Live News From Hulhumeedhoo, Addu City

މިއީ އަހަރެމެންގެ ފަހަރު: ބާކީ 1 ދުވަސް

ރިޔާސީ އިންތިޚާބުގެ ވޯޓުލާން އެއްމެ ދުވަހަކަށް ވެފައިވާއިރު ރަށުތެރެއިން މިހާރު އިވެމުންދަނީ ވަރަށް ތަފާތު އަޑުތަކެވެ. ކެންޕޭނުގެ މާބޮޑު ކުލަވަރެއް ރަށުތެރެއިން ފެނިފައިނުވާ ޑީއާރުޕީގެ ކެންޑިޑޭޓް މައުމޫނު އަބްދުލް ޤައްޔޫމުގެ ސަޕޯޓް ރަށުގައި އިތުރުވަމުންދާ ވާހަކައެވެ. މައުމޫނުގެ ކެންޕޭނު ހަރަކާތްތައް ވަރަށް ސިއްރުވެރިގޮތެއްގައި ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދާވާހަކައެވެ.

މިވާހަކަތަކުގެ ހަގީގަތް ހޯދާލުމަށްޓަކައި ޑީއާރުޕީން މީދޫގައި ހަދާފައިވާ ކެންޕޭނު އޮފީހުގެ އެއްމެ އިސްވެރިޔާ ސ.މީދޫ ޕެރިސް އަބްދުﷲ އިބްރާހިމްއާއި މިއަދު ހެނދުނު އަޅުގަޑު ބައްދަލުކުރީމެވެ. އޭނާއާއި އަޅުގަޑުކުރީ އެއްމެ ސުވާލެކެވެ. މީދޫއިން ކިހާވަރެއްގެ ކާމިޔާބީއެއް މައުމޫނަށް ލިބިވަޑައިގަންނަވާނެތޯއެވެ؟ އޭނާ ދެއްވި ޖަވާބު ވަރަށް ކުރެވެ. “ހީވެސް ނުކުރާފަދަ ބޮޑު ކާމިޔާބީއެއް މައުމޫނަށް ލިބޭނެ” އަބްދުﷲ ވަރަށް ޔަގީންކަމާއެކު ޖަވާބުދިނެވެ. ކޮންމެއަކަސް އަބްދުﷲ ގެ މިޖަވާބާއި ގުޅުންހުރި ކަންތައްތަކެއްވެސް ރަށުތެރެއިން ފެންނަމުން އެބަދެއެވެ. ޑީއާރުޕީގެ ސިއްރު ކެންޕޭނުގައި ފައިސާގެ ރޯލްވަރަށް ބޮޑުކަމަށާއި މިފައިސާ ޚަރަދުކުރަމުންގެންދަނީ އަބްދުﷲ ޔާމީނު ކަމަށް ރަށުތެރޭގައި ޚަބަރު ފެތުރިފައިވެއެވެ.

ޚިޔާލު

  • ninetoooooooo ގެ ޚިޔާލަކީ:

    kurige thajuribathakun mifaharo visnaathebe jehei.mifaharo maumoon kaminigosgen dhenas theboh 5 choice,anni kaminigosgennas thethibiya candidata hama vote laa.visnafei changaka hasan saeedah vote dhinnun muhinmu,sababaki ehves candidataka fainancial kerane gothuge thasfyl dhevifei neh.ekamunas egeni gaabil meehunnnaki dr hassan saeed and dr shaheed kan.mee mehaka benimei ,dhin laarigadaka dhey votaka nihadamaa higama

  • ހަބީބީހަބީބީ ގެ ޚިޔާލަކީ:

    މައުމޫނު އަކީ އަހެރެމެން ހޮވާފައިވާ މިޤައުމުގެ ރައީސެވެ. ހުޅުދޫ މީހުން ކަންތައްކުރި ފަދަ ހުތުރު ގޮތކަށް މީދޫ މީހުން ކަންތައް ނުކުރާށެވެ. އެކަމަކު މައުމޫނު އަށް ނޫނެކޭ ވިދާޅުވާށޭވެ.

  • m.v.n.s ގެ ޚިޔާލަކީ:

    mifaharo afirin maumoon hovaakah beynumannun.SAY NO TO MAUMOON

Trackbacks