Live News From Hulhumeedhoo, Addu City

ރެސިޕީ: ޗިކަން ސަލަޑް ހައްދަވާނެ ގޮތް

ބޭނުންވާނެތަކެތި:

2 ޖޯޑު ކުކުޅު މަސް (ކުދި ކޮށް ކޮށާފައި ލޮނުކޮޅެއްލައިގެން ފެނު ކައްކާފައި)

ކުޅިރަހަދޭ ވަރަށް ގިތެޔޮ މިރުސްކޮޅެއް

5 ޒައިތޫނި (އޮލިވްސް، ފެހި) ކުދި ކޮށް ކޮށާފައި

1 ފިޔާ (ކުދިކޮށް ކޮށާފައި)

1 ފެހި އާފަލު (އޮށްނެގުމަށްފަހު ކުދި ކިޔުބްވާ ގޮތަށް ކޮށާފައި)

3 ފަތް ލެޓިއުސް (ކުދި ކިޔުބްވާ ގޮތަށް ކޮށާފައި)

5 މޭޒުމަތީ ސަމުސާ މަޔޮނައިޒް

1 މޭޒުމަތީ ސަމުސާ މާމުއި

2 ސައިސަމުސާ ލުނބޯ ހުތް

ލޮނު އަދި އަސޭމިރުސް (ރަހަ ދޭ ވަރަށް)

ތައްޔާރުކުރައްވާނެ ގޮތް:

ސަލަޑް ކްރީމް ތައްޔާރު ކުރެއްވުމަށް ތަށްޓަކަށް މަޔޮނައިޒް، މާމުއި، ލުނބޯހުތް، ލޮނު އަދި އަސޭމިރުސް ރަގަޅަށް މިކްސް ކުރައްވާށެވެ.

ބާކީ ހުރި ތަކެތި ވަކިން ތައްޓަކަށް އަޅާ ހުރިހާ އެއްޗެއް އެއްކޮށްލައްވާށެވެ. އަދި ކުރިން ތައްޔާރުކުރެއްވި ކްރީމް އޭގެ ތެރެއަށް އެޅުމަށްފަހު ރަގަޅަށް އެއްކޮށްލައްވާށެވެ.

މިއީ ވެސް ތިޔަބޭފުޅުންގެ ސުފުރާ ފަޅުފިލުވާލަން ވަރަށް ރަނގަޅު އެއްޗަކަށް ވާނެކަން ޔަގީނެވެ. އިންސާފުކޮށްލައްވާށެވެ.


މިލިޔުމާ ގުޅޭ އިތުރު ލިޔުންތައް:

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.