Live News From Hulhumeedhoo, Addu City

އެޕަލް އިން ގޫގްލް ގޮވައިގެން ކޯޓަށް ދިޔުމުން ގޫގްލް ހޫނުފެނަށް.

google-motorola-mobility-620xa

އެޕަލް ކުންފުންޏަކީ ކާމިޔާބު މޮޑެލްތަކެއްގެ ފޯނުތަކަކާއި އެކު ސްމާރޓް ޕޯންތަކަކަށް ބޮޑެތި ބަދަލުތަކެއް ގެނުވި ކުންފުންޏެކެވެ. އެޕަލްއިން ވަނީ އާހޯދުންތައް ހޯދައި އެމީހުންގެ އަތް ސޮމާރޓް ފޯން މާރކެޓްގައި ގަދަ ކޮށްފައެވެ. އެގޮތުން އެމީހުން ގެ ބުރަ މަސައްކަތުން ހޯދާ ތަރައްގީ ކޮށް ފައްކާ ކުރި ޓެކްނޮލޮޖީތައް ވަނީ އެހެން ބަޔަކަށް އެޕަލްގެ ހުއްދަނެތި ބޭނުން ނުކުރެވޭ ގޮތައް ޕޭޓެންޓް ރަޖިސްޓްރީ ކޮށްފައެވެ. މިހެން ހެދުމުގެ ސަބަބުން އެޕަލްގެ ޓެކްނޮލޮގީ ނުވަތަ އެމީހުންގެ ޑިޒައިނަކާ އެއްގޮތް އެޗެއް އެހެން ބަޔަކު ހަދައިފިނަމަ އެޕަލް އިން އެބަޔަކު ގޮވައިގެން ކޯޓަށް ގޮސް ބޮޑެތި އަދަދު ތަކުން އެޕަލް އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައެވެ. މިހާރަކަށް އައިސް އެފަދަ ކިތަންމެ މައްސަލައެއް އަބަދުވެސް ކޮންމެވެސް ކޯޓެއްގައި ނުހިގާ ދުވަސްކޮޅެއް ނުދެއެވެ.

ޔޫރަޕްގެ ވިޔަފާރީގެ ވާދަވެރިކަން ހިފެހެއްޓުމަށް ޔޫރަޕްގައި ހުންނަ އީޔޫ ކޮމްޕެޓިޝަން ކޮމިޝަންއަށް އަނެއްކާވެސް އެޕަލް އިން މިވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެހެން ފަހަރުތަކާ ތަފާތު ވިޔަސް މިފަހަރުވެސް ޕޭޓެންޓްގެ މައްސަލައެކެވެ. ނަމަވެސް ވަރަށް ތަފާތު ގޮތަކަށެވެ.

ގޫގްލް މޮޓޮރޯލާ ފޯނުގައިވާ ޕޭޓެންޓް އެޕަލް އަށް ނުލިބިގެން މިފަހަރު މައްސަލަ ވަނީ ހޫނުވެފައެވެ. އެގޮތުން އީޔޫ ކޮމްޕެޓިޝަން ކޮމިޝަނުން މިހާރު ދަނީ މޮޓޮރޯލާ އާއި ގޫގްލް އިން އެ ކޮމިޝަންގެ ގަވާދުތަކާ ހިލާފަށް އުފެއްދުންތެރި ޓެކްނޮޖީތައް ހިފަހައްޓާފައި ވޭތޯ ބަލަމުންނެވެ. އެގޮތުން އެކޮމިޝަން އިން ނެރެފައިވާ ނޫސް ރިޕޯޓެއްގައިވާ ގޮތުން މިގޮތައް ޕޭޓެންޓް ހިފެހެއްޓުމުގެ ސަބަބުން އެއްޗެހީގެ އަގު ބޮޑުގެ ކުންފުނިތަކަށް ވިޔަފާރީގައި ވާދާ ނުކުރެވި، އެއީ ކަސްޓަމަރުންނަށް ވެސް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ. އަދި ބުނެފައިވަނީ އާ ސްމާރޓް ފޯންފަދަ ތަކެތި އުފެއްދުމަށް އެކި ކުންފުނިތަކުން ހޯދާ ހޯދުންތައް ވާދަވެރި އެހެން ކުންކުންފުނިތަކާ ހިއްސާ ކުރަން ޖެހޭނެކަމަށެވެ.

ގޫގްލް އިން އެކުންފުނީގެ ދިފާއުގައި ދެތިން ހަފްތާތެރޭގައި ކޮމިޝަނަށް ޖަވާބުދާރީ ވާން ޖެހެއެވެ. ގޫގްލް އަށް ދިފާއުވެވޭ ވަރުގެ ޖަވާބެއް ނުދެވިއްޖެ ނަމަ އީޔޫ ކޮމިޝަނުން އިތުރަށް އެމައްސަލަ ތަހުގީގު ކޮށް ގޫގްލް އިން އެ ކޮމިޝަންގެ ޤަވާއިދާ ޚިލާފް ވެފައި ވާކަމަށް ވެއްޖެނަމަ ގޫގްލް ކުންފުނި، އެކުންފުނީގެ އެއްހަރުގެ ވިޔަފާރީގެ 10% ގެ ޖުރިމަނާ އެއް ކުރެވޭނެއެވެ. އެއީ 4 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެން ބޮޑުވާނެ ޖުރިމަނާއެކެވެ.


މިލިޔުމާ ގުޅޭ އިތުރު ލިޔުންތައް: , , ,

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.