Live News From Hulhumeedhoo, Addu City

އަޅުގަޑުމެން މިބުނަނީ މާކުރީގެ ހުކުމެއް އެބައޮތޭ ، އަބްދުﷲ ކޮބާހޭ ؟ – އަލީ ވަހީދު

އަބްދުﷲ އަހުމަދު ދޫކޮށްލުމަށް ކޯޓް އަމުރު ހޯއްދެވުމުގެކުރީން ހެންވޭރު މީނާޒް އަބްދުﷲ ހަމީދު ކޯޓަށް ހާޒިރުކުރުމަށް އަމުރުނެރެފައިވާކަމަށާ ފުރަތަމަ ބައްޕާފުޅު ކޯޓަށް ހާޒިރުކޮށްދެއްވުމަށް ހެންވޭރު މީނާޒް ޝާހީން ހަމީދަށް ރަށްޔިތުންގެ މަޖްލިހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ގޮވާލައްވައިފިއެވެ.

އަލީ ވަހީދު ވިދާޅުވީ ކްރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދުގެ ދިފާއުގައި ވަކާލާތުކުރާ ފުންނާބު އުސް ލޯޔަރުންގެ ނަމުގައި މިހާރު ވާހަކަ ދައްކަވަމުން އެގެންދަވާ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ކޯޓް ޝަރީއަތްތައް ހުއްޓިފައިވާކަމަށާ ކޯޓްތަކުގައި ގާނުން އަސާސީންބުނާ ހުވާނުކޮށްތިބި ފަޑިޔާރުގެއަކުން އަދުލު އިންސާފެއް ނުލިބޭނެކަމަށެވެ. އަލީ ވަހީދު ވިދާޅުވީ މާލޭގައި އަމަން އަމާންކަން އޮންނަތާ ދުވަސް ކޮޅެއް ވެއްޖެކަމަށާ އެހެން ނަމަވެސް ޕީޕީއެމްގެ އިސްދެބޭފުޅުންކަމަށްވާ މައުމޫނާއި ޔާމީން ރާއްޖެން ބޭރަށް ފުރާވަޑައިގަތުމާއި ޕީޕީއެމްގެ ނާއިބް ރައީސް އުމަރުނަސީރު މާލެއަށް އައުމާއެކު މާލޭގެ އަމަންގެއްލި ހަމަނުޖެހުން ހިގަންފަށައިފިކަމަށެވެ.

ރާއްޖޭގެ ގާނޫން އަސާސީއަކީ އެއްވެސް ހާލެއްގައި ދިހަވަކީލުން  މާނަކުރަން ދިވެހިރަށްޔިތުން ބަލައިގެންފައިވާ އެއްޗެއްނޫންކަމަށާ އެއީ ރާއްޖޭގެ ތިނަލައްކަ އެތައްރަށްޔިތުނެއް މާނަކުރަންއޮތް އެއްޗެއްކަމަށް ވިދާޅުވަމުން އަލީވަހީދު ވިދާޅުވީ  އަޅުގަޑުމެންނަށް ހުށަހެޅިފައި މިއޮތް މައްސަލަ ވަރަށްސާފްކަމަށެވެ . އަބްދުﷲ ކޮބާހޭ ؟ ހުކުމެއް އެބައޮތޭ . އަބްދުﷲ ކޮބާހޭ ؟ އެއީ މައްސަލަ . އަޅުގަޑުމެން މިބުނަނީ އެއަށްވުރެން މާކުރީގެ ހުކުމެއް ކޮބާހޭ ؟ އެބައޮތޯ . އަބްދުﷲ ކޮބާހޭ ؟ އަޅުގަޑުމެން މިބުނަނީ ކޯޓްގެ ނިޒާމް ގަބޫލް ކުރައްޏާމު ކޯޓްތަކުން އެބައޮތޭ ހުކުމެއް ކޮށްފައި . އަބްދުﷲ ކޮބައިހޭ ؟ ކުރީގެ އެޓޯލްސް މިނިސްޓަރުކަމާ ރަށްޔިތުންގެ މަޖްލިހުގެ ރައީސްކަންކޮށްފައިހުރި ޝާހީން ހަމީދުގެ ފުންނާބުއުސް ބައްޕާފުޅު އަބްދުﷲ ހަމީދު ކޮބާހޭ ؟ އެއީ ހަދަހަދައިގެން ދައްކާ ވާހަކައެއްނޫން .މިއާ އިދިކޮޅަށް ރާއްޖޭގައިތިބި ފުންނާބު އުސް ހުރިހާ ވަކީލުން އަދި ޖަމަލުތައް މަތިން އަޔަސް މީގަ ސާބިތުކުރާނެ އިތުރު އެއްޗެއްނޯންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ޚަބަރު: އެމްއެންބީސީ

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.