Live News From S.Meedhoo

ބަދަލު ކުރަންޖެހޭ އާދަ

އެއްދުވަހު ހަވީރު އަޅުގަނޑުގެ ރައްޓެއްސެއްކަމަށްވާ މުޙައްމަދުއާއި އެކު ރަށުތެރޭގައި ބުރެއް ޖެހުމަށް ސައިކަލުގައި ނުކުތީމެވެ. އަޅުގަނޑުމެން ދެމީހުން ދުއްވަމުން ދުއްވަމުންގޮސް ކޮފީއެއް ބުއިމަށްޓަކައި ރަށުގެ ކުޑަކުދިންގެ ޕާރކުގެ ހުޅަގުން ހުރި “ވިޝްޕޮއިންޓް” ކިޔާތަނަކަށް ވަދެ ދެކޮފީގެނެސްދިނުމަށް ވޭޓަރުކާއީގައި ބުނީމެވެ. ވަރަށް އުފަލުން ދެމީހުން އޮލަވާހަކަ ދައްކަމުން އިސާހިތަކު ކޮފީބޮއެނިންމައި ފައިސާ ދިނުމަށްފަހު ރަށުތެރެއަށް މިސްރާބުޖެހީމެވެ. އަޅުގަނޑުމެން ދެމީހުން ދަމުންގޮސް ބޮޑުމަގުގެ ބުރުކާރިއަށް މަޑުކުރީމެވެ.

 އޭރުގަޑިން ހަވީރު 5.45 ކެވެ. އަޅުގަނޑު ވަރަށް ރަގަޅަށް ބުރުކާރީގައި ހުރެގެން ރަށުގެ ހަތަރުފަރާތަށް ކަޅި ހިންގާލީމެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. ހަތަރު އުދަރެސް ބެދެނީއެވެ. އަނެއްކޮޅުން ވައި ގަދަވެ ގުގުރާން ފަށައިފިއެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ. އަވަސްއަވަހަށް މުޙައްމަދުގެ ގެއަށް ދިއުމަށް ދެމީހުން އަވަސްވެގަތީމެވެ. މުހައްމަދުގެ ގެއާއި ހަމަވިތަނާ ވަރަށްބޯކޮށް ވާރޭވެހެން ފަށައިފިއެވެ. ދެމީހުންވެސް މުހައްމަދުގެ ގެކަމަށްވާ ‘ސޯނަމީ”އަށްވަނީމެވެ. އެގެއަށްވަދެ އިށީންތަނުން ކަމަކުދާކަށްނެތެވެ. އެހެރައައި އަންހެންކުއްޖެއްގެ ރީތިކަމުންނެވެ. ފުރިހަމަކަމުންނެވެ. އެކުއްޖާ ދޮންކަމުން ހީވަނީ ކިރެއްހެންނެވެ. ވަށްކަމުން ހީވަނީ ކެކުރިއެއް ހެންނެވެ. ކޮންމިޔަކަސް ލަދަކާއިހުރެ ތަދެއްނުފިލާނެޔޭ ބުނާއުޞޫލުން އަޅުގަނޑުގެ ރައްޓެހި މުހައްމަދުގެ ގާތުން ވަރަށް ކެރި ހުރެ އެއީ ކޮންކުއްޖެއްކަން އަހާލީމެވެ. އެއީ މުޙައްމަދުގެ އަނިބިމީހާއެވެ. އެހިސާބުން ވާރޭގެ އަސްރުކުޑަކޮށް މަޑުޖެހުމުން އަޅުގަނޑު ގެއަށް ދިއުމަށްޓަކައި ނުކުތީމެވެ. މިހާރު ގަނޑިން 8ޖެހީއެވެ. ގެއަށް ދިޔަ މަގުމަތިން އަޅުގަނޑު ދަންނަ 20 ވަރަކަށް ޒުވާން އަންހެންކުދިންނާއި ދިމާވިއެވެ. ހުރިހާ ކުދިންވެސް ފެނުނީ ބުރުގާ އަޅައިގެންއުޅުނު މަންޒަރެވެ. ވަރަށް އުފާވިއެވެ. ﷲތަޢާލާ އަޅުގަނޑުމެންނަށް ދެއްކެވި މާތް މަގެވެ ޖެހިގެންއައިދުވަހުގެ ހަވީރު އަޅުގަނޑު ދުއްވަމުންދަނިކޮށް އެއްކަލަ މުޙައްމަދު އަންހެނަކުއްޖަކާއިއެކު ދަނިކޮށް ދިމާވެއްޖެއެވެ. ކުޑަކޮށް މުޙައްމަދުގައިގައި ކޮއްޓުމަށްފަހު ވަރަށް ސިއްރުން އަހާލީމެވެ. ކޮންކުއްޖެއްބާ؟ މިމަގޭ އަންހެނުން. މުޙައްމަދު ހެމުން ބުނެލިއެވެ. ނޭގޭތަ. ކުރީރޭ ގޭދޮށުންވެސް ދިމާވިއެއްނު. ކޮންމިޔަކަސް އަޅުގަނޑު ވަރަށް ހައިރާންވިއެވެ. އެރޭ ހުރީ ބުރުގާ ނާޅައެވެ. މިރޭހުރީ ބުރުގާ އަޅައިގެންނެވެ. އެހެންވެ ނޭގުނީއެވެ. މިގޮތަށް ދިމާވީމަ ނޭގިދާނެ އެހެންނުންތޯ. ދެން އަޅުގަނޑު އަވަށްޓެރިއެއްގެ ގެއަށްވަނީމެވެ. މިގެއިން ފެނުނު ތިން އަންހެން ކުދިންގެ ތެރެއިން އެއްވެސް ކުއްޖެއް ބުރުގާ އަޅާފައިނެތެވެ. ޖެހިގެން ހުރިގެއަށް ވަނީމެވެ. ބުރުގައެއްނުފެނުނެވެ. މިހެންގޮސް 15ވަރަކަށް ގެއަށް ވަދެފީމެވެ. ދެގެއަކުން ބުރުގާއަޅައިގެންހުރި މުސްކުޅި ދެމީހަކު ފެނުނެވެ. އަޅުގަނޑު ވަރަށް ހައިރާންވެއްޖެއެވެ. މިކަމާއި ވަރަށްބޮޑަށް އަޅުގަނޑު ކަންބޮޑުވެ މާޔޫސް ވެއްޖެއެވެ. ދެންކޮންމިޔަކަސް ރަށުގެ ޒުވާނަކަށް އަޅުގަނޑު މިވާހަކަ ކިޔައިދިނުމުން އޭނާބުނީ މިރަށުގައި ބުރުގާ ނާޅާ ޢުމުރުން 12އަހަރުން ފެށިގެން މަތީ އެއްވެސް ކުޑަކުއްޖެއްވެސް މުސްކުޅިއެއްވެސް ޒުވާނެއްވެސް ނުހުންނާނެކަމަށެވެ. އެހެން ނަމަވެސް ދެރަކަމަކީ އެމީސްމީހުން ގޭގައިއުޅޭއިރު އުޅެނީ ބުރުގާ ނަގާލާފަކަމެވެ. ވަރަށް އަސަރާއިއެކު ކިޔައިދިނެވެ
ވުމާއިއެކު އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ ބުރުގާ އެޅުން ނުވަތަ އައުރަނިވާކުރުން މިއޮންނަނީ ހަމައެކަނި މަގަށް ނުކުންނައިރަކު ނޫންކަމަށްވާހިނދު ގޭގައި އުޅޭއިރުވެސް އަންހެން ބޭކަނބަލުން ބުރުގާ އަޅުއްވައިގެން ތިބެން އާދަކުރަމާތޯއެވެ. ﷲތަޢާލާ ތިޔަބައިމީހުންނަށް ހެޔޮވިސްނުން މިންވަރުކުރައްވާށިއެވެ.

ޚިޔާލު

  • އައްޔަގެ ފުރެންޑް ގެ ޚިޔާލަކީ:

    މީ ވަރަށް ފައްކާ ވާހަކައެއް. އެކަމަކު އައްޔައަށް ތިވާގޮތެއްދޯ؟ ތަނަކުން އަންހެންކުއްޖަކު ފެންނައިރަށް ނުޖެހެއެއްނުން ބަލާކަށް ސަރިއަންކަޓޭ ގުޅިއާ. މަ މިހެން އައްޔަކާރީ ބުނަން އުޅޭތާ ލައްކަ ދުވަސްވެއްޖެ. އެކަމަކު އައްޔަގެ ކަންތައްތައް މިހާރު މާ މައްޗައް ދިއުމުން މިބުނެލީ އިގޭ. ރުޅިނައަންނާތި އައްޔާ

  • ރާވެރިބެ ގެ ޚިޔާލަކީ:

    އައްޔަ ކައިރީ ހަމަބުނެލާ ހިތްއޮތީ ދެންވެސް ނުދަންނަ ގޭ ގެއަށް ވަންނަމުން ސަލާމް ގޮވާލައްޗޭ . މީހުންގެ ގެދޮރަކީ ހުރުމަތްތެރިވެގެންވާ ތަންތަނޭ . އެގޭ އުޅޭ ބައެއްގެ އިޒުނައާ ނުލާ ހަމަގޮސް ވަދެލުމުގެ ހައްގެ އައްޔަ ކަސް އަދި އެހެން މީހަކަށްވިޔަސް ނޯންނާނޭ. ރާވެރި

  • އައްޔަގެ ފުރެންޑް ގެ ޚިޔާލަކީ:

    މި ވާހަކައި ޖަހަފެއި ހިށި ފޮޓޯއެ ހިށި ކޮއްޔާއި ވަރަށް ވައްތަރޮ ކޫދަށް އަވަތެބެ ދިށިން މީދޫން. މީ އެނެއްކޯ އެކޮށްޔާ ދީ އައްޔާ ފޮޓޯ ނާގެން ނެޓައްލާގެން މިހިގަނީ.

  • އަލްބަރޓް ގެ ޚިޔާލަކީ:

    މި ލިޔުން ލިޔުއްވި ލިޔުން ތެރިޔާ އަށްއަޅުގްނޑު ދަންނަވާލަން ބޭނުމީ ތި ބޭފުޅާހގެ ވެސް ބަދަލު ކުރަންވެއްޖެ އާދަތަކެއް ހުރި ވާހަކައެވެ. ފުރަތަމަ ހިލޭ އަންހެނުންނަށް ބަލައި އެމިހުންގެ ހުއްދަ ނުހޯދައި އެމީހުން ތިބެ ތަންތަނަށް ވަދެ އުޅުމަކީ ރަނގަޅުކަމެއް ނޫން ވާހަކައެވެ. ދެންދަންންވާލަން އޮތީ އަލުގަނޑުމެން ރަށު ބަހުން ކިޔައި އުޅޭގޮތަށްނަމަ “ގެރި އައިނާ ވޭ ވަރޮ ނިވޭއްކެއި އައު ” އެއްވެސްގރިއަކާ އެގެރިއަކާ ފުލެ ހިންނަ ގޫ ނިފެނެއި. ދެން މަލާމާއްކެރަނީ އެނައް ގެރިއަކާ ފުލެ ހިންނަ ގޫފެނިފެއި.

  • އައްޔަގެ ފްރެންޑް ގެ ޚިޔާލަކީ:

    އަލްބާރޓް ގެ ވާހަކާށް އަވަ ވަރަށް ތާއީދު ކެރަން. އެކަމަކި މިވާހަކާއިން ވަރަށް އިބުރަތްތެރި ފެލާވަޅަކަސް ތެބެލިބެއ. ހަގީގަތި އައްޔާއަކީ އެލެކަށް ވޭނޑޭ މީހަށްނުން. އައްޔާ ޕަބްލިކަށް މެސެޖައް ދޭއްވެގެން ލޭފެއިއޮއް ކުރު ވާހަކާއްހެން މައްހީވެނީ މީ.

  • mohamed faruhaan ގެ ޚިޔާލަކީ:

    ވަރަށް ރީތި

Trackbacks

***ކޮމެންޓް ކުރެއްވުމަށް ލޮގިން ކުރައްވާ