Live News From Hulhumeedhoo, Addu City

ވަހީދުގެ ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކަކީ އެމްޑީޕީ އިން ފަށާފައިވާ މަޝްރޫއުތަކެއްނޫން: ގާސިމް

ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކަކީ އެމްޑީޕީން ފަށާފައިވާ މަޝްރޫއުތަކެއް ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބުރާހީމު ވިދާޅުވެއްޖެއެވެ.

އުތުރުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ށ.ގޮއިދޫގައި ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ މަޖިލީހުގެ އެމްޑީޕީ މެންބަރުން ވޯޓު ނުދޭ ބަޖެޓަކުން ރައްޔިތުންނަށް ކޮށްދެމުންދާ ކަންތައްތަކަކީ އެމީހުން ފަށާފައިވާ މަސައްކަތްތަކެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދުއާއި އެމްޑީޕީން ދައްކަމުން ގެންދާ ވާހަކަތަކަކީ ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ. އެމްޑީޕީގެ މިފަދަ އަމަލުތަކުން ދޭހަވަނީ އެމީހުން ބޭނުންވަނީ ބާރުތައް ކަމަށާއި، މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީގެ މަޖިލީސް މެންބަރުން އިތުރު ދައުރަކަށް ދެން ރައްޔިތުން ނުހޮވާނެ ކަމަށެވެ.

ރައީސް ނަޝީދުއަކީ ގައުމުގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ ބައިބައި ކުރާ ވެރިއެއް ކަމަށް ވެސް ގާސީމު ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިހާބު ތަކުގައި ވޯޓް ދޭއިރު ވިސްނަންވީ ރައްޔިތުން ބައިބައި ނުކޮށް ތަރައްގީއަށް އިސްކަންދޭ ފަރާތަކަށް ވޯޓް ދިނުމަށް ކަމަށް ވެސް ގާސިމު ވިދާޅުވިއެވެ. އަދި ވޯޓު ދިނުމުގައި އިސްލާމްދީނާ އިސްތިގުލާލު ދަމަހައްޓާނެ ބަޔަކަށް އިސްކަން ދިނުމަށް ވެސް ގާސިމު ގޮވާލެއްވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި މެޑިކަލް ލެބޯޓްރީއަކާއި ހިނަވާ ގެއެއް އަޅުއްވައިދެއްވާނެ ކަމަށެވެ.


މިލިޔުމާ ގުޅޭ އިތުރު ލިޔުންތައް:

ޚިޔާލު

  • ZIYAA ގެ ޚިޔާލަކީ:

    ގާސިމް އިބުރާހިމް ވިދާޅުވީ ތެދުފުޅެއް ނަޝީދުގެ ވެރިކަމުގައި ފެށި އެއްވެެެެެސް ޕްރޮޖެކްޓެއް ޑރ.ވަހީދު ފަށާފަކާއެއް ނޯންނާނެ ޑރ.ވާހީދު ހުޅުވާދެއްވާފައި ވާނީވެސް ޑރ.ވަޙީދުގެ ސަރުކާރުން ފައިސާ ހަރަދު ކޮއްފައިވާ ތަންތަން ގ.ކެނެރީގޭ ނަޝީދު ބެލީ ރައްޖެ ދަރުވައިގެންވެސް އެބުނާ ކަންމަތި ފިހާރައިގެ ދަރަނި އަދާކުރެވޭތޯ އެކަން ކުރެވުނު ބިންގާ އެޅުނުތަންތަނައި އެޅިފައި ހުރި ކޮންމެ އިމާރާތަކަށްވެސް ފައިސާ ދެއްކީ ޑރ.ވަހީދު މީހަގީގަތް

Trackbacks