Live News From Hulhumeedhoo, Addu City

މީދޫގެ ފޫޓުބޯޅަ އަށް އާ ދިރުމެއް ބޭނުން ވެފައި!!!

ފުޓުބޯޅައަކީ ދިވެހިންގެ ލެޔާއި ގުޅިފައި ވާ ކުޅިވަރެކެވެ. މި ކުޅިވަރު ނުކުޅޭ މީހަކު ވަރަށް މަދުވާނެއެވެ. ފުޓުބޯޅަ އަކީ މީހުން ވަރަށް ޝައުގުވެރިކަމާއެކު ބަލާ ކުޅިވަރެކެވެ. ސ.މީދޫ އަކީ ވެސް ކުރިން ފުޓުބޯޅަ ފޯރި ވަރަށް ގަދަ ރަށެވެ. ފުޓުބޯޅައަށް ލޯބިކުރާ މީހުންގެ އިތުރުން ގައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ކުޅުންތެރިވެސް މީދޫ ގައި އެބަތިބިއެވެ. އޭރު ފުޓުބޯޅައިގެ ގިނަ ކާމިޔާބީތައްވެސް މީދޫގެ ދަރިންވަނީ ހާސިލް ކޮށް ފައިވެއެވެ.އޭރު ރަށުގައި ވާދަވެރި ފުޓުބޯޅަ މެޗުތައްވެސް ކުޅެހަދައެވެ. މިއަދު ކުރެވޭ  ބޮޑު ސުވާލަކީ މިހާރު މީދޫގައި ފުޓުބޯޅައިގެ އަޑު ފަނޑުވެގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ފުޓުބޯޅައިން މީދޫ އަށް ލިބިފައި އޮތީ ހައްގު މިންވަރެއްގެ ކުރިއެރުމެއްތޯ އެވެ. މިސުވާލަކީ މީދޫގެ ފުޓުބޯޅައަށް ލޯބި ކުރާ ކޮންމެ މީހަކުވެސް ހިތާހިތާ ކޮށް ލާނެ ސުވާލެކެވެ.

ހަގީގަތަކީ މީދޫގައި 2000 ވަނަ އަހަރުގެ ފަހުން  ފުޓުބޯޅަ ކުރިއަރުވަން އެއްވެސް މަސައްކަތެއް ކުރެވިފައި ނެތްކަމެވެ.  އޭރު އިންޓަ ސްކޫލް ފުޓުބޯޅަ ސްކޫލުތަކަށް ތައާރަފުވެގެން އައިރު ފުޓުބޯޅަ އަށް ބޮޑު އަހައްމިޔަތު ކަމެއް ދިންނަމަ މިއަދު މީދޫގެ ފުޓުބޯޅަ ކުޅޭ ގިނަ ތަރިންތަކެއް ތިބޭނެއެވެ. އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތަށް ކުދިން ތައްޔާރު ނުކުރާ  ވާހަކައެއްނޫނެވެ. މުބާރާތަކަށް ކުދިން ތައްޔާރުކުރުމަކުން އަދި ފުޓުބޯޅަ ކުރި ނާރާނެއެވެ.މުބާރާތެއްގެ ބައިވެރި ވާ ނަމެއްގައި ބައިވެރި ވިޔަސް އެކަމަކުން  މާ ބޮޑު ފައިދާ އެއް ނުކުރާނެއެވެ.  މި މުބާރާތަކަށް ތައްޔާރު ވީ އިރު ތަފާތު ހުނަރު ހުރި ގިނަ ކުދިންތައް ވަނީ ފާހަގަ ކުރެވިފައެވެ. މި ކުޅުންތެރިންނަށް ވެސް އިތުރަށް ބޭނުން ވަނީ ތަމްރީނާއި ވަސީލަތްތަކެވެ.

ހަވީރު މީދޫ މައިލޯ ދަނޑުގައި ގިނަ ކުދިންތައް ފުޓުބޯޅަ ކުޅެން ތިބެއެވެ. އެ ހުރިހާ ކުދިންތަކަކީވެސް ތަފާތު ފުޓުބޯޅައިގެ ހުނަރު ލިބިފައި ތިބި ކުދިންނެވެ . އެކުދިންގެ ކުޅުން ގާތުން ދުށް މީހެއްގެ ހައިސައްޔަތުން ބުނެވޭނީ އެކުދިން ދަނީ ފުޓުބޯޅަ ކުޅޭހިތުން ކުޅެންކަމަށެވެ.އެކުދިން މާޔޫސްވެފައި ތިބެނީ ފުޓުބޯޅައިގެ އިތުރު ފުރަސަތު ރަށުގައި ތިބެގެން ލިބެން ނެތުމުންނެވެ.ކުޅެން ކިތަންމެ ބޭނުންވިޔަސް ދިމާ ވާ ދަތިތައް އެހާގިއެވެ، މިކުދިންގެ ޝަކުވާއަކީ އެކުދިން ކުޅެން ރަގަޅު ދަނޑެއް ލިބިފައި ނެތް ވާހަކެއެވެ.މީދޫގެ ރަސްމީ ފުޓުބޯޅަ ޓީމުގައި މިހާރު ތިބި ކުޅުންތެރިން ރިޓަޔަރ ވާންވާއިރަށް މިހާރު ދަނޑުމަތިން މިފެންނަ ހުނަރު ވެރި ކުދިން މީދޫގެ ރަސްމީ ޓީމަށް ފައްކާ ކުރަން އެބަޖެހެއެވެ. މިކަން ކުރުމަށް މިކުދިން ޝައުގު ވެރިވާ މުބާރާތްތައް ބާއްވައި ، ފުޓުބޯޅަ ކުޅުމަށް ބޭނުންވާ ތަކެތި ހޯދައި ދީގެން މިކުދިން މިކަމަށް ތައްޔާރު ކުރަން ވީއެވެ. އޭރުން މީދޫގައި ގެއްލިފައި އޮތް ފުޓު ބޯޅަ ފޯރި ގަދަކޮށްލަށް މަގުފަހިވާނެއެވެ.މިކަން ކުރުމަކީ ފަސޭހަކަމެއްނޫނެވެ. ގިނަ ވަގުތާއި ފައިސާ ބޭނުންވާނެ ކަމެކެވެ. މިހާރުވެސް ގިނަ ތަރިން އުފައްދަން އެކަށީގެން ވާ މުއްދަތު ލިބި އެކަން ވަނީ ބޭކާރު ވެފައެވެ.  އިތުރަށް ފުޓުބޯޅަ ފޯރި ގަދަކުރުމަށް ރަށުގެ ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ އެންމެން ގުޅިގެން ތުއްތު ކުދިންނަށް ފުޓުބޯޅަ އުގަންނައިދޭން ވީ އެވެ. މީދޫގެ ފުޓުބޯޅަ އާ ހަރުފަތަކަށް ގެންގޮސްގެން މީދޫގައި މޮޅެތި ކުޅުންތެރިން އުފެއްދިދާނެއވެ. މިގޮތުން ފުޓުބޯޅަ ކުޅެން ރެކްރޫޓް ކުރާ ޔަންގު ޖެނެރޭޝަން އަށް ރާއްޖެއާއި ބައިންލްއަގްވަމީ ފެންވަރުގައި ފިޔަޖަހާ ލެވޭ ފެންވަރު ތަރިން ނަށް ވެވޭނެ ކަމާއި މެދު ޝައްކެއްނެތެވެ. ކެއްތެރިކަމާއި ސަބިތުކަމާއި އެކު މަސައްކަތް ކޮށް ފިނަމަ ކޮންމެ ކަމެއްވެސް ހާސިލް  ކުރެވޭނެއެވެ.

ޚިޔާލު

Trackbacks