ފަތްފުށް ޖުލައި, 2010
އެފް.އެމް.ޑީ ވޮލީ ބޯޅަ މުބާރާތް 2010: ހިތަދޫ އާއި މީދޫ ބައްދަލުކުރި މެޗް ސީދާ 3 ސެޓުން ކާމިޔާބުކުރީ މީދޫ
މީދޫ ސޯޝަލް ސެންޓަރުގެ ވޮލީ ކޯޓްގައި ކުރިއަށްދާ އެފް.އެމް.ޑީ ވޮލީ ބޯޅަ މުބާރާތް 2010 ގައި މިއަދު ހަވީރު ކުޅުނު މެޗް ސީދާ 3 ސެޓުން މީދޫގެ ޓީމް ކާމިޔާބުކޮށްފިއެވެ. ހިތަދޫ އާއި ބައްދަލުކޮށް މީދޫ މޮޅުވީ 15 – 25 ، 23 – 25 ، އަދި 19 – 25 އިންނެވެ.
މިމެޗްގެ ފުރަތަމަ ސެޓް ވަރަށް ފަސޭހަކަމާއެކު، މީދޫ ކާމިޔާބުކުރިނަމަވެސް، ދެވަނަ ސެޓްގައި ހިތަދޫ ޓީމުންވަނީ ވާދަވެރި ކުޅުމެއް ކުޅެފައެވެ. އެގޮތުން މިސެޓްގެ [...]
ޝަމްސުއްދީން ސްކޫލްގެ 28 ވަނަ ޤުރުއާން މުބާރާތް ފެށިގެން ކުރިއަށް އެބަދޭ
ޝަމްސުއްދީން ސްކޫލު ދަރިވަރުންގެ މެދުގައި އެސްކޫލުން ކޮންމެ އަހަރަކު ބާއްވަމުން އަނަން ޤުރުއާން މުބާރާތް މިއަދު ހެނދުނު 8.30 އިން ފެށިގެން ކުރިއަށް އެބަދެއެވެ. މިމުބާރާތުގައި ޖުމްލަ 104 ކުދިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 64 އަންހެން ކުދިންނާއި، 40 ފިރިހެން ކުދިންނެވެ. ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ބައި ހިމެނޭ މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިގައި 75 ކުދިން ބައިވެރިވެފައިވާއިރު، ނުބަލައި ކިޔެވުމުގެ ބައިގައި ބައިވެރިވެފައިވަނީ 29 ކުދިންނެވެ.
މިމުބާރާތުގެ އުމްރުފުރާތައް ބާހާލާފައިވަނީ 9 އަހަރުން [...]
ޝެއިޚް ފަރީދުގެ ދަރުސެއް މީދޫގައި ބާއްވައިފި
ޖަމްޢިއްޔަތުން މުވައްޙިދީން އާއި ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓް ގުޅިގެން ބޭއްވި މިދަރުސް ބާއްވާފައިވަނީ، ރޭ 8.45 ގައި މީދޫ ސޯޝަލް ސެންޓަރުގައެވެ. “إنّ الله كان عليكم رقيبا” (މާނަ: ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ) މި މައުޟޫޢުގެ މައްޗައް ޝެއިޚް އިބްރާހިމް ފަރީދުވަނީ، ކީރިތި ޤުރުއާނާއި ހަދީސްގެ އަލީގައި، ދުނިޔޭގައި އިންސާނުން އުޅެމުންދާއިރު އެމީހުންގެ އަމަލްތައް ބަހައްޓަންޖެހޭ ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
ހުޅުދޫ މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުން [...]
އެފްއެމްޑީ ވޮލީ ބޯޅަ މުބާރާތް 2010: ދެވަނަ މެޗް ކާމިޔާބުކުރީ މީދޫ ސީނިއަރޓީމް
45 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މީދޫޒުވާނުންނާއި އެފްއެމްޑީއާއި ގުޅިގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ ދެވަނަ މެޗް ފަސޭހަ ކަމާއިއެކު މީދޫ ސީނިއަރޓީމް ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު 4:30 މީދޫ ސޯޝަލްސެންޓަރުގައި ކުޅެވުނު މިމެޗްގައި ހުޅުދޫ ޓީމަށް ކުރެވުނު މާބޮޑުކަމެއް ނެތެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން ހޫޅުދޫ ޓީމުގެ އަޙްމަދު އަބްދުލް ކަރީމު (ލޯންގޭ) ގެ ބާރު ޝޮޓްތައް މީދޫޓީމުގެ ކުޅުންތެރިންނަށް ރިސީވް ނުވެގެން ކޯޓު ފެނުގައި ޖެހެމުންދިޔަ މަންޒަރު ފެނުނެވެ.
ގިނައަދަދެއްގެ ސަޕޯރޓަރުންގެ ސަޕޯރޓާއިއެކު އަމިއްލަ ރަށުގައި [...]
މިނިވަން ކަޕް 2010: ހެރަތެރެއާއި އެމްއެންޑީއެފް ކަޓައިފި
މިނިވަން ކަޕް 2010 ގައި ހުޅުދޫގައި މިހާރު ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ދެމެޗްގެ ތެރެއިން ފުރަތަމަ މެޗްގައި އެމްއެންޑީއެފްގެ ޓީމާއި ބައްދަލުކޮށް ހުޅުދޫ މިޑްލްސް 4-2 ލަނޑުން މެޗް ކާމިޔާބު ކުރުމާއި ގުޅިގެން އެމްއެންޑީއެފް މުބާރާތުން ކަޓައިފިއެވެ. ގްރޫޕް އޭގައި ހިމެނޭ ތިން ޓީމުގެ ތެރެއިން ކޮންމެ ޓީމެއް ދެމެޗް ކުޅުނުއިރު އެމްއެންޑީއެފް ކުޅުނު ދެމެޗުންވެސް ބަލިވެހގެން މުބާރާތުން އެއްވެސް ޕޮއިންޓެއް ނުލިބި މުބާރާތުން ކަޓަފިއެވެ. މިގްރޫޕުން ސެމީފައިނަލަށް ދިޔައީ ކޮލެންޓާއާއި މިޑްލްސްއެވެ، މިގްރޫޕްގެ [...]
އެފްއެމްޑީ ވޮލީބޯޅަ މުބާރާތް 2010: ފުރަތަމަ މެޗް ކާމިޔާބު ކުރީ ހިތަދޫގެ ޓީމް
މިނިވަން ދުވަހުގެ މުނާސަބަތުގައި މީދޫޒުވާނުންނާއި އެފްއެމްޑީއާއި ގުޅިގެން ބާއްވާ ވޮލީބޯޅަ މުބާރާތް 2010 މިއަދު ފެށިއްޖެއެވެ. މިއަދު ހަވީރު 4.30ގައި މީދޫ ސޯޝަލް ސެންޓަރުގައި ފެށުނު މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ މީދޫ ދެވަނަ ޓީމާއި ހިތަދޫގެ ޓިމެވެ. ގަޢުމީޓީމުގެ ތިން ކުޅުންތެރިން ހިމެނޭ ހިތަދޫގެ ޓީމުން ފުރަތަމަ ސެޓުގައި މާއެދެވޭ ކުޅުމަށް ދެއްކޭގޮތެއް ނުވިއެވެ. ފުރަތަމަ ސެޓްގައި ހިތަދޫ ޓީމް ބޮޑު ތަފާތަކުން ކުރީގައި އޮވެގެން ގޮސް އެޓީމަށް 19 ލިބުނުއިރު މީދޫ ޓީމުން ވަނީ [...]
ޝެއިޚް ފަރީދު މީދޫ ސޯޝަލް ސެންޓަރަށް
މީދޫ ޒުވާނުންނާއި އެފްއެމްޑީއާއި ގުޅިގެން އައްޑުއަތޮޅު މަރަދޫ ޖަމާޢަތަކަށް ދަޢުވަތު ދީގެން މިމަހު 29 ވަނަ ދުވަހުގެ ރޭ މީދޫ ސޯޝަލް ސެންޓަރުގައި ރާއްޖޭގެ މަޝްޙޫރު ދީނީ އިލްމުވެރިއެއްކަމަށްވާ އައްޝައިޚް އިބްރާހިމް ފަރީދު ދީނީ ދަރުސެއް ދެއްވުމަށް ހަމަޖެހިއްޖެއެވެ.
“إنّ الله كان عليكم رقيبا” (ހަމަކަށަވަރުން ތިޔަބައިމީހުންގެ ކަންތައްތައް ބައްލަވާ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ) މިމަޢުޟޫގެ މައްޗަށް އައްޝައިޚް ފަރީދު އިންސާފު ކޮށްދެއްވާނެއެވެ.
ހުޅުދޫ އަދި މީދޫގެ ހުރިހާ ލޮބޮވެތި ރައްޔިތުންވެސް މިދަރުސް އަޑުއެއްސެވުމަށް ވަޑައިގެން [...]
މިނިވަން ކަޕް 2010: ހެރަތެރެއާއި މަންތަރަ އެއްވަރުވިއިރު އެމްއެންޑީއެފްވަނީ ބަލިވެފައި
މިނިވަން ކަޕް 2010 ގެ ނަމުގައި ސ.ހުޅުދޫގައި މިހާރު ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ދެމެޗް ކުޅެފައިވެއެވެ. އިއްޔެ ހަވީރު 4 ޖެހިއިރު ފެށުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ އެމްއެންޑީއެފާއި ފޯޕާމްކޮލެންޓާއެވެ. މިމެޗް 3-0 ކާމިޔާބުކުރީ ފޯޕާމްކޮލެންޓާއެވެ. ރީތި ކުރު ޕާސްތަކެއް ދެމުން ކުޅެމުންދިޔަ ފޯޕާމްކޮލެންޓާ ހިފަހައްޓާލުމަށް އެމްއެންޑީއެފުން އޮތީ ހަދާނެ ގޮތް ހުސްވެފައެވެ. ނަތީޖާއެއްގެ ގޮތުން މެޗް ފެށިގެން މާގިނައިރުތަކެއް ނުވެ 6 ވަނަ މިނިޓުގައި ކޮލެންޓާގެ ކެޕްޓަން މައުޝުޤު އެމްއެންޑީއެފްކޮޅަށް ލަނޑުޖަހައި މެޗްގެ ލީޑް [...]
މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ކުޑަކުދިންގެ އާއިލީ ހަވީރު
މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑުއަތޮޅު ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރުން ކުޑަކުދިންގެ އާއިލީ ހަވީރެއް ބާއްވައިފިއެވެ. މިއަދު ހަވީރު ސ.އަތޮޅު މަދަރުސާގައި ބޭއްވި މިއާއިލީ ހަވީރުގައި ހުޅުދޫ މީދޫގެ ސްކޫލްތަކާއި، ބައެއް މުއައްސަސާތަކުން ސްޓޯލްތައް ބައިވެރިކޮށްފައިވެއެވެ. މިހަވީރު ކުރިއަށް ދިޔަވަގުތު ދޭތެރެ ދޭތެރެއިން ވާރޭ ވެހުނުނަމަވެސް، ހުޅުދޫ މީދޫގެ ގިނަ އަދަދެއްގެ ކުދިން މިހަވީރަށް ޒިޔާރަތްކޮށްފައިވެއެވެ.
މިހަވީރު އިންތިޒާމްކުރުމުގައި، ހުޅުދޫ މީދޫގެ ސްކޫލްތަކާއި އޮފީސްތަކުގެ އިތުރުން މުޅި އަތޮޅުން ވޮލަންޓިއަރ ކޮށްގެން ޖުމްލަ 60 [...]
މިނިވަންދުވަހުގެ މުނާސަބަތުގައި އައްޑުއަތޮޅުގައި ބޭއްވި ރަސްމީޖަލްސާ
ދިވެހިރާއްޖޭގެ ފަޚްރުވެރި 45 ވަނަ މިނިވަންދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އައްޑުއަތޮޅު ހުޅުދޫ މީދޫގައި ރަސްމީ ޖަލްސާއެއް ބާއްވައިފިއެވެ. ސ.އަތޮޅު މަދަރުސާގައި މިއަދު ބޭއްވި ޖަލްސާގައި ހުޅުދޫ މީދޫގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެފައިވެއެވެ.
ކީރިތި ޤުރުއާނުން ފެއްޓި މިޖަލްސާ ތަޢާރަފުކޮށް މަރުޙަބާ ދެންނެވީ ސ.މީދޫ ކައުންސިލަރ ހަސަން ޝާހިދުއެވެ. ޝާހިދުގެ ވާހަކައިގައި، ދިވެހިރާއްޖޭގައި ފުރަތަމަ މިނިވަންދުވަސް ފާހަގަކުރަމުން އައި ގޮތާއި، އޭގެ ފަހުން މިނިވަން ދުވަސް ޖުލައި 26 ށް ބަދަލުވެގެން ދިޔަގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މީގެ [...]
