Live News From Hulhumeedhoo, Addu City

ޕްލާސްޓިކް އިން ބޭނުން ކޮންމެ ޑިޒައިނެއް ޕްރިންޓް ކުރެވޭ 3D ޕްރިންޓަރު ބާޒާރުގައި ވިއްކަން ފަށައިފި.

 

ކޮމްޕިއުޓަރުން އެމީހަކު ބޭނުން ވާ ކޮންމެ ޑިޒައިނެއް ހަދާފައި ޕްރިންޓައް ދިނުމުން އެ އެއްޗެއް ޕްރިންޓް ކުރެވޭ 3D  ޕްރިންޓަރަކީ، ގަބޫލު ކުރަން ދަތިވިޔަސް މިހާރު ދުނިޔޭގެ ބާޒާރުގައި ލިބެން ހުރި އެއްޗެކެވެ. 1300 ޑޮލަރުން (20000 ރުފިޔާ) އަށް މިޒާތުގެ ޕްރިންޓަރު މިހާރު ލިބެން އެބަހުރިއެވެ.

ކޮމްޕިއުޓަރ ޕްރްގޮރާމް އަކުން ބޭނުން ވާ ޑިޒައިނެއް ކުރެހުމަށް ފަހު ޕްރިންޓަށް ދިނުމުން ފަށަލަތަކަކަށް ޕްރިންޓަރުން އެ ޑިޒައިން ޕްރިންޓް ކޮށްދޭ އިރު، މިފަދަ ޕްރިންޓަރުތައް ބޮޑެތި ބައެއް ކުންފުނިތަކުން ބޭނުން ކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވަނީ ވެފައެވެ. ނަމަވެސް މިޒަމާނުގެ ސްމާރޓް ފޯނަކާއި ހަމަ އަގެއްގައި މިފަދައެއްޗެއް އާންމުންނަށް ގަންނަން ލިބިގެން ދިޔުން ވެގެން ގޮސްފައި ވަނީ ވަރަށް ގިނަބަޔަކު ހައިރާންވާ ވަރުގެ ކަމަކަށެވެ.

3D  ޕްރިންޓަރުވެގެން ދާނީ ވަރަށް ބޮޑަށް އޭގެ ބޭނުން ހިފޭނެ އެއްޗެއް ކަމުގައި ގިނަބަޔަކު ދެކޭ އިރު، ބައެއް މީހުން ބުނާގޮތުން މިފަދަ އެއްޗެއް އާންމުންނަށް ލިބުމަކީ އޭގެ ނާޖާއިޒު ފައިދާ ބަޔަކު ނަގައި، ވިޔަފާރިތަކަށާއި އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ބޭނުން ކުރެވިދާނެ އެއްޗެއްގެ ގޮތުގައެވެ. އަދި އެހާ ކުޑަ އަގެއް ގައި ލިބެން ހުރުމަކީ ކޮންމެ މީހަކަށްވެސް އެފަދަ ޕްރިންޓަރެއް ގަނެލެވޭނެ އަގެއް ކަމަށެވެ.

1300 ޑޮލަރަށް މިހާރު ލިބެން ހުރި ޕްރިންޓަރުން 16 ކުލައެއްގެ، 5 އިންޗި އުސްމިނުގައި، 5 އިންޗި ފުޅާ އަދި 5 އިންޗި ދިގު ކޮންމެ އެއްޗެއް ޕްލާސްޓިކް އިން ހަދާލެވެއެވެ. އަދި 25 ޑިޒައިނެއްގެ ކުރެހުން ހިލޭ ލިބެއެވެ.


މިލިޔުމާ ގުޅޭ އިތުރު ލިޔުންތައް: ,

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.