Live News From S.Meedhoo

އައްޑޫ ފުޓްސަލް ޗެލެންޖް 2008

މިމުބާރާތުގައި އިއްޔެ ކުޅެވުނުފުރަތަމަ މެޗްގައި ބައްދަލުކުރީ ހަނދުފުށީ ޓީމާއި މަރަދޫ ބީ ޓީމެވެ. މިމެޗް 3 ލަޑު 2 ލަޑުން ކާމިޔާބުކުރީ މަރަދޫ ބީޓީމެވެ. މިމެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މަރަދޫ ޓީމްގެ ހުސެން އަބީދެވެ.

އިއްޔެގެ ދެވަނަ މެޗްގައި ބައްދަލުކުރީ މަރަދޫފޭދޫ ޓީމާއި ހުޅުދޫ ބީޓީމެވެ. މިމެޗް 5 ލަޑު 4 ލަޑުން ކާމިޔާބުކުރީ ހުޅުދޫ ޓީމެވެ.

މިމުބާރާތުގައި އިއްޔެ ކުޅެވުނު ދެވަނަ މެޗް ކުޅެމުން ދިޔައިރު ހުޅުދޫ އޭޓީމްގެ ވަރަށްގިނަ ކުޅުންތެރީން ހުޅުދޫ ބީޓީމްގެ ބެންޗަށްގޮސް ކުޅުންތެރީންނަށް އިރުޝާދު ދެމުން ދިޔަތަން ފެނިގެން ދިޔައެވެ. މިއީ މިމުބާރާތުގެ ގަވާއިދުގައި ވާގޮތުން މަނާކަމެއްކަމުގައިވިޔަސް އެކަން އެގޮތަށް ހިގަމުން ދިޔައިރު އެކަން މަނާކުރާކަށް މުބާރާތުގެ އޮގަނައިޒިން ކޮމިޓީން ހަރަކާތްތެރި ނުވާކަން ފާހަގަ ކުރެވުނެވެ.

މިމުބާރާތުގައި ކުރީދުވަހު ކުޅެވުނު ދެމެޗްގައި އެފްއޭއެމްގެ ރެފްރީން ފެނިގެން ދިޔަނަމަވެސް އިއްޔެ ކުޅެވުނު ދެމެޗްގައި ރެފްރީކަން ކޮށްފާވަނީ މުބާރާތުގެ އޮގަނައިޒިން ކޮމިޓީގެ މަމްޝޫގާއި ފޭދޫ މުހައްދު ދީދީ (ލޯންގޭ)އެވެ.

***ކޮމެންޓް ކުރެއްވުމަށް ލޮގިން ކުރައްވާ