ފަތްފުށް މޭއި, 2010
ކަންކަމަށް ހެޔޮ ބަދަލު ގެނެވުމުގައި އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަންޖެހެއެވެ
ކަމަކަށް ހެޔޮ ބަދަލެއް ގެނެވޭނީ ހެޔޮ ބަދަލުތަކަށް ޖާގަދޭ ވިސްނުން ގެންގުޅެގެންނެވެ. ހެޔޮ ބަދަލުތަކަށް މަރުޙަބާ ކިއުމުގެ ބަދަލުގައި ކަންކަން ޚަރާބުކުރުވާ ވިސްނުން ގެންގުޅޭނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން މުޅި މުޖުތަމަޢު ނިކަމެތިވެ ފަސާދަވެގެން ދާނެ ކަމެކެވެ. ނަމަވެސް ހަޤީގަތަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހެޔޮ ބަދަލުތަކަށް މަރުޙަބާ ކިޔުމުގެ ވިސްނުން ނެތްކަމެވެ.
އެއްވެސް ކަމަކީ އަބަދު އެއްގޮތަކަށް ދެމިގެންދާ ކަންތައްތަކެއް ނޫނެވެ. މިހަޤީގަތް ދެނެގަތުމަށްޓަކައި ރޮކެޓް ސައިންޓިސްޓަކަށް ވާކަށް ނުޖެހެއެވެ.
އިތުރަށް ވިދާޅުވުމަށް
މިއަދުގެ ހަޤީގަތް އެނގޭހެއްޔެވެ؟
ހެޔޮކަންތަކަށް ވުރެ ނުބައި ކަންތައް ގިނަވެއްޖެއެވެ.
ކިޔަމަންގަތުމަށް ވުރެ އުރެދުން ބޮޑުވެއްޖެއެވެ.
ލަފާ މީހުންނަވުރެ ނުލަފާ މީހުން ގިނަވެެއްޖެއެވެ.
ހަލާލު ތަކެއްޗަށްވުރެ ހަރާމު ތަކެތި ޢާއްމުވެއްޖެއެވެ.
ސުލްހަ މަސްލަސްކަމަށްވުރެ ފިތުނަ ފަސާދަ ކުރިއަރައިފިއެވެ.
ނަސޭހަތް ތެރިވާ މީހުންގެ ބަހަށް ވުރެ ޙުޝާމަދު ކުރާ މީހާގެ ބަސް މޮޅުވެއްޖެއެވެ.
މޫނު މަތީގައި ސީދާ ހައްޤު ބަސް ބުނުމަށް ވުރެ ނެތިމޮށުން ރިވެތިވެއްޖެއެވެ.
އިސްލާމުންގެ މެދުގައި އަދި ކިޔެއްތަ އިންސާނުގެ މެދުގައި ހުރުން ވާޖިބުވެގެންވާ އެކުވެރިކަމާއި އޯގާ ވެރިކަން ނެތިއްޖެއެވެ.
މިހުރިހާ ކަމަކަށްވުރެ ބޮޑަށް ދުނިޔޭގެ އެދުންވެރިކަން އިންސާނުންގެ ތެރޭގައި މިވަނީ [...]
އެންމެ ހެޔޮވެގެންވަނީ ތަޤުވާވެރީންނެވެ.
ޝަރުޢުގައި ތަޤުވާއަކީ ޚާލިޤު ވަންތަ އިލާހުގެ އަމުރުފުޅުތައް ގެނެސްގަތުމާއި ނަހީތަކުން ދުރުވެގަތުމެވެ. އެބަހީ އަޅާއަށް ކުޅަދާނަވީ މިންވަރަކުން އަމުރުވެގެންވާ ކޮންމެކަމަކަށް ކިޔަމަންތެރިވުމާއި އަދި މަނާއާއި ނަހީވެގެންވާ ކޮންމެކަމަކުން ބަރީއަވެ ދުރުވެގަތުމެވެ. ﷲ سبحانه وتعالى، އެއްވެސް ނަފްސަކަށް އެނަފްސަކަށް ކުޅަދާނަވެގެން ނުވާވަރަކަށް ތަކްލީފެއް ނުޖައްސަވައެވެ.
ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ:
”وَتَتَّقُوا فَإِنَّ ذَلِكَ مِنْ عَزْمِ الأمُورِ“ ”ތިޔަބައިމީހުން ތަޤުވާވެރިވެ ކެތްތެރިވިނަމަ ފަހެ ހަމަކަށަވަރުން އެކަންވަނީ ޢަޒްމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.“ (އާލް އިމްރާން: 186)
އަދި ހަމައެހެންމެ ތަޤުވާވެރިވުމަކީ [...]
އޭ އަޚާއެވެ! ސަމާލުވާށެވެ!
ތިބާ ހަލާކުކޮށްލާނެ ކަންތައްތަކެއް ބުނެދެން ހެއްޔެވެ؟
ގިނައިން ކެއުން.
ހަސަދަވެރިކަން.
ރުޅިވެރިކަން.
ބަޚީލުކަން (ދަހިކަން)
މީދޫގައި ޖަލެއް އެޅުމާއި ދެކޮޅަށް ނުރުހުންފާޅުކޮށް އެފް.އެމް.ޑީން ސަދަން ޕްރޮވިންސް އޮފީހަށް ސިޓީއެއް ފޮނުވައިފި
އައްޑުއަތޮޅު މީދޫގައި ޖަލެއް އެޅުމާއި ދެކޮޅަށް ނުރުހުންފާޅުކޮށް ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓުން ސަދަން ޕްރޮވިންސް އޮފީހަށް ސިޓީއެއް ފޮނުވައިފި. މީދޫލައިވަށް ކޮޕީ ލިބިފައިވާ މިސިޓީގައި އައްޑުއަތޮޅު މީދޫ އިރުމަތީ ފަރާތުގައި އޮތް ހުސް ބިމުގައި ކުށްވެރިން ބައިތިއްބާ ޖަލެއް ޤާއިމުކުރުމަށް ސަރުކާރުން ޤަޞްދުކޮށް އެކަމުގެ މަސައްކަތް ކުރިއަށްދާކަމަށް އެފް.އެމް.ޑީއަށް އެނގިފައިވާ ކަމަށާއި، މިކަމަކީ އެޖަމިއްޔާއިން ނިހާޔަތަށް ކަންބޮޑުވެ ދެކޮޅު ހަދާ އަދި ކުށްވެރިކުރާ ކަމެއްކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޖަލުތައް ހަދައި [...]
އެފް.އެމް.ޑީގެ އާ ކައުންސިލް އިންތިޚާބު ކޮށްފި
ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓް (އެފް.އެމް.ޑީ) ގެ އާ ކައުންސިލް އިންތިޚާބުކޮށްފި. ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ވޯޓްގައި އެފް.އެމް.ޑީގެ އާ ހިންގާ ޤަވާއިދުގެދަށުން ރަޖިސްޓްރީ ވެފައިވާ 80 މެމްބަރުންގެ ތެރެއިން 45 މެމްބަރުން ބައިވެރިވިއެވެ.
އެފް.އެމް.ޑީ އަކީ ދިވެހިރާއްޖޭގެ ގާނޫނާއި ޤަވާއިދާ އެއްގޮތަށް ހިންގާ ހަރަކާތްތެރި ޖަމިއްޔާއަކަށް ހެދުމަށްޓަކައި، ރޭ ބޭއްވި އިންތިޚާބުގައި ޖަމިއްޔާގެ ޗެއާޕާސަން އަކަށް ހޮވިފައިވަނީ ސ.މީދޫ އަސުރުމާވާދީ އަލްފާޟިލް އަޙްމަދު ޝިއުޡު އެވެ. މީގެ އިތުރުން މަޤާމްތަކަށް ހޮވިފައިވާ މެމްބަރުންނަކީ:
ވައިސް ޗެއާމަން. އަބްދުﷲ [...]
އެފް.އެމް.ޑީ ގެ 2010 ވަނަ އަހަރުގެ އިފްތިތާޙީ ޖަލްސާ ބާއްވައިފި
އެފް.އެމްޑީ ގެ 2010 ވަނަ އަހަރުގެ އިފްތިތާޙީ ޖަލްސާ ބާއްވައިފި. ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫމީދޫ ދާއިރާގެ މެންބަރު އަލްފާޟިލް އިލްޔާސް ލަބީބު އާއި ފައުންޑޭޝަން ފޮރ މީދޫ ޑިވެލޮޕްމަންޓްގެ މެންބަރުންނާއި މިވަގުތު މާލޭގައި ތިއްބެވި މީދޫ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެފްއެމްޑީ. އިން ބޭއްވި މިތާރީޚީ ޖަލްސާގައި 2009 ވަނައަހަރުގެ އޯލެވެލް އިމްތިޙާނުން ގަދަ 10 ގައި ހިމެނި ރަންވަނަތައް ޙާޞިލްކޮށްފައިވާ މީދޫ ދަރިވަރުންނަށް އިނާމާއި ހަނދާނީ ފިލާ ދެއްވުން [...]
ނަރުހުންގެ ދުވަހާއި ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
ނަރުހުންގެ ދުވަހާއި ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. ސ. ހުޅުމީދޫ ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ބޭއްވި މިހަވީރުގައި ސ. ހުޅުދޫ ނަސްރިއްޔާ ޕްރީސްކޫލާއި ސ.މީދޫ ޝަރީފީ ޕްރީ ސްކޫލުގެ ކުދިން އެކުދިންގެ ފަރިހަރަކާތްތައް ދައްކާފައިވެއެވެ.
އަދި މީގެ އިތުރަށް ޞިައްހީމަރުކަޒުގެ ނަރުހުންވެސް އެކިއެކި ހަރަކާތްތައް ދައްކާދީފައިވެއެވެ.
ސ. ހުޅުމީދޫ ޞީއްހީމަރުކަޒުގައި މަސައްކަތް ކުރައްވާ ނަރުހުން އިސްނަގައިގެން އިއްޔެ ބޭއްވި މިހަވީރުގައި ނަރުހުންގެ ޚަރަދުގައި 50 މީހުންގެ ހަކުރު ޓެސްޓް ހަދާދީފައިވެއެވެ. އަދި 60 އަށް ވުރެ ގިނަ މީހުންގެ ލެއި ބަލައިދީފައިވާ [...]
މިއަންނަ އަހަރުގެ ސާކްސަމިޓް އައްޑޫގައި
އަންނަ އަހަރު ރާއްޖޭގައި ބާއްވާ ސާކް ސަމިޓު، ދެކުނު ޕްރޮވިންސްގައި ބާއްވަވަން ސަރުކާރުން ގަސްދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސާކް ސަމިޓު ރާއްޖޭގައި ބޭއްވެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ސަމިޓުގެ އެއްބައި ފުވައްމުލަކުގައި އަނެއްބައި އައްޑުއަތޮޅުގައި ބާއްވަވަން ނިންމަވާފައި ކަމަށާއި، އެގޮތަށް އެކަން ކުރެއްވުމަށް ވަރަށް ގިނަ ތައްޔާރީތައް ވާން އެބަޖެހޭ ކަމުގައި [...]
ސ.މީދޫ އަދި ހުޅުދޫގެ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ސިޓީއެއް.
އައްޑު އަތޮޅު މީދޫގެ “ކަޅިބިތެ” ނުވަތަ ރަށުގެ ފުއްޓަރު ފަރާތުގައި ޖަލެއް ހެދުމާއި ބެހޭ ގޮތުން މީދޫގެ ލޮބުވެތި ރަށްވެހިންނަށް ސަލާމަށްފަހު ލިޔަމެވެ.
މީދޫގައި ޖަލެއް އެޅުމުން ރަށުގެ ގިނަ ބަޔަކަށް ވަޒީފާލިބި ރަށަށް އިތުރު ތަނަވަސްކަން ލިބޭނެ ކަމަށް މީދޫގެ ގިނަ ބަޔަކު ގަބޫލުކޮށް ވާހަކަ ދައްކަމުންދާތީ އެކަމާއި ގުޅިގެން އަޅުގަނޑުގެ ވިސްނުމާއި ހިޔާލު ހުރި ގޮތްވެސް ވަރަށް އިހްލާސްތެރިކަމާއި އެކު ދަންނަވަމެވެ. އެންމެ ފުރަތަމަ ވާހަކަ އަކީ ޖަލެއް އަޅާ، ކުށްވެރިން ލައިގެން ޖަލެއް ހިންގުމުން [...]
