Live News From Hulhumeedhoo, Addu City

މަދޫރީގެ މުޖައްސަމާގެ ފަރުދާ މާދަމާ ކަހާލެވޭނެ

އިނގިރޭސި ވިލާތުގެ ލަންޑަން ގައި ހުންނަ މެޑަމް ޓްސޯޑް މިއުޒިޔަމް ގައި ބެހެއްޓިފައި ހުރި އިންޑިއާގެ މަޝްހޫރު ފިލްމީތަރިންގެ އުތުން ހަދާފައިވާ މުޖައްސަމާ ( ސްޓަޓޫ) ތަކުގެ ތެރެއަށް ފިލްމީ ތަރި މާދުރީ ޑިކްޝިޓްގެ މުޖައްސަމާ އިތުރުވެއްޖެއެވެ. މާދޫރީ ޑީކްޝިޓްގެ މުޖައްސަމާއިން ފަރުދާ ކަހާލެވޭނީ މިހިނގާ މާރޗްމަހުގެ  ހަތްވަނަ ދުވަހުއެވެ. މާދުރީ ޑިކްޝިޓް އޭނާގެ މުޖައްސަމާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކާ މިހިނގާ މިއަދުގެ ވަގުތެއްގައި ލަންޑަނަށް ދާނެއެވެ.       މާދުރީ ޑިކްޝިޓަކީ އެޝަޚްޞިއްޔަތެއްގެ މުޖައްސަމާއަށް މެޑަމް ޓްސޯޑް މިއުޒިޔަމުން ޖާގަލިބުނު ،އިންޑިއާގެ ފިލްމީ ޝަޚްޞިއްޔަތުންގެ ތެރޭގައި ހިމެނޭ ފަސްވަނަފަރާތެވެ. މީގެ ކުރިން މި މިއުޒިޔަމުން ޖާގަ ލިބިފައިވަނީ  އަމީތާބް ބައްޗަން، ޝާހް ރުޚް ޚާން ، ސަލްމާން ޚާން، އަދި އަޝްވާރިޔާ ރާއި ބައްޗަން ގެ މުޖައްސަމާތަކަށެވެ.     މާދުރީ ޑިކްޝިޓް ވަނީ މީގެ ކުޑަދުވަސްކޮޅެއްކުރިން އޭނާގެ ފިރިމީހާއާއި ކުދިންނާއެކު އެމެރިކާއިން  އިންޑިޔާއަށް އެނބުރި އައިސްފައެވެ. އޭނާ އެނބުރިއައުމާއެކު އޭނާ މިހާރު ވަނީ އެތަކެއް އިޝްތިހާރުތަކަކާއި އާފިލްމުތަކެއް ކުޅުމަށް ސޮއިކޮށްފައެވެ. އެގެ އިތުރުން ރިއަލިޓީ ޝޯވް  ” ޑާންސަ އިނޑިއާދާންސް ” ގެ ޖަޖުންގެތެރެއިންވެސް އޭނާފެނިގެންދާނެއެވެ.

ޚަބަރު : އަބްދުﷲ މުހައްމަދު

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.