Live News From Hulhumeedhoo, Addu City

ވައިފައި ރައުޓަރގެ ޕާސްވޯރޑް ބަދަލު ކުރައްވާ

ރާއްޖޭގައި މިހާރަކަށް އައިސް ގިނަ ގޭބިސީ ތަކުގައި އިންޓަނެޓް ބޭނުން ކުރަނީ ވައިފައި ކޮށްގެންނެއެވެ. ބައެއް ގޭގޭގައި ސެކިއަރ ކޮށް ވައިފައި ހުންނައިރު ބައެއް މީހުން ފަސޭހައަކަށް ވައިފައި ޕާސް އެއް ބޭނުން ނުކުރެއެވެ. ސެކިއަރ ކޮށް ވައިފައި ހުއްޓަސް އެ ޕާސް ފަޅާލާ އެ ގެއަކުން ދޫކޮށްފައި ހުންނަ ވައިފައި ބެނުން ކުރުމަކީ މިހާރު މާ އުނދަގޫ ކަމެއް ނޫނެއެވެ. ހެކަރުން ވަނީ އެފަދަ ކަންތައް ކުރުމަށް ހާއްސަ ސޮފްޓްވެއަރ ތައް އިންޓަރނެޓް އަށް ދޫކޮށްލާފައެވެ. އެހެންކަމުން ކޮންމެ މީހަކަށް ވެސް އެފަދަ ސްފްޓްވެއަރ އެއް ބޭނުން ކޮށްގެން ވައިފައި ޕާސް ފަޅާ ލެވިދާނެއެވެ. ވީމާ އެންމެ ބުއްދިވެރި ގޮތަކީ ވައިފައި ޕާސްވެސް މަހަކު އެއްފަހަރު ނަމަވެސް ބަދަލު ކުރުމެއެވެ.

ވައިފައި ޕާސް ގެ އިތުރުން ވައިފައި ރައުޓަރުގައި ވެސް ވަކި ޔޫޒާނޭމް އަކާއި ޕާސްވޯޑެއް ހުންނާނެއެވެ. އެކިވައްތަރުގެ ރައުޓަރ ތައް ހުއްޓަސް އޭގައި ގިނަފަހަރު ޑިފައުލްޓް ޕާސްވޯޑަކާއި ޔޫޒަރ ނޭމް އެއްގޮތްވާނެއެވެ. ގިނަފަހަރު ހުންނާނީ ޔޫޒަރނޭމް އަކަށް admin ނުވަތަ administrator އެވެ. ޕާސްވޯޑަކަށް ހުންނާނީ password ނުވަތަ admin އެވެ. އެހެންކަމުން ވައިފައި ޕާސް ފަޅާލުމުން ކޮންމެ މީހަކަށް ވެސް ރައުޓަރަށް ވަދެ އެއާ ކުޅެލެވިދާނެއެވެ. އެގޮތުން ބައެއްފަހަރު އޭގެ ވެރިފަރާތަށް އިންޓަނެޓް ނުލިބި ‘ވަގުން’ އޭގެ ބޭނުން ކުރާފަހަުވެސް އާދެއެވެ. ރައުޓަރަށް ވަދެވުމުން އެ ރައުޓަރާ ވައިފައި ކޮށް ގުޅިފައިވާ، ނުވަތަ ކޭބަލް ބޭނުން ކޮށްގެން ގުޅިފައިވާ ކޮމްޕިއުޓަރު ތަކަށް ވަދެ އޭގައި ހުންނަ ފައިލްތަކާއި ފޮޓޯ ފަދަ ތަކެތި ވަގަށް ނެގުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެއެވެ.

އެހެން ކަމުން ކޮންމެ ރައުޓަރެއްގެ ވެސް ޕާސްވޯރޑް ބަދަލު ކޮށްފައި ބެހެއްޓުމުން، މީހަކު ވައިފައި ޕާސް ފަޅާލިޔަސް އިތުރު އެހެން އެޗަކަށް ގެލުމެއްދީ ނުވަތަ ވަގަށް ނަގުމުގެ ފުރުސަތު ކުޑަ ވާނެެއެވެ.

ރައުޓަރުގެ ޕާސްވޯޑް ބަދަލު ކުރުމަށް، އިންޓަރނެޓް ބްރައުޒާ ގައި 192.168.0.1 ނުވަތަ 192.168.1.1 ޖެއްސެވުނުން ޔޫޒާރނޭމް އާއި ޕާސްވޯރޑް ޖަހަން އަންނާނެއެވެ. ޔޫޒަރނޭމް އާއި ޕާސްވޯރޑް ޖެއްސްވުމުން އެއަށް ވަދެވޭނެ އެވެ. ދެން އޭގެގައި ހުންނަ ޓްބްތަކުން ސެޓިން އަށް ވަންނަވާށެއެވެ. ސެޓިންގެ ތެރެއިން ސިސްޓަމް ނުވަތަ ރައުޓަރ ސެޓިން ހޯއްދަވާށެއެވެ. އޭރުން ކުރީގެ ޕާސްވޯރޑް ބަދަލު ކުރާތަން ފެންނާނެއެވެ.

ނޫނީ ރައުޓަރުގެ ފަހަތުގައި އޭގެ މޮޑެލް ޖަހާގައިވާނެއެވެ. ގޫގްލް ސަރޗްގައި މޮޑެލް ޖަހާފައި change default password ޖަހާފައި ސާރޗް ކުރުމުން ޕާސްވޯރޑް ބަދަލު ކުރާނެގެ ގޮތް ބުނެދީފައި ހުންނަ ލިޔުންތައް ފެންނާނެއެވެ.

ޚިޔާލު

  • ޖޭމްސް ގެ ޚިޔާލަކީ:

    ވަރަށް މުހިންމު މަޢުލޫމާތުކޮޅެއް. ޝުކުރިއްޔާ މީދޫލައިވަށް.

  • Ismail ގެ ޚިޔާލަކީ:

    Thank u

Trackbacks