Live News From Hulhumeedhoo, Addu City

އިސްލާމްދީނުގެ ހައްދުތަކަށް އިންކާރު ކުރާފަރާތްތަކާއި މިއުޒިކްކުޅޭމީހުން ބައިވެރިކޮށްގެން ދީން ހިމާޔަތްކުރަން ނިކުތުމަކީ ގަބޫލް ކުރެވޭނެކަމެއްނޫން – އިމްތިއާޒުފަހުމީ

ނުހަނު ފާޅުކަން ބޮޑުކޮށް އިސްލާމްދީނުގައި އެޢްވެސް ޚިލާފެއްނެތް ދީނީ އެތަކެއް ޙުކުމްތަކަށް އިންކާރުކޮށް ރައްޔިތުންގެ ބޮލުގައި އެކަންއަޅުވާ އިސްލާމްދީނުގެ ހުކުމްތަކާ ޙައްދުތަކަށް އިންކާރުކުރާ ބަޔަކާ މިޔުޒިކު ހުއްދަކޮށްގެން މިޔުޒިކް ކުޅޭ ބަޔަކު ބައިވެރިކޮށްގެން ދީން ހިމާޔަތް ކުރުމުގެ ނަމުގައި މަގުމަށްޗަށް ނިކުތުމަކީ ގަބޫލުކުރވޭނެކަމެއް ނޫންކަމުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާފަންނު ފެހިގޭ ކައިރީގައި ބޭއްވި އެމްޑީޕީގެ ޚާއްޞަބައްދަލު ވުމެއްގައި މިރާއްޖެ ފަސާދަކުރަން އުޅޭފަރާތްތަށް ކުއްވެރިކުރައްވާ ވާހަކަ ފުޅުދައްކަވަމުންނެވެ

އިމްތިޔާޒް ވިދާޅުވީ ދީނުގެ ނަމުގައި މުޒާހަރާކުރުގެ ޖާގައެއް އެއްވެސްފަރާތަކަ ނުއޮންނާނޭކަމަށާ މިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުން ދީނުގެ އިޙުތިރާމް ގެއްލޭފަދަ އެއްވެސް ކަމެއް މިސަރުކާރުން ކޮށްފައި ނުއޮންނާނޭކަމަށާ ދީނީ ދަންނަބޭކަލުންނަށް މިނިވަންކަމާއެކު ދީންފެތުރުމަށް ފުރުޞަތު ދިން އެހެންސަރުކާރެއްވެސް ނުއޮންނާނޭކަމުގައެވެ. އިމްތިޔާޒް ވިދާޅުވީ މިސަރުކާރުގެ ވަޢުދުތައް ފުދުނަ ނުދިނުމަށްޓަކާ މައުމޫނުގެ އެންމެހައި އަޢުވާނުން އަރުވާޖަހާފައި ތިއްބާ މިސަރުކާރުން ހިތްވަރާއެކު މަސައްކަތް ކޮށް ވައުދު ތައް ފުއްދާނެކަން ކަށަވަރު ވުމުން މަގުމަށްޗަށް ނުކުމެގެން ވެރިކަން ލިބިދާނޭކަމުގެ ކުލަހުވަފެން ފެނިގެން ސަރުކާރު ވައްޓާލަން އުޅެނީކަމުގައެވެ

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.