Live News From Hulhumeedhoo, Addu City

މިއީ އަހަރެމެންގެ ފަހަރު: ބާކީ 14 ދުވަސް

މިދުވަސްވަރަކީ ރިޔާސީ އިންތިޚާބުގެ ކެންޕޭނުގެ އެއްމެ ފޯރިގަދަ ދުވަސްވަރެވެ. އަޅުގަޑުމެންގެ މިރަށުގައިވެސް މިކެންޕޭނުގެ ފޯރި ވަކި ކުޑައެއްނޫނެވެ. ހުރިހާދިމާލަކުންވެސް ފެންނަނީ ކެންޕޭނުގެ އަސަރުތަކެވެ. ދިދަތަކާއި ޕޯސްޓަރުތަކެވެ. ސްޓިކާތަކާއި ލީފްލެޓްތަކެވެ. އެއް ކެންޑިޑޭޓުގެ ޕޯސްޓަރު މައްޗަށް އަނެއް ކެންޑިޑޭޓްގެ ޕޯސްޓަރު އަރަމުންދާ މަންޒަރެވެ. ފައިސާ ބެހުމާއި ލިބިގަތުމުގެ ހިކްމަތްތެރިކަމެވެ. ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ކުރެވޭ ހޫނު ޒުވާބުތަކެވެ. ވަކި ފަރުދެއްގެ އަގު ވަށްޓާލުމުގެ ބޭނުމުގައި ރަށުގެ ރައްޔިތުންގެ ނަމުގައި ރާއްޖޭގެ ބޮޑެތި މީޑިއާތަކަށް އިންޓަވިއު ދީފައިހުންނަ މަންޒަރުތަކެވެ. އާދެ އެއީ މިންވަންކަން އެހެންނޫންތޯއެވެ. މި ލިބުނު މިނިވަންކަމުގައި ނާތަހުޒީބު ސިފައެއް ހުރިނަމަ އެސިފައެއްވެސް ޒަމާނާއެކު ތަހުޒީބުވެ ނެތިގެން ހިނގައިދާނެތާއެވެ. އަޅާނުލަށްވާށެވެ.

އާދެ! ކުރިން މިދެންނެވި ކަންތައްތަކަށް ވިސްނާލާއިރު ޔަގީންވެ ކަށަވަރުވާ އެއްކަމަކީ މިފަހަރު ބާއްވަން މިއުޅޭ އިންތިޚާބަކީ ތާރީޚީ އިންތިޚާބެއްކަމެވެ. ޖުމްލަ 6 ބޭފުޅުން ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް ވާދަކުރަށްވާ މިއިންތިޚާބަކީ ދިވެހިން މީގެ ކުރިން ދުވަހަކުވެސް ދެކެފައިނުވާފަދަ މިނިވަން (ފައިސާއާއި ޚަބަރުފަތުރާ ވަސީލަތްތަކުގެ ނުފޫޒު ބޮޑު) އިންތިޚާބެކެވެ. މީގެ އިތުރުން ބަދަލަކަށް އެދިއެދި ތިއްބާ ކުރިމަތިވި އިންތިޚާބެކެވެ. ރައީސްކަމުގެ މަޤާމަށް ވާދަކުރަށްވާ ހުރިހާ ކެންޑިޑޭޓުންވެސް މިދެންނެވި ނުފޫޒުތަކުގެ އިތުރުން ބަދަލަކަށް ބޭނުންވެފަވާ މިވަގުތުގެ ބޭނުންކުރަށްވަމުން އެބަދެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. “މިނިވަން” އިންތިޚާބެއް ކާމިޔާބުކުރުމަށްޓަކައި ތިން (ތިނެއް) M އެކުވާން ޖެހެއެވެ. އެއީ Momentum, Media, Money  އެވެ. މިދެންނެވި ތިން M  ގެތެރެއިން މޮމެންޓަމް މިއޮތީ ހައްދުފަހަނަޅައިދާ ހިސާބުގައެވެ. މައުމޫނު ފިޔަވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ހަމަހަމަގޮތެއްގައެވެ. މީޑިއާގެ ފުރުސަތު ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމައެކޭ ނުދެންނެވޭނެއެވެ. ދެންއޮތީ ފައިސާއެވެ. ފައިސާއަކީ ހަމަހަމަ ކުރެވޭނެ އެއްޗެއްނޫނެވެ. އެއީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ގިނައިއިން ޚަރަދުކުރާ ކެންޑިޑޭޓަކަށް އޮންނަ ފުރުސަތެކެވެ.

އިންތިޚާބެއް ކާމިޔާބުކުރާ ފަރާތާއެކުވާންޖެހޭ ތިން M ގެ ތެރެއިންވެސް ފައިސާ (money)  އަކީ މިރާއްޖޭގެ އިންތިޚާބުތަކުގައި އިސްރޯލެއް ކުޅެމުންއަންނަ އެއްޗެކެވެ. ކުރިން އަޅުގަޑު ލިޔެފައިވާ “ކުރީ ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް އަޅުގަނޑުމެންގެ ވޯޓް ވިއްކާލާނީހެއްޔެވެ؟”  ލިޔުމުގައިވެސް އަލިއަޅުވާލާފައިވާނެ ފަދައިން މިރާއްޖޭގެ ރަށްތަކަކީ އެރަށްތަކުގައި ދިރިއުޅޭ އިންސާނުންނަށް އެކަށީގެންވާ ގޮތެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވިފައިވާ ރަށްތަކެއް ނޫނެވެ. އެހެންކަމުން މިރަށްރަށަށް ޒިޔާރަތްކުރަށްވާ ކެންޑިޑޭޓުންނަށް އެއްމެ ފުރަތަމަވެސް ކުރިމަތިވާ ކަންތައްތަކަކީ ސްކޫލްގެ ގުރުއާން ޓީޗަރަށް އަމިއްލަ ޖީބުން މުސާރަ ދޭންޖެހުމެވެ. އަމިއްލައަށް ޚަރަދުކުރަށްވައިގެން ސިއްޚީ މަރުކަޒަށް ޑޮކްޓަރަކު ހޯއްދެވުމެވެ. މަދިރި ކޮންޓްރޯލްކުރުމަށްޓަކައި ފޮގް ސްޕްރޭ ކޮށްދިނުމެވެ. ނޫނީ ޒުވާނުން ކުޅިވަރުކުޅޭ ދަނޑުގައި ލައިޓް ޖަހައިދިނުމެވެ. ލިސްޓް އިތުރަށް ދިގުކުރާނެކަމެއް ނެތެވެ. ކެންޑިޑޭޓުން ހުށަހަޅާ މެނިފެސްޓޯއަކީ މިރަށްރަށުގެ ރައްޔިތުންނަށް އެހާ މުހިއްމު އެއްޗެއް ނޫނެވެ. ކެންޑިޑޭޓުންނަށް ޖެހޭނީ މިރަށްރަށުގެ ރައްޔިތުން ހުށަހަޅާ “އަސާސީ ޚިދުމަތުގެ މެނިފެސްޓޯ” އަށް ވަގުތުން ވަގުތަށް އަމަލުކުރާށެވެ. އެހެންނޫނީ ވޯޓެއް ނުލިބޭނެއެވެ. އާއެކެވެ. މިއީ އަހަރެމެންގެ ފަހަރެވެ.

ނޯޓް: އަޅުގަނޑުމެންގެ ރަށުންވެސް މެނިފެސްޓޯއެއް ހެދިއެވެ. އެމެނިފެސްޓޯއަށް ވީގޮތާއި އޭގެ ތަފްސީލް ވަރަށް އަވަހަށް ގެނެސްދޭނަމަވެ.

ޚިޔާލު

  • lucia mohamed ގެ ޚިޔާލަކީ:

    Shahid,

    Your great but we need to go to ” ANEEH RAAJE” so try to supportn us .
    Regards,
    lucia mohamed

  • ninetoo ގެ ޚިޔާލަކީ:

    hama beneveynei misitege aditorialah saabahaau.ekamaki gabool kerajehe hagigathaki meege 30aharas afirin vote dhini hama 100 parcent emihaka,ekamakiyas hama veykama neh.tharagy nivegen higa maigado mahsalaki koba kan dhirasa kera jeheni ferethama.mifaharas kithanme ginakama theverin husha helhiyas ekama niveyhe!sababaki rahgeyge hushihei rahyithunge yas veyhe hihusasthaka .ehves enah dhivehi rageyaka eyne kama neh.hama vote dheynei gaabil suvaan thaulyme meehunah dr hassan saeed.vote 4 him

Trackbacks