Live News From S.Meedhoo

ފަތްފުށް މާރޗް, 2010

ކަންކަން ކުރަން ނޭނގުމަކީ ރައްޔިތުންގެ ކުރިމަތީގައި އިތުރުފުޅު ހައްދަވަންޖެހޭ ސަބަބެއް ނޫނެވެ

ކަންކަން ކުރަން ނޭނގުމަކީ ރައްޔިތުންގެ ކުރިމަތީގައި އިތުރުފުޅު ހައްދަވަންޖެހޭ ސަބަބެއް ނޫނެވެ

އެނގިވަޑައިގަންނަވާނެ ފަދައިން މިއަދު މިރަށުގެ މަގުތައް މިވަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަވަރުގެ ފުން ވަޅުގަނޑުތައް ހެދި ހިނގާ މީހުންނަށާއި، ދުއްވާ ތަކެއްޗައް މަގުތަކުގެ ބޭނުން ނުހިފޭވަރަށް ހަލާކުވެފައެވެ. މިކަމުގެ ޝަކުވާތައް ކޮންމެ ދުވަހަކު ރަށު އޮފީހަށް ލިބެމުންދެއެވެ. ރައްޔިތުންގެ މި ޝަކުވާތައް އަތޮޅު އޮފީހަށާއި، ޕްރޮވިންސް އޮފީހަށްވަނީ ތަކުރާރުކޮށް ހުށަހެޅިފައެވެ. މީގެ އިތުރުން މީޑިއާގެ ޒަރިއްޔާއިން މި ޝަކުވާތަކާއި މި މަންޒަރުތައް ވަނީ ދެއްކިފައެވެ. ނަމަވެސް މިއަދާއި ހަމައަށް މަގުގެ މައްސަލަތަކަށް ހައްލެވަނީ ނުހޯދިފައެވެ.
އިތުރަށްވިދާޅުވުމަށް

ރޯޔަލް އެއާރފޯސްގެ ސިފައިންނަށް ހުޅުދޫ މީދޫއިން ހޫނު މަރުހަބާއެއް ކިޔައިފި

ރޯޔަލް އެއާރފޯސްގެ ސިފައިންނަށް ހުޅުދޫ މީދޫއިން ހޫނު މަރުހަބާއެއް ކިޔައިފި

މީގެ 34 އަހަރު ކުރިން އައްޑު އަތޮޅު ގަމުގައި މަސައްކަތްކުރި ރޯޔަލް އެއާފޯސްގެ ސިފައިންނަށް މީދޫއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. 52 މެމްބަރުންގެ މައްޗައް އެކުލެވޭ ރޯޔަލް އެއަރފޯސްގެ ވެޓްރަންސް ޓީމަށް މީދޫއިން މަރުހަބާކިޔާފައިވަނީ ރަށުގެ ކުދިބޮޑު އެއްމެހާ ރައްޔިތުންނެވެ. މީގެ ތެރޭގައި މީގެ 34 އަހަރު ކުރިން ގަމުގައި އިނގިރޭސިންނާއެކު މަސައްކަތްކުރި މީހުންވެސް ހިމެނެއެވެ.
އެއާރފޯސްގެ މެމްބަރުން މީދޫއަށް ފޭބުމާއެކު ކޮންމެ މީހެއްގެ ކަރުގައި މާފައްޗެއް އެޅުވިއެވެ. މި މާފަތިތައް އަޅުވާފައިވަނީ ސްކޫލް ކުދިންނެވެ. މީގެ އިތުރުން [...]

އީ.އައި.އޭ ނުހަދައި ސ.ހިތަދޫ ފަސްގަނޑު ސަރަޙައްދު ކޮންނަމުންދާތީ މާވަހި ޖަމުއިޢްޔާއިން އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފި

އީ.އައި.އޭ ނުހަދައި ސ.ހިތަދޫ ފަސްގަނޑު ސަރަޙައްދު ކޮންނަމުންދާތީ މާވަހި ޖަމުއިޢްޔާއިން އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފި

ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރާ ޖަމުއިޢްޔާއެއް ކަމަށްވާ މާވަހިން މި ނޫސްބަޔާން ނެރެފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ނުހަދައި އައްޑޫ މަގު މަރާމާތުކޮށް ބަލަހައްޓާ ޔުނިޓުން ސ.ހިތަދޫ ފަސްގަނޑު ސަރަހައްދުން ގިނަ އަދަދެއްގެ ފަސްނަގަމުންދާތީއެވެ.
މާވަހިން ނެރުނު ނޫސްބަޔާނުގައި މިކަމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާއާއި އަދި ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމުގެ ޤާނޫން (ޤާނޫން ނަމްބަރ 4/93) ގެ 5 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް އެފަރާތުން ހިންގަމުންދާ ވަރަށް [...]

އައްޑު އަތޮޅުގައި އިނގިރޭސިން ތިބި ދުވަސްވަރު އިނގިރޭސި ސިފައިންގެ ތެރޭގައި މަސައްކަތްކުރި ގްރޫޕެއް އައްޑުއަށް ޒިޔާރަތްކޮށްފި

އައްޑު އަތޮޅުގައި އިނގިރޭސިން ތިބި ދުވަސްވަރު އިނގިރޭސި ސިފައިންގެ ތެރޭގައި މަސައްކަތްކުރި ގްރޫޕެއް އައްޑުއަށް ޒިޔާރަތްކޮށްފި

އައްޑު އަތޮޅު ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެތަނުގައި މަސައްކަތްކުރި ސިފައިންގެ ތެރެއިން އިއްޔެ މިއަތޮޅަށް ޒިޔާރަތްކޮށްފައިވަނީ 52 މީހުން.
ގަމުގައި ޤާއިމްކޮށްފައިވާ އިނގިރޭސިންގެ އަސްކަރީ މަރުކަޒު ބަންދުކުރިތާ 34 އަހަރު ފަހުން އެތަނުގައި މަސައްކަތްކުރި އޭރުގެ ސިފައިންގެ ތެރޭގައި މަސައްކަތްކުރި މީހުން މިކުރާ މިޒިޔާރަތުގައި  މުޅިގަން ބަލާލުމުގެ އިތުރުން އިނގިރޭސިން ތިބި ދުވަސްވަރު އަތޮޅުގެ އެހެން ރަށްރަށުގައި ބިނާކޮށްފައިވާ މުހިންމު ބިނާތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައި. އެގޮތުން މިމަހުގެ 25 ވަނަ ދުވަހު ހުޅުދޫ މީދޫއަށް އެގްރޫޕް [...]

އައްޑު އަތޮޅުގައި މިހާތަނަށް ސްވައިން ފްލޫވެކްސިން 216 މީހަކަށް ދެވިފައިވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެ.

އައްޑު އަތޮޅުގައި މިހާތަނަށް ސްވައިން ފްލޫވެކްސިން 216 މީހަކަށް ދެވިފައިވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެ.

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރިއަށްގެންދާ ވެކްސިންދިނުމުގެ މި ޕްރޮގްރާމްގައި އިސްކަންދީފައިވަނީ ސިއްޚީ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މާބަނޑުމީހުންނަށް.
މި ގޮތުން މިހާތަނަށް މާބަނޑު މީހުންނާއި ސިއްޚީ ދާއިރާގައި ހަރަކާތްތެރިވާ 216 މީހަކަށް މިވެކްސިން ދީފައިވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއްވި. މީގެ ތެރޭގައި ސ.ހުޅުމީދޫ ހޮސްޕިޓަލްގެ މުވައްޒަފުންވެސް ހިމެނޭ. އަދި ފޭދޫއިން މިކެޓަރީގައި ހިމެނޭ ފަރާތްތަކަށް ވަރަށް އަވަހަށް ވެކްސިން ދީ ނިމޭނެކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތުދެއްވި.
މިބުރުގައި އިންފުލުއެންޒާ އޭ އެޗްވަން އެންވަން ވެކްސިންދިނުމަށް ޝަރުތުހަމަވާ 475 [...]

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އައްޑޫގައި ކުރިއަށް ގެންދިޔަ މައިލޯ ފުޓްބޯޅަ ފެސްޓިވަލްގެ 2 އުމުރު ފުރާއަކުން ޗެމްޕިއަންކަން ފޭދޫ ސްކޫލު ހޯދައިފި.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އައްޑޫގައި ކުރިއަށް ގެންދިޔަ މައިލޯ ފުޓްބޯޅަ ފެސްޓިވަލްގެ 2 އުމުރު ފުރާއަކުން ޗެމްޕިއަންކަން ފޭދޫ ސްކޫލު ހޯދައިފި.

އައްޑު އަތޮޅު ހިތަދުގައި ހުންނަ ޒޯން ސްޓޭޑިއަމް އަށެއްގައި އިއްޔެ ކުޅުނު ފައިނަލް މެޗްތަކުގެ ތެރެއިން ފޭދޫ ސްކޫލް ޗެމްޕިއަންކަން ހޯދީ 13 އަހަރުން ދަށުގެ އުމުރު ފުރާއިންނާއި، 9 އަހަރުން ދަށުގެ އުމުރު ފުރާއިން.
މީގެ ތެރެއިން 13 އަހަރުން ދަށުގެ އުމުރު ފުރާއިން ފޭދޫ ސްކޫލް ޗެމްޕިއަންކަން ހޯދީ، ސ.އަތޮޅު ތައުލީމަރުކަޒުގެ ޓީމާއި ވާދަކޮށް، 2ލަނޑު 0 ލަނޑުން މެޗްކާމިޔާބުކޮށްގެން.
އަދި 9 އަހަރުން ދަށުގެ އުމުރު ފުރާއިން ފޭދު ސްކޫލް ޗެމްޕިއަންކަން ހޯދީވެސް ސ. އަތޮޅު [...]

އައްޑޫ ލިންކްރޯޑުގައި ހިގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް އިތުރު ފަރުވާދިނުމަށް މާލެއަށް ފޮނުވާލައިފި.

އައްޑޫ ލިންކްރޯޑުގައި ހިގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް އިތުރު ފަރުވާދިނުމަށް މާލެއަށް ފޮނުވާލައިފި.

އިއްޔެރޭ އިރުއޮއްސި 6:45 އެހާކަންހާއިރު ސ. ހިތަދޫ ސަރަހައްދީ ބަދަރާއި ދިމާލުން ލިންކްރޯޑުގައި ގާޑިޔަލެއްގައި ޖެހިގެން ހިގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސ. ހިތަދޫ ދޭލީގެ އުމުރުން 23 އަހަރުގެ އިބްރާހިމް ރަޝީދުއަށެވެ.
ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ ސައިކަލުގެ ހުންގާނު ނުވަތަ ގާޑިޔަލުގެ އަތްގަޑު ކަމަށް ބެލެވޭ އެއްޗެއް އޭނާގެ ފުއްޕާމެޔާއި ދިމާލުން ހެރިފައިވާކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސްކަމުން އިތުރު ފަރުވާދިނުމަށް މާލެއަށް ފޮނުވާލާފައިވާކަމަށްވެސް އެހޮސްޕިޓަލުގެ ރީޖަނަލް ހެލްތް އެޑްމިނިސްޓްރޭޓަރ އަހުމަދު މުހައްމަދު މައުލޫމާތުދެއްވިއެވެ.
މި އެކްސިޑެންޓް [...]

ޝަންގްރިއްލާ ވިލިގިލި ރިސޯޓްގެ ލޯންޗަކާއި ސަފާރީއެއްގެ ޑިންގީއަކާއި ޖެހި އެކްސިޑެންޓެއް ހިގައިފި.

ޝަންގްރިއްލާ ވިލިގިލި ރިސޯޓްގެ ލޯންޗަކާއި ސަފާރީއެއްގެ ޑިންގީއަކާއި ޖެހި އެކްސިޑެންޓެއް ހިގައިފި.

ރޭ 7:00 ޖަހާ އެހާކަންހާއިރު ސ. ވިލިނގިލީ ތެޔޮފާލަމާއި ދިމާލުން ބޭރުގައި ހިގި މިހާދިސާގައި ޑިންގީގައި ތިބި 3 މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
ގަމުން ލަގެޖް ހިފައިގެން ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ދިޔަ ލޯންޗް ޑިންގީގައި ޖެހިފައިވަނީ ޑިންގީ ގަމުގެ ތެޔޮފާލަމާއި ދިމާލުން ބޭރުގައި އުޅެނިކޮށްކަމަށާއި އެ ޑިންގީގައި އެއްވެސް ކަހަލަ އަލިކަމެއް ނެތްކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތުދެއްވާފައިވެއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ޑިންގީއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވަނީ ވެފައި، އަދި ޝަންގްރިއްލާގެ ލޯންޗަށް [...]

އެކާޅީސްވަނަ ހަފްތާ ބަންދު: ރާއްޖެއިސްލާމް ކުރެއްވީ ތަބްރޭޒީގެފާނެއެވެ. ދިވެހިންގެ ތެރެއިން ފުރަތަމަ އިސްލާމްދީން ގަބޫލުކުރިބަޔަކީ އައްޑޫ މީދޫ މީހުންނެވެ.

އެކާޅީސްވަނަ ހަފްތާ ބަންދު: ރާއްޖެއިސްލާމް ކުރެއްވީ ތަބްރޭޒީގެފާނެއެވެ. ދިވެހިންގެ ތެރެއިން ފުރަތަމަ އިސްލާމްދީން ގަބޫލުކުރިބަޔަކީ އައްޑޫ މީދޫ މީހުންނެވެ.

އިސްލާމް ދީނުގެ މަތިވެރި ނިޢުމަށް އަޅަމެންނަށް މިންވަރުކުރެއްވި މާތްﷲ ސުބުހާނަހޫ ވަތަޢާލާއަށް ހަމްދާއި ޝުކުރުކުރަން. އަދި ހައްޤުގެ މަތިވެރި ދީން އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވި މާތް ނަބިއްޔާއަށް ސަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަން.
ރާއްޖެ އިސްލާމްވިދުވަސް ފާހަގަކުރަމުންދާއިރު އަޅުގަނޑަށް އެބަ ދެކަމެއް ފާހަގަކުރެވޭ. ފުރަތަމަ ކަމަކީ އިސްލާމް ދީނުގެ މަތިވެރި ނޫރު ދުނިޔޭގެ ބައްރުތަކުގައި ފެތުރި، މި ޖަޒީރާ ޤައުމާއި ހަމައަށް އައުމަށްފަހު މިދީނާއި ދެކޮޅުވެރިވެ އަދި ދެކޮޅުވެރިވަމުންދާ މީހުންނަކީ ކޮބައިތޯ ދެނެގަތުން. ދެވަނަ ކަމަކީ ރާއްޖެ އިސްލާމްވިދުވަހަކީ [...]

އެފް.އެމް.ޑީގެ ވަގުތީ މާލޭ ގޮފި އެކުލަވާލައިފި

އެފް.އެމް.ޑީގެ ވަގުތީ މާލޭ ގޮފި އެކުލަވާލައިފި

އައްޑު އަތޮޅު މީދޫގައި ހަރަކާތްތެރިވާ ހަމައެކަނި މަދަނީ ޖަމްއިއްޔާ ކަމަށްވާ ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓްގެ ވަގުތީ މާލޭ ގޮފި އެކުލަވާލައިފި. ޖުމްލަ 13 މެމްބަރުންގެ މި ގޮފީގައި ހިމެނެނީ 1. ނަވާޒު ޝައުޤީ، 2. އަލީ ދީދީ، 3. އަޙްމަދު ޝާތިރު، 4. އަޙްމަދު ޝަފީޢު، 5. ޝާމް، 6. މުސްތަފާ މަންސޫރު، 7. އަޙްމަދު ޝިއުސް، 8. މުޙައްމަދު ދީދީ، 9. ޢަބްދުﷲ މުޢައްވިޒު، 10. އަޙްމަދު ނަޞީރު، 11. ހަމްޒަތުﷲ ޒާހިރު، 12. [...]