Live News From Hulhumeedhoo, Addu City

“ޕްރީޕެއިޑް ރިވޯޑްސް” ސްކީމް ދިރާގުން ތައާރަފް ކޮށްފި.

“ޕްރީޕެއިޑް ރިވޯޑްސް”ގެ ނަމުގައި ދިރާގުގެ ޕްރީޕެއިޑް ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް “އެސްއެމްއެސް، ޓޯކް ޓައިމް އަދި ޑޭޓާ” ފަދަ ޚިދުމަތްތައް މުޅިން ހިލޭ ލިބޭނެ ވަރަށް ޚާއްސަ ސްކީމެއް ތައާރަފް ކޮށްފިއެވެ.

ދިރާގު ރިވޯޑްސް ގައި ބައިވެރި ވެވޭނީ ޕްރީޕެއިޑް ޚިދުމަތް ބޭނުން ކުރައްވާތާ 6 މަސް ދުވަސް ވެފައިވާ ފަރާތްތަކަށެވެ.  މިގޮތުން ޚިދުމަތް ހޯދުމުގައި ހޭދަކުރެއްވި މުއްދަތަށް ބެލުމަށްފަހު ބޯނަސް ޕޮއިންޓު ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ. އެގޮތުން 6 މަސްދުވަހަށް 50 ޕޮއިންޓު، 1 އަހަރު ދުވަހަށް 100 ޕޮއިންޓު، 2 އަހަރު ދުވަހަށް 200 ޕޮއިންޓު އަދި 3 އަހަރު ނުވަތަ އެއަށްވުރެ ގިނަދުވަހު ޚިދުމަތް ބޭނުން ކުރަށްވާފައިވާ ފަރާތްތަކަށް 300 ޕޮއިންޓު ބޯނަސްގެ ގޮތުގައި ލިބިލައްވާނެއެވެ.

ލިބިލައްވާ ޕޮއިންޓުގެ އަދަދު 200 ޕޮއިންޓަށްވުރެ އިތުރުވުމުން ހަދިޔާއަށް ބަދަލު ކުރެއްވޭނެ ކަމަށާއި އެގޮތުން ލިބޭ ޕޮއިންޓު 200 ޕޮއިންޓަށް 50 ހިލޭ އެސްއެމްއެސް ނުވަތަ 30 މިނެޓުގެ ހިލޭ ވަގުތު ނުވަތަ 50 އެމްބީގެ ހިލޭ ޑޭޓާ ހަދިޔާގެ ގޮތުގައި ލިބިލައްވާނެކަމަށް ދިރާގުން ހާމަކުރެއެވެ. ހަދިޔާތަކުގެ ތަފްސީލު ބެއްލެވުމަށް #3*7*123* އަށް ގުޅުއްވުމުން ސެލްފް ކެއާ މެނޫއިން އެ މައުލޫމާތު އެނގިގެންދާނެ ކަމާއި ހަދިޔާ އިތުރު ކުރެއްވުމަށް، ޕޮއިންޓުތައް ވަގުތުން ބޭނުން ކުރުމުގެ ބަދަލުގައި ޕޮއިންޓުތައް ރައްކާ ކުރަމުން އިތުރު ކުރަމުން ގެންދެވިދާނެ ކަންވެސް ދިރާގުން ފާހަގަ ކުރެއެވެ.

ދިރާގު ޕްރީޕެއިޑް ރިވޯޑްސް ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން “ހިލޭ ލިބޭ” އެ ޚިދުމަތުގައި ބައިވެރިވުމަށްޓަކައި “Rewards” ކީވޯޑް ޖައްސަވާފައި ހިލޭ މެސެޖް ކުރެވޭ ނަންބަރު “454″އަށް އެސްއެމްއެސް އެއް ފޮނުއްވުމުން އިތުރު އެއްވެސް ހަރަދަކާ ނުލައި އެ ހިދުމަތުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ހާމަކުރެއެވެ. އަދި  #1*7*123* އަށް ގުޅުއްވުމުން “ސެލްފް ކެއާ މެނޫ” މެދުވެރިކޮށްވެސް ޚިދުމަތުގައި ބައިވެރިވެ ވަޑައިގެންނެވޭނެކަމަށާއި ޚިދުމަތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން “Help” ކީވޯޑް ޖައްސަވާފައި “454″އަށް އެސްއެމްއެސް އެއް ފޮނުއްވުމުން އެ ހިދުމަތާ ގުޅޭ މައުލޫމާތުތައް ލިބިލައްވާނެކަމަށްވެސް ދިރާގުން ހާމަ ކުރެއެވެ.

ކޮންމެ ކަސްޓަމަރަކުވެސް 454 އަށް ހިލޭ އެސްއެމްއެސް އެއް ކުރައްވައިގެން ނުވަތަ #2*7*123* އަށް ގުޅުއްވައިގެން ސެލްފް ކެއާ މެނޫ މެދުވެރިކޮށްވެސް އެފަރާތަކަށް ލިބިލައްވާފައިވާ ޕޮއިންޓުގެ އަދަދު ބެއްލެވޭނެއެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު ޕްރީޕެއިޑް އާބާދީކަމަށްވާ ދިރާގުން މި ސްކީމް ފެށީ 285000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށްގެންނެވެ.


މިލިޔުމާ ގުޅޭ އިތުރު ލިޔުންތައް: ,

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.