޖޭގައި ބާއްވަވާ ސާކް ސަމިޓްގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި، ސަމިޓަށް ވަމުންދާ ތައްޔާރީތައް ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އަވަސްޚަބަރު: މާދަމާ އައްޑޫ ސިޓީގައި އިންތިޙާބު ބާއްވާ ގޮތަށް ހަމަޖެހިއްޖެ

މާދަމާ އައްޑޫގައި ސިޓީ ކައުންސިލް އިންތިހާބު ބޭއްވުމަށް ދާދި ދެންމެއަކު އިލެކްޝަންސް ކޮމިޝަނަށް ސްޕްރީމްކޯޓުން ޢަމުރުކޮށް ޙުކުމްކުރައްވައިފިއެވެ. ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެއްވެސް ސަރަހައްދެއް އިސްތިސްނާ ކުރުމެއް ނެތި ލޯކަލް ކައުންސިލްގެ އިންތިހާބު އެކަމަށް ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވުން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ލާޒިމް ކަމެއް ކަމަށެވެ. އެ އަމުރުގައި ބުނެފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން އެއްވެސް ދާއިރާއަކަށް ގާނޫނީ […]


މިބައިގެ އިތުރު ލިޔުންތައް