Live News From Hulhumeedhoo, Addu City

ގޫގުލް މެޕްސް ބޭނުން ކޮށްގެން 23 އަހަރު ފަހުން ޗައިނާގެ ޒުވާނަކު އޭނާގެ މައިންބަފައިގެ ހޯދައިފި.

 

ލުއޯ ޖަންގެ އޭނާގެ އުމުރުން އެންމެ ފަސްއަހަރުގައި އާއިލާ އާއި ވަކިވާން ޖެހުނީ އޭނަ ސްކޫލަށްދަނިކޮށް، ޗައިނާގައި ކުދިން ވަގަށް ނަގާ ބަޔަކު އޭނާ ވަގަށް ނެގުމުންނެއެވެ. ޗައިނާގެ ސިޗުއާން ޕްރްވިންސް ގެ ސްކޫލް ކައިރިން ލުއޯ ވަގަށް ނެގި މީހުން އޭނާ ގެންގޮސް ވިއްކާލާފައި ވަނީ އެތައް ސަތޭކަ މޭލެއް ދުރުގައި ވާ ފުޖިއަން ޕްރްވިންސް ގެ، ކުދިން އެޑަޕްޓް ކުރަން ބޭނުން ވެފައި ތިބި ބަޔަކަށެއެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގައި، އާއިލާ މީހުން ގެއްލިއްޖެ ނަމަ ހޯދުން ވެފައި އޮންނަނީ ވަރަށް އުނދަގޫ ކަމަކަށެއެވެ. ލުއޯ ޗައިނާގެ ނޫހަކަށް ދީފައިވާ އިންޓަވިއުގައި އޭނާ ބުނެފައިވަނީ އޭނާ އަށް އޭނާގެ މައިންބަފައިން ގެއްލުނު ދުވަހުން ފެށިގެން ވެސް، ކޮންމެ ރެއަކު ނިދުމުގެ ކުރިން އޭނާ އެނާގެ އަމިއްލަ ގޭގައި އުޅުނު ދުވަސް ތަކުގެ މަތިން ހަނދާން އާކުރާ ކަމަށެއެވެ. އަދި އަބަދުވެސް ހުންނަނީ އޭނާގެ އަމިއްލަ ވަޒަނަށް ދެވޭނެ ދުވަހަކަށް އިންތިޒާރު ކޮށްގެން ކަމަށެއެވެ. ލުއޯ ބުނެފައިވާ ގޮތިުގައި އޭނާގެ އަމިއްލަ ވަޒަނުން އޭނާ އަށް އިގެނީ އެތަނުގައި ދެ ބްރިޖް އެއް އޮންނަކަން އެކަންޏެއެވެ. އެނުން އެހެންތަނެއް ހަނދާނެއް ނުހުރެއެވެ.

ލުއޯ ވަނީ ޗައިނާގައި އާއިލާތައް ގުޅުވައިދީ ގެއްލިފައިވާ ކުދިންނާއި އާއިލާތަކަށް މައުލޫމާތު ހިއްސާ ކުރުމަށް ހަދާފައިވަ ވެބްސައިޓެއްގައި އޭނާގެ މައުލޫމާތު ހިއްސާ ކޮށްފައެވެ. ލުއޯ އަށް އޭނާގެ ވަޒަނަކީ ކިޔާނަމެއް ނޭގެއެވެ. ނަމަވެސް އެ ވެބްސައިޓްގައި ލުއޯ ހިއްސާކުރި މައުލޫމާތަށް ސިޗުއާން ޕްރްވިންސް ގެ އާއިލާއަކުން އެމީހުންގެ ދަރިފުޅު ގެއްލިގެން އުޅޭތާ 23 އަހަރުވެފައިވާ ކަމަށް ލުއޯ އަށް ޖަވާބު ދީފައިވެއެވެ.

ލުއޯ ދެން އޭނާގެ ވަޒަން ހޯދުމުގެ މަސައްކަތް ފެށީ ގޫގްލް މެޕްސް އިންނެއެވެ. އެގޮތުން އޭނާގެ ކުޑައިރުގެ ހަނދާންނުން ފޮހެވިގެން ނުގޮސް ހުރި ބްރޮޖް ފެނޭތޯ އޭނަ މަސައްކަތް ކުރިއެވެ. އެގޮތުން އޭނާ އަށް، ގޫގްލް މެޕްސް އިން ދެ ބްރިޖް ފެނުމުމުން އެއީ އޭނާގެ ވަޒަން ކަން ލުއޯ އަށް ޔަގީން ކުރެވުނެއެވެ. އެ ދެ ބްރިޖް އޮތީ ސިޗުއާން ޕްރްވިންސްގައި ކަމަށް ވެފައި އޭނާ އަށް ކުރިން ވެބްސައިޓް އިން ލިބުނުމައުލޫމާތުން ލުއޯ އަށް ވަނީ އޭނާގެ ވަޒަނާއި މައިންބަފައިން ހޯދިފައެވެ.

ޗައިނާގައި މީހުން ވަގަށް ނެގުމަކީ ވަރަށް ގިނައިން ހިނގާ ކަމެކެއެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނެއެވެ. ޗައިނާގައި އަހަރެއްގެ މައްޗަށް 76000 ވުރެން ގިނައާއިލާތަކަށް އެމީހުންގެ ކުދިން ގެއްލިގެން ރިޕޯރޓް ކުރާކަމަށް ޗައިނާގެ ނޫހެއްގައި ބުނެފައިވެއެވެ. މިގޮތަށް ވަގަށްނަގާ ކުދިން ވިއްކާލަނީ ކުދިން ބޭނުންވެފައި ތިބޭ އާއިލާތަކަށެއެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.