ފަތްފުށް އެޕްރީލް, 2010
މިގައުމުގެ ކޮންމެ ރައްޔިތަކަށްވެސް ސަރުކާރަށް ފާޑުކިޔޭނެއެވެ. އަދި ފާޑު ކިޔަންޖެހޭނެއެވެ.
ކުރީގެ ސިއްހީމަރުކަޒު ހިންގި ބިމުގައި 5 ބުރީގެ ލޯ ކޮލެޖާއި އެސް.ޓީ.އޯ ކޮމްޕްލެކްސްގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހުޅުދޫ މީދޫ ބިނާކުރައްވަމުން ގެންދަވާނީ މަތީ ތައުލީމަށާއި އިލްމަށް މަގުފަހިވާ ތަނެއްގެ ގޮތުގައެވެ.
އެމަނިކުފާނު މިހެން ވިދާޅުވިފަހުން މިހާރު މިވަނީ އެއް އަހަރު ފާއިތުވެފައެވެ. ބިންގާ އެޅުއްވި އިމާރާތް އަދި ލޮލަކަށް ނުފެނެއެވެ. މިހެން ދެންނެވުމުން، ބައެއް މީހުން ހިތްހަމަ ނުޖެހިދާނެއެވެ. އަދި މިވާހަކައަށް ރައްދުދެއްވުމުގެ ގޮތުން ފާއިތުވެދިޔަ 30 އަހަރާވެސް ގުޅުވަފާނެއެވެ. އެއަށްވުރެ [...]
ނިއުލައިން ބޯޓް ފުލުހުންގެ ބެލުމުގެ ދަށުގައި
ސ.ހުޅުދޫއާއި މާލެއާއި ދެމެދު ދަތުރުކުރަމުންދާ ސ.ހުޅުދޫ “ނިއުލައިން” ނަމަކަށް ކިޔާ ބޯޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މާލެއިން ފުރައިގެން އެބޯޓް ރޭ ދަންވަރު 2.30 އެހައިކަށްހާއިރު އައްޑުއަތޮޅު ފޭދޫ ބަދަރަށް ވަނުމާއިއެކު ފުލުހުންވަނީ އެބޯޓަށް އަރައި ފުލުހުންގެ ބާރުގެ ދަށަށް ބޯޓް ގެނެސް ބޯޓް ބަލައި ފާސް ކުރަމުންނެވެ.
ފުލުހުން އެބޯޓަށް އަރައި ބޯޓް ފާސްކުރަމުންދަނީ އެބޯޓުގައި މަސްތުވާތަކެތި ހުރިކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންނެވެ. ނަމަވެސް މިރެއާއި ހަމައަށް އެބޯޓުން މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް ފެނިފައިވާ [...]
ބުރަފަތި ޖެހުމުގެ ޢަމަލީ މަސައްކަތް މިއަންްނަ މަހު ފެށޭނެ
ދެކުނު ޕްރޮވިންސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ބައެއް މަޢުލޫމާތުތައް މިހާރު އެއްކޮށް ނިމިފައިވާކަމަށް ސަދަން ޔުޓިލިޓީސް ކުންފުނިން ވިދާޅުވެއްޖެއެވެ.
އެކުންފުނިން ވިދާޅުވީ މިގޮތައް އެއްކޮށް ނިމިފައިވާ މަޢުލޫމާތުތަކަކީ ރާއްޖޭގެ މިކަމާއިގުޅޭ ބައެއް މުއައްސަސާތަކުން އެއްކުރަންޖެހޭ މަޢުލޫމާތުތައް ކަމުގައެވެ.
ދެކުނު ޕްރޮވިންސުގައި އިޔާދަކުރަނިވި ހަކަތަ، ޕްރޮޖެކްޓު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސަދަން ޔުޓިލިޓީސްއާއި އިންޑިޔާގެ ސުޒްލޯން ކުންފުނި ގުޅިގެންނެވެ.
ސަދަން ޔުޓިލިޓީސް ކުންފުނިން ވިދާޅުވީ އެއްކުރެވުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންނަމަހު މި ޕްރޮވިންސުގައި (ހެރަތެރެކާރީގައި) ކޮންމެވެސް [...]
އައްޑުއަތޮޅު މީދޫއަކީ ސާފު ރީތި ރަށަކަށް ހެދުމަށްޓަކައި ކުރަމުންގެންދާ މަސައްކަތް
އިޖްތިމާޢީ އަދި އިޤްޠިޞާދީ ތަރައްޤީއަށް އަމާޒުކޮށް، ދެމެހެއްޓެނެވި ގޮތެއްގައި، ތިމާވެއްޓާއި އެހެނިހެން ތަބީޢީ ވަޞީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓުމުގެ މަޤްޞަދުގައި “ނަލަނަލަ މީދޫ” މި ޝިޢާރުގެ ދަށުން މީދޫ އޮފީހާއި، ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓާއި، ރަށުގެ ރައްޔިތުން ގުޅިގެން ގޭގެއިން ކުނި އުކާދިނުމުގެ ޚިދުމަތް 03 އެޕްރީލް 2010 ވަނަ ދުވަހު ވަނީ ފަށާފައެވެ.
އެފްއެމްޑީއާއި މީދޫގައި ހުރި ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންނާއި ވަރަށް ގިނަ ދުވަސްވަންދެން މަޝްވަރާ ކޮށް އަދި ރަށުގެ ހުރިހާ ގެއެއް ހިމެނޭ ގޮތަށް [...]
މިއަންނަ މަހުން ފެށިގެން ކަރަންޓް އަގު ބޮޑުކުރަނީ
ސަދަން ޔުޓިލިޓީޒުން ހިންގާ އިންޖީނުގެ ތަކުން އަންނަ މޭމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަރަންޓް ފީއާއެކު ފިއުލް ސާޗާޖެއް ނަގާގޮތަށް ހަމަޖައްސައި އިތުރު ބައެއް ޚިދުމަތްތަކުން އަގުނަގާ އުސޫލަށް ބަދަލު ގެނެސްފިއެވެ.
ސަދަން ޔުޓިލިޓިޒުން މަޢުލޫމާތު ލިބުނު ގޮތުގައި ކަރަންޓުގެ ޚިދުމަތަށް ފިއުލް ސާޗާޖު ނެގުމަށް ހަމަޖެހިފައިވަނީ އެކުންފުންޏަށް ޑީސަލް ގަންނަން ލިބޭ އަގު 8 ރުފިޔާ 10 ލާރިއަށް ވުރެ ބޮޑުވެއްޖެނަމަ ބޮޑުވާ ކޮންމެ 10 ލާރިއަކަށް ޔުނިޓަކުން 3 ލާރީގެ ރޭޓުން ކަމުގައެވެ.
އެކުންފުންޏަށް މިހާރު [...]
މިކުޑަކުޑަ ރަށް މިއޮތީ ނަފްރަތާއި ރުޅިވެރިކަމުގެ ސަބަބުން ބައިބައިވެފައި
ރަށުގެ ހާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. އެއްބަޔަކު އަނެއްބަޔަކާ ހިފި ވާދަވެރި ހިފުން ގަދަ ހިފުމަކަށްގޮސް އެންމެފަހުން ކޮންމެވެސް އެއްބަޔަކު މިވަނީ ކާމިޔާބު ކޮށްފައެވެ. އެހެންކަމަށްވާއިރު ކުރިންއޮތްޒާތީ ހަސަދަތަކުން ތިމާގެ ނަފްސު ޠާހިރުކޮށް ރަށުގެ ކުރިމަގާއިގެން ފަށާފައިވާ ދަތުރު މަޑުޖެހުމަކަށް އަޅުގަޑުމެން އެދިގެން ނުވާނެވެ. ނަމަވެސް މިފަދަ ވަގުތުތަކެއް އައިސްދާނެކަމަށް ބެލެވެމުންދާ ފަހަރު މިހާރު ވަރަށް ގިނައެވެ. އާއްމުންގެ ވިސްނުން މިއަދު ބަދަލުވެފައިވާއިރު ޚިޔާލާއި ފިކުރު މިއަދު ބަދަލުކުރަން މަޖްބޫރުވެއްޖެވެ. އެހެންކަމަށްވާއިރު އެވިސްނުން ބަދަލުކުރަން ޖެހެނީ ބަދަލުހިފުމުގެ [...]
ޝަމްސުއްދީން ސްކޫލްގެ ތިމާވެށި ކްލަބުން ކުޑަކުދިންގެ ޕާކް ސާފުކޮށްފި
ޝަމްސުއްދީން ސްކޫލްގެ ތިމާވެށި ކްލަބުން މީދޫ ކުޑަ ކުދިންގެ ޕާކް ސާފުކޮށްފިއެވެ. އިއްޔެ ހަވީރު 4.00 ން 6.00 ށް ސްކޫލްގެ ދަރިވަރުން ކުރި މަސައްކަތުން ޕާކްގެ ވަށައިގެން އޮތް މަގުގެ ވިނަ ނޮޅައި ސާފުކޮށްފައިވެއެވެ. މީގެ އިތުރުން ޕާކް ތެރޭގައި ހުރި ދަޅާ ފުޅިފަދަ ތަކެތިވެސް ވަނީ ސާފުކޮށްފައެވެ.
ޕާކް ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވި ކުދިން ބުނެފައިވަނީ އެކުދިން ބޭނުންވަނީ ވަރަށް ރީއްޗައް ސާފުކޮށް އޮންނަ ޕާކެއްގެ ގޮތުގައި މީދޫ ކުޑަ ކުދިންގެ ޕާކު އޮންނަން ކަމަށާއި، [...]
ސ.އަތޮޅު މަދަރުސާގެ އަހަރީދުވަހާއި ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކާނިވަލް ފަސްކޮށްފި
ސ.އަތޮޅުމަދަރުސާގެ 27 ވަނައަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ “މެގަކާރނިވަލް 2010″ މޫސުމް ތަންނުދިނުމާއި ގުޅިގެން މިއަންނަ މެއި 7 ވަނަ ދުވަހަށް ފަސްކުރެވިފައިވާ ކަމަށް އެސްކޫލުން ހާމަކޮށްފިއެވެ. ބެލެނިވެރިންނާއި މުދައްރިސުންނާއި ދަރިވަރުން ގުޅިގެން ބާއްވާ މިކާނިވަލުގައި ސްޓޯލްތައް ވިއްކުމާއި ބެހޭ ގޮތުން މިހާރުދަނީ ޕީޓީއޭއާއި ސްކޫލް މެނޭޖްމަންޓާއި ދެމެދު މަޝްވަރާ ކުރެވުމުންނެވެ.
އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ސްޓަރނައިޓް 2010 ގެ ނަމުގައި މިމަހު 16 ވަނަ ދުވަހުގެ ރޭ އެސްކޫލުގައި ބޭއްވުނު ސްޓޭޖްޝޯވގެ [...]
ކިޔެވުމުގައި ރިވެތި އާދަ ކުދިންނަށް ދަސްކޮށްދޭށެވެ.
ދަރިން ކިޔަވަންދަނީ ސްކޫލަށް ކަމަށްވިޔަސް އެކުދިންގެ ކިޔެވުމުގެ ވަރަށް މުހިއްމު ދައުރެއް ގޭގައިވެސް ކުޅެންޖެހެއެވެ. އެގޮތުން ދަރިފުޅުގޭގައި ކިޔެވުމަށް އެކިގޮތްގޮތުން އެހީތެރިކަން ދިނުމަކީ މަންމައިން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެވްރެޖްކޮށް އެންމެ ގިނަކުދިންނަށް ރަގަޅުކަމަށް ފާހަގަ ކުރެވިފައިވާ ކިޔެވުމުގެ ރަގަޅުގޮތްތައް ކަމަށް މާހިރުން ދެކިލައްވާ ގޮތްތައް ތިރީގައި އެވަނީއެވެ. މިގޮތްތައް ދަރިފުޅަށް ދަސްކޮށްދޭށެވެ. ނަމަވެސް ހަނދާންކުރަންޖެހޭ އެއް ކަމަކީ ކޮންމެ ކުއްޖަކީ ވެސް ތަފާތުކުއްޖެއްކަމާއި ކިޔެވުމުގައި ގެންގުޅޭ އުސޫލުތައްވެސް ތަފާތުވާނެކަމެވެ.
ކިޔެވުމަށް ރަގަޅުމާހައުލެއް ގާއިމް ކުރުމަކީ އެންމެ ފުރަތަމަ [...]
ހުޅުދޫ މީދޫގެ މަގުތައް އެއްވަރު ކުރުމުގެ މަސައްކަތް ފަށައިފި
މަގު އެއްވަރުކުރުމުގެ މަސައްކަތް ޕަބްލިކްވޯސް ޔުނިޓުން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ގިނަ ދުވަސްތަކެއްވަންދެން މަގު ނުހެދި އޮތުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހު މަގު އެއްވަރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މީދޫ މަޖްދުއްދީން މަގުންނެވެ. އެމަގު ނިންމުމަށްފަހު މިހާރު ޕަބްލިކް ވޯކްސްއިން މަސައްކަތް ކުރަމުންދަނީ ބަހާއުއްދީން މަގުގައެވެ.
ހުޅުދޫ މީދޫގެ މަގުތައް މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވުމުން މަގުތަކުގައި ވަނީ ބޮޑެތި ފުންވަޅުގަނޑުތައް ހެދިފައެވެ. މިގޮތައް މަގުތަކުގައި ވަޅުގަނޑުތައް ހެދިފައި އޮތުމުގެ ސަބަބުން ދުއްވާ އެއްޗެއްސަށް ބޮޑެތި ގެއްލުންތަކެއް [...]
