Live News From Hulhumeedhoo, Addu City

އައްޝެއިޚް އިލްޔާސް ހުސެއިންގެ ވަރަށް ޚާއްސަ ދެ ދަރުސް މިއަދު ހުޅުމީދޫގައި ބާއްވަނީ

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތައް އިންތިޒާމްކޮށްގެން އެސިޓީގެ ހުޅުމީދޫ އަވަށުގައި ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެ ޖަމްޢިއްޔާގެ އިސްއޮފިޝަލަކު “ދިއިސްލާމް” އަށް މަޢުލޫމާތު ދެއްވި ގޮތުގައި، މިދަރުސް ދެއްވާނީ އައްޝައިޚް އިލްޔާސް ހުސައިން އެވެ. ދަރުސް އޮންނާނީ ޑިސެމްބަރު 20 ވާ އަންގާރަ ދުވަހުގެ މެންދުރު ނަމާދަށާއި އަޞްރުނަމާދަށް ފަހު ދެ އަވަށުގެ މިސްކިތްތަކުގައި އެވެ.
މެންދުރު ނަމާދަށް ފަހު : މީދޫ މާމިސްކިތުގައި ( މުދިންގޭ ކާރި )
އަޞްރު ނަމާދަށް ފަހު : ހުޅުދޫ ވަހުދާމިސްކިތުގައި ( ބޮޑު މަގުގައި ހުންނަ )
ޝައިޚް އިލްޔާސް ދަރުސް ދެއްވާނީ “ﷲ އަށް ނަޞްރު ދޭ ބަޔަކަށް ވާށެވެ.” މައިގަނޑު މި މައުޟޫއަށެވެ.
މިދަރުސަށް އެއަވަށުގައި ދިރިއުޅުއްވާ ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންނެވުމަށް އިންތިޒާމް ކުރާ ފަރާތުން ދައުވަތު ދެއެވެ .

ޚަބަރު : ރާއްޖެވިއު

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.