Live News From Hulhumeedhoo, Addu City

ބެސްޓްލައިން ބޯޓް ގިރިއަކަށް އަރައިގެން ކޯސްޓްގާޑުން އެހީތެރިވެއްޖެ

އައްޑޫއިން ފުރައިގެން މާލެ ދާން ދަތުރުކުރި ސ.މީދޫ “ބެސްޓް ލައިން ބޯޓް ގިރިއަކަށް އަރައިގެން އެ ބޯޓަށް އެހީތެރިކަންފޯރުކޮށްދިނުމުގެ ގޮތުން ކޯސްޓްގާޑުން އެހީތެރިވެއްޖެއެވެ

ކޯސްޓްގާޑަށް ހުސްވިމަހުގެ 25 ވަނަ ދުވަހުގެރޭ  މި ބޯޓު ކ.ގުޅީގެ ހުޅަނގު އުތުރުން 5 ނޯޓިކަލް މޭލުންގިރިއަކަށް އަރައިގެން އުޅޭ ކަމުގެމައުލޫމާތު ލިބުމުން އެ ބޯޓަށްއެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާބަރ ކްރާފްޓް 113 ލޯންޗް އެސަރަހައްދަށް ފޮނުވާ އެ ބޯޓަށް އެހީތެރިކަން ދީފައިވެއެވެ.

މިގޮތުން ބޯޓުގެ ވެރިފަރާތުން ގެނައި އުޅަނދަކަށް މުދާ ހުސްކުރުމުގައިއާއި ބޯޓު ފުންކުރުމުގައި ބޯޓުގެ ވެރިފަރާތާއި ގުޅިގެން ކޯސްޓްގާޑުން ވަނީމަސައްކަތްކޮށްފައެވެ.

މިގޮތުން ކުރެވުނު މަސައްކަތުން ބޯޓު ފުންކުރެވިފައިވަނީ މިމަހުގެ 25 ވަނަ ވަހުގެރޭ 00:47 ހާއިރުއެވެ.

މުޅިއެކު 38 އަށް މީހުން ތިބި މި ބޯޓުގައި 4 އަންހުންނާއި، 2 ކުޑަކުދިންނާއި، 24 ފިރިހެނުން އަދި 8 ފަޅުވެރިން ހިމެނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.