Live News From S.Meedhoo

ފަތްފުށް ޖޫން, 2010

އެމްޑީޕީ އިން މިއަދު ފެށި ސިލްސިލާ މުޒާހަރާ މާދަމާ ވެސް ކުރިޔަށް ގެންދަވާނޭ ކަމަށް މާރިޔާ ވިދާޅުވެއްޖެ

އެމްޑީޕީ އިން މިއަދު ފެށި ސިލްސިލާ މުޒާހަރާ މާދަމާ ވެސް ކުރިޔަށް ގެންދަވާނޭ ކަމަށް މާރިޔާ ވިދާޅުވެއްޖެ

އިދިކޮޅު ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ފައިސާގެ ނުފޫޒްފޯރުވާތީ އެފަދަ ފަރާތްތައް ހައްޔަރުކުރުމަށް ގޮވާލައި، އެކަމާއި ދެކޮޅު ހެދުމުގެގޮތުން އެމްޑީޕީން މިއަދު ފެށި ސިލްސިލާ މުޒާހަރާ މާދަމާ ހަވީރުވެސް ކުރިޔަށް ގެންދަވާނޭ ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު 4 ޖެހިއިރު ސޯޝަލް ސެންޓަރު ކައިރިން ފެށި މިމުޒާހަރާގައި، އެމްޑީޕީގެ އިސް ވެރިންނާއި، ވަޒީރުންގެ މަޖިލީހުން އިއްޔެ އިސްތިޢުފާ ދެއްވި ބައެއް ވަޒީރުންނާއި، އެމްޑީޕީގެ މެންބަރުންނާއި، ޕާޓީއަށް ތާޢީދުކުރާ [...]

މާލިއްޔަތުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހް ޤާނޫނަކަށް ވެގެން ހިނގައްޖެނަމަ ރައްޔިތުންނަށް ސަރުކާރުން ދެމުންގެންދަވާ ހުރިހާ އެހީތަކެއް މެދުކަނޑާލަން ސަރުކާރަށް ޖެހިވަޑައިގަންނަވާނެ – ހުސްނުއްސުއޫދު

މާލިއްޔަތުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހް ޤާނޫނަކަށް ވެގެން ހިނގައްޖެނަމަ ރައްޔިތުންނަށް ސަރުކާރުން ދެމުންގެންދަވާ ހުރިހާ އެހީތަކެއް މެދުކަނޑާލަން ސަރުކާރަށް ޖެހިވަޑައިގަންނަވާނެ – ހުސްނުއްސުއޫދު

ރައްޔިތުންގެ މަޖިލީހުން މާލިއްޔަތުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހް ޤާނޫނަކަށް ވެގެން ހިނގައްޖެނަމަ ރައްޔިތުންނަށް ސަރުކާރުން ދެމުންގެންދަވާ ހުރިހާ އެހީތަކެއް މެދުކަނޑާލަން ސަރުކާރަށް ޖެހިވަޑައިގަންނަވާނެކަމަށާއި، އެފަދަ ހާލަތެއްގައި ސަރުކާރު ހިންގެވޭނެކަމަށް ޤަބޫލުނުކުރައްވާކަމަށް އިއްޔެ މަޤާމުން އިސްތިއުފާ ދެއްވި ކުރީގެ ބަންޑާރަ ނާއިބް ހުސްނުއްސޫއުދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ވަޒީރެއްގެ ހައިސިއްޔަތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސުއޫދު ވިދާޅުވީ މިގާނޫނަށް އިސްލާހްގެނެސްފައިވާ ގޮތުން ރައްޔިތުންނަށް ސަރުކާރުން ދެމުންގެންދަވާ ހުރިހާ އެހީތަކެއް މެދުކަނޑާލަން ސަރުކާރަށް ޖެހިވަޑައިގަންނަވާނެކަމަށެވެ. އަދި މިއީ، [...]

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލުމަށް އެޕާޓީން ހުޅުވާލާފައިވާ ފުރުޞަތު ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފިއެވެ.
އެމްޑީޕީން މިގޮތަށް ނިންމީ އިއްޔެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އިސްތިއުފާދެއްވުމާ ގުޅިގެން މާލެތެރެ ހަލަބޮލިވެފައިވާތީ، މިދުވަސްވަރުގެ ގޮތުން މިފަދަ ކަމަކަށް ވަގުތު ދިނުމަށް ޕާޓީގެ މެންބަރުންނަށް، ދަތިވާނެތީ އާއި ގިނަ އަދަދެއްގެ ބަޔަކު ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް އެދި ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދޭތީ ކަމަށް އެޕާޓީން ބުނެއެވެ.
އިތުރު މަޢުލޫމާތު: www.votemdp.com

ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އެބޭފުޅުން ތިއްބެވި މަގާމުތަކުން އިސްތިޢުފާ ދެއްވުމާއި ގުޅިގެން އަތޮޅުތަކުގެ އެމް.ޑީ.ޕީ ދާއިރާތަކުން ގުޅިފައިވާ ނޫސްބަޔާނެއް ނެރެފި

ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އެބޭފުޅުން ތިއްބެވި މަގާމުތަކުން އިސްތިޢުފާ ދެއްވުމާއި ގުޅިގެން އަތޮޅުތަކުގެ އެމް.ޑީ.ޕީ ދާއިރާތަކުން ގުޅިފައިވާ ނޫސްބަޔާނެއް ނެރެފި

ނޫސްބަޔާން:
ސަރުކާރު ޒިންމާދާރުކުރުވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވައިގެން ވަދެ އެ މަޖިލީހުގައި ތިބި އިދިކޮޅުމެންބަރުން، ސަރުކާރު ހިންގުމަށް ދަތިކޮށް، ވަޒީރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅަމުން ދިއުމުގެ ސަބަބުން، ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން، އެބޭފުޅުން ތިއްބެވި މަގާމުތަކުން އިއްޔެ އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެބޭފުޅުން އެދެއްކެވި ލާމަސީލު ނަމޫނާއަށްޓަކައި، އަތޮޅުތަކުގެ އެމްޑީޕީގެ ދާއިރާތަކުން އެބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
އަޅުގަނޑުމެން ދެކޭ ގޮތުގައި ވަޒީރުންގެ މަޖިލީހުން އެދެއްކެވީ އެއްބައިވަންތަކަމާއި، ހިތްވަރާއި، [...]

ކެބިނެޓް އިސްތިއުފާއާ ބެހޭ ކޮމިޓީގެ ނަމުގައި އެމްޑީޕީ އިން ކޮމިޓީއެއް އެކުލަވާލައިފި

ކެބިނެޓް އިސްތިއުފާއާ ބެހޭ ކޮމިޓީގެ ނަމުގައި އެމްޑީޕީ އިން ކޮމިޓީއެއް އެކުލަވާލައިފި

“ކެބިނެޓް އިސްތިއުފާއާ ބެހޭ ކޮމިޓީ” ގެ ނަމުގައި އެމްޑީޕީން ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ރޭ އޮތް އެޕާޓީގެ ގައުމީ މަޖިލީހުގެ 79 ވަނަ ޖަލްސާގައި ނެގި 5 މެންބަރުންގެ މިކޮމިޓީ ގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިއާ އަޙުމަދު ދީދީ އާއި، އެޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާއި އެމްޑީޕީގެ ތ. ދާއިރާގެ ރައީސް ޙަސަން އަފީފް އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިބްރާޙީމް މުޙައްމަދު [...]

ފީފާ ވޯލްޑް ކަޕް: ސްޕެއިން އަތުން ބަލިވެ ޕޯޗްގަލްގެ މުބާރާތުން ކަޓައިފި

ފީފާ ވޯލްޑް ކަޕް: ސްޕެއިން އަތުން ބަލިވެ ޕޯޗްގަލްގެ މުބާރާތުން ކަޓައިފި

ޖޫން 29:
ދެވަނަ ބުރުގައި ރޭ ސްޕެއިން އާއި ޕޯޗްގަލް ބައްދަލުކުރި މެޗްގެ 63 ވަނަ މިނެޓްގައި ސްޕެއިންގެ ޑޭވިޑް ވިޔާ ޖެހި ގޯލާއެކު ސްޕޭނުން ޕޯޗްގަލްގެ މައްޗަށް 1 – 0 އިން ކުރި ހޯދައިގެން ކުއާޓަރ ފައިނަލަށް ހިނގައްޖެ. މިމެޗުން ޕޯޗްގަލް ބަލިވުމުން އެޓީމް ވަނީ މުބާރާތުން ކަޓާފައެވެ.
މިމެޗަށް ދެޓީމްވެސް ނުކުތީ ދެޓީމްގެ ރިކޯޑް ދިފާއުކުރުމަށެވެ. ސްޕެއިން ނުކުތީ އެމީހުން އެއްމެ ފަހުން ކުޅުނު 31 މެޗްގެ ތެރެއިން 29 މެޗުން މޮޅުވެފައިވާތީ، އެރިކޯޑް ދެމެހެއްޓުމަށެވެ. [...]

ފީފާ ވޯލްޑް ކަޕް: ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލަށް އުރުގުއޭ ހިނގައްޖެ

ފީފާ ވޯލްޑް ކަޕް: ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލަށް އުރުގުއޭ ހިނގައްޖެ

ޖޫން 29:
ރޭ ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޖަޕާނާއި އުރުގުއޭ ބައްދަލުކުރި މެޗްގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެހާފް ކުޅެ ނިމުނުއިރުވެސް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ކުއާޓަރ ފައިނަލަށް ދާނެ ޓީމެއް ކަނޑައެޅި ޕެނެލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ޖަޕާނުން ޖަޕާނުންޖެހި 4 ވަނަ ޕެނަލްޓީ ގޯލް ހުރަސް ދަނޑީގައި ޖެހިފައި ނުކުތުމުން ޕެނަލްޓީ ޝޫޓްއައުޓުން 5 – 3 ގެ ސްކޯއިން މޮޅުވެ، ޕެރަގުއޭ ވަނީ އެގައުމުގެ ތާރީޚްގައި [...]

ރައީސް ނަޝީދުގެ ކެބިނެޓް އިސްތިއުފާ ދީފި

ރައީސް ނަޝީދުގެ ކެބިނެޓް އިސްތިއުފާ ދީފި

ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން، އެބޭފުޅުން ތިއްބެވި މަގާމުތަކުން މިއަދު އިސްތިޢުފާ ދެއްވައި، އެކަމުގެ ސިޓީފުޅުތައް އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ފޮނުއްވައިފިއެވެ. އެބޭފުޅުން މަގާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ މިއަދު ހަވީރު 5 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި، މިކަން އިޢްލާނު ކުރެއްވިއެވެ. އެބޭފުޅުން އިސްތިޢުފާ މި ދެއްވީ، އެބޭފުޅުން ކުރެއްވި ހުވައާ އެއްގޮތަށް، އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށް ގެންދެވެން ނެތް ކަމަށް، އެބޭފުޅުންނަށް ފާހަގަކުރެއްވިގެން އަދި [...]

ފަޓުލޫނު ލައިގެން ކުރާ ނަމާދު ޞައްޙަވާނެތަ؟

الحمد لله ربّ العالمين والصلاة والسلام على من أرسله رحمة للعالمين، وعلى آله وصحبه أجمعين، أمّا بعد:
ކަމުގެ ދެކޮޅު ބެލުމެއްނެތި މުޖްތަމަޢުގެ ތެރެއަށް ބައެއް ބޭފުޅުން ފާޅުކުރާ ދީނީ ފަތުވާތަކުގެ ސަބަބުން އުފެދޭ ފިތުނައިގެ ރާޅުތައް އަޅުގަނޑުމެންގެ މިސްކިތްތަކަށް ދަނީ ތާއަބަދުމެ ބީއްސަމުންނެވެ. މިހާރު އެންމެ ބާރު އޮއިވަރެއް އުފެދިފައިވަނީ ފަޓުލޫނު ލައިގެން ނަމާދު ކުރުމުން އެނަމާދު ޞައްޙަ ނުވާނޭކަމަށް ދެކެވޭ ވާހަކައެވެ. މި މައްސަލައިގައި އަޅުގަނޑުގެ ވާހަކަތަކުގެ ބަދަލުގައި ތިރީގައި [...]

ފީފާ ވޯލްޑް ކަޕް: ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗިލީ ބަލިކޮށް ބްރެޒިލްއިން ހެޓްރިކް ހަދައިފި

ފީފާ ވޯލްޑް ކަޕް: ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗިލީ ބަލިކޮށް ބްރެޒިލްއިން ހެޓްރިކް ހަދައިފި

ޖޫން 29:
ވޯލްޑް ކަޕްގައި ޖެހިޖެހިގެން ތިންފަހަރު ޗިލީ ބަލިކޮށް ބްރެޒިލް އިން ހެޓްރިކް ހެދީ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުން ޗިލީގެ މައްޗަށް 3- 0 އިން ކުރި ހޯދައިގެންނެވެ. މީގެ ކުރިން 1962 ވަނަ އަހަރު ސެމީ ފައިނަލްގައި އަދި 1998 ވަނަ އަހަރު ދެވަނަ ބުރުގައި ބްރެޒިލް ވަނީ ޗިލީ އަތުން މޮޅުވެފައެވެ. މިދެފަހަރުވެސް ޗިލީއަތުން ބްރެޒިލް މޮޅުވެފައިވަނީ 4 – 0 ގެ ބޮޑު ތަފާތަކުންނެވެ. ބްރެޒިލް ވަނީ މިމުބާރާތުގެ ކޮލިފައިންގ [...]