Live News From Hulhumeedhoo, Addu City

އައްޑޫ ސިޓީ ކައުންސިލްއަށާއި މާލޭ ސިޓީ ކައުންސިލް އަށް ރައީސް ވަހީދު ފާޑުވިދާޅުވެއްޖެ

ދައުލަތުގެ ފައިސާއިން މުސާރަ ނަގައިގެން، ގޮތްދޫނުކޮށް ތިބޭތިބުން ރައްޔިތުން ބަލާނުގަންނާނެ ކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލަށާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.ވަހީދުގެ ގައުމީ އިއްތިދު ޕާޓީއާއެކު ކޯލިޝަންހެދި ޕާޓީތަކާއެކު އެކޯލިޝަނުން ފުރަތަމަ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ސިޔާސީ ސަބަބު ތަކަކަށްޓަކައި އެދެ ސިޓީގެ ރައްޔިތުންނަށް ދޭންޖެހޭ މުހިއްމު ހިދަމަތްތައް ނުދީތިބި ކަމަށެވެ.

ފުރިހަމައަށް މަސައްކަތް ނުކުރާ ސިޔާސީ ނިޒާމެއް ތަންފީޒު ކުރުމަށްކުރާ މަސައްކަތުގައި މިއަދު މިފެންނަނީ އެކިއެކި މުއައްސަސާތައް ތާށިވެގެން އުޅޭތަން ކަމަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ވެގެންނުދާތަން ފެންނަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިސާލު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ދެ ސިޓީގައި ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަށް ކަންކަން ކުރެވެމުން ނުދާކަން މިއަދު ހިތާމައާއިއެކު ފާހަގަކުރަންޖެހޭ ކަމަށާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއްކަން ކަނޑައެޅިފައިވާއިރު، މާލެއާއި އައްޑޫ ސިޓީގައި އެކަން ހިނގަނީ ފެޑްރަލް ދައުލަތެއްގައި ކަންކަން ހިނގާ އުސޫލުން ކަމަށެވެ.

“ދައުލަތުގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ އޭނާގެ ގައުމީ ބާރުތައް ގަބޫލުނުކުރާނެ ކަމަށްބުނެ ސަރުކާރުން ބޭރުވެތިބެ މާލެއަށާއި އައްޑޫސީޓީއަށް ދޭންޖެހޭ މުހިއްމު ހިދްމަތްތައް ނުދީ ދައުލަތުގެ ފައިސާއިން މުސާރަ ނަގައިގެން ތިބޭބަޔަކު ސިޔާސީ ސަބަބުތަކަކަށްޓަކައި ގޮތްދޫނުކޮށް ތިބޭތިބުން ރައްޔިތުން މިއަދު ބަލައެއް ނުގަންނާނެ،” އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ވަހީދަށް ތާއިދުކުރައްވާ ފަރާތްތަކާއެކު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވަހީދު ވިދާޅުވިއެވެ.

ގާނޫނުއަސާސީގައި ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއްކަން ކަނޑައެޅިފައިވާއިރު، މާލެއާއި އައްޑޫ ސިޓީގައި އެކަން ހިނގަނީ ފެޑްރަލް ދައުލަތެއްގައި ކަންކަން ހިނގާ އުސޫލުންކަމަށް ވިދާޅުވެ، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ދެކައުންސިލަށް، ރައީސް ވަހީދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.


މިލިޔުމާ ގުޅޭ އިތުރު ލިޔުންތައް: ,

ޚިޔާލު

  • ސޭބު ގެ ޚިޔާލަކީ:

    ދައުލަތުގެ ފައިސާއިން މުސާރަ ނަގައިގެން،ބަޢާވާތް ކޮށް ގޮތްދޫނުކޮށް ތިބޭތިބުން ރައްޔިތުން ބަލާނުގަންނާނެ ،

Trackbacks