Live News From Hulhumeedhoo, Addu City

ރިލްވާނު ވަގަށް ނެގި މައްސަލައިގެ ތަހުގީގު ހުއްޓައެއް ނުލަން، ތަހުގީގު ދަނީ ކުރިއަށް: ފުލުހުން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލައިގެ ތަހުގީގު ހުއްޓާނުލާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އާތިފް ވިދާޅުވީ ރިލްވާނުގެ މައްސަލައިގެ ތަހުގީގު ހުއްޓާނުލާ ކަމަށެވެ. އަދި އެ މައްސަލައަކީ މިހާރު ވެސް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަަމަށް އޭނާ ވިދާޅުވި އެވެ.


ރިލްވާނު ވަގަށް ނެގި މައްސަލައިގެ ތަހުގީގު ހުއްޓާނުލާ ކަމަށް ފުލުހުން ބުނާއިރު، އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަންދުގައި މިހާރު އެއްވެސް މީހަކު ނެތެވެ.

ރިލްވާނު ވަގަށް ނެގި މައްސަލައިގެ ތަހުގީގު ހުއްޓައެއް ނުލަން، ތަހުގީގު ދަނީ ކުރިއަށް: ފުލުހުން

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.