Live News From Hulhumeedhoo, Addu City

އެއްވެސް ކަމެއް ފޭލިއެއް ވާ ނުވެއެވެ

14 ނޮވެމްބަރު 2008، ދެފުއްކެހެރި

މި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ހަވީރު ނޫހުގައި އަލިފުބާގެ އަކުރުތަކުގެ ފަހަތުގައި ހުންނަވައިގެން ލިޔުންތެރިޔަކު ލިޔުއްވި ލިއުމެއް އަޅުގަނޑު ކިޔާލީމެވެ. މައުމޫނު ޢަބްދުލް ޤައްޔޫމުގެ ޚުދުމުޚުތާރު ސަރުކާރަށް ސަނާ ކިޔުއްވަމުން ލިޔުއްވާފައި ވާ އެލިޔުން ކިޔަމުން ދިޔައިރު އަޅުގަނޑަށް ފާހަގަ ކުރެވުނު އެއްތަންކޮޅު އެލިޔުމުގައި އޮތެވެ. އެލިޔުން ކިޔަމުންދިޔައިރު ހިތުގައި ތަފާތު ޝުޢޫރުތައް އުފެދެމުން ދިޔައިރު މި ދަންނަވާ ތަންކޮޅު ކިޔާލުމުން އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުޢޫރުތައް އުތުރި އަރައިގެން ދިޔައެވެ. އޭގައި ލިޔުއްވާފައިވެއެވެ.

” ދެން އޮތީ އައްޑުއަތޮޅުގެ ތަރައްޤީއެވެ. ތަރައްޤީ ކުރުމަށް ގިނަގުނަ ހޭދަތަކެއް ކުރެވުނު ރާއްޖޭގައި އޮތް ހަމައެކަނި އަތޮޅަކީ އައްޑު އަތޮޅެވެ. ތެދުފުޅެކެވެ. ބައެއް މަސައްކަތްތައް ފެއިލް ވިއެވެ. އެކިއެކި ސަބަބުތަކާ ހުރެއެވެ. އޭގެ ތަފްޞީލަކަށް އަޅުގަނޑު ދާކަށް ނެތީމެވެ.”

ޙައިރާންވެ އަންތަރީސް ފަހެ ނުވޭތޯއެވެ. މައުމޫނުގެ ޚުދުމުޚުތާރު ސަރުކާރު ޙިމާޔަތް ކުރައްވައި ދިފާޢު ކުރުމަށް ކޮންމެފަހަރަކު ތިޔަބޭފުޅުން އައްޑު އަތޮޅޭ ކިޔާފައި ބުހުތާނު ވާހަކަ ތިޔަދައްކަވަނީ އައްޑު އަތޮޅުގެ ރައްޔިތުންނާއި ރާއްޖޭގެ އެހެން އަތޮޅުތަކުގެ މީހުންގެ މެދުގައި ޙަސަދައާއި ނަފުރަތު އުފައްދައި ބައިބައި ކުރުވަން ތޯއެވެ؟ “ދެވަނަ ވިސްނުމަކަށް: ދެވަނަ ވިސްނެވުމަކަށް” ވިސްނެވުނީ އެގޮތް ދެއްތޯއެވެ. އަލިފުބާގެ އަކުރު ތަކުގެ ފަހަތުގައި ހުންނަވައިގެން ތިޔަ ކުރައްވާ ބުރަ މަސައްކަތުން ވަރަށް ކާމިޔާބު ހޯއްދަވައިފިން ނޫންތޯއެވެ؟ ނ.ޢ.ޢ.ވ މިހުރިހާ އަކުރުތަކެއްގެ ލަޤަބުވެސް ލިބިވަޑައިގެންފި ނޫންތޯއެވެ؟ އަދިވެސް ފުދޭވަރު ނުވަނީތޯއެވެ؟ އަކުރުތައް މިއެޅެނީ ފޫނެތް ފަޔަކަށް ތޯއެވެ؟ އެހެންނާ ފަހެ މީހާރު ފުދޭވަރު ވެދާނެ ނޫންތޯއެވެ؟

އައްޑު އަތޮޅުގައި ކުރެވުނު ބައެއް މަސައްކަތްތައް ފެއިލްވިއޭ ވިދާޅުވާއިރު ފެއިލް ނުވަނީ ކޮންކަމެއްތޯއެވެ؟ ފެއިލް ނުވާ އެންމެ ކަމެއްވެސް އެބައޮތްތޯއެވެ؟ ތަފްޞީލަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވަނީ ތަފްޞީލު ދެއްވެން ނެތީމައި ނޫންތޯއެވެ؟ ތި ބޭފުޅާ ތަފްޞީލަށް ވަޑައިނުގަތަސް ތަފްޞީލަށް އަޅުގަނޑު ދާނަމެވެ.

ބަނދަރު ތަކުގެ ވާހަކައެވެ. އަތޮޅުގެ އެއްކޮޅުން އަނެއްކޮޅަށް، އަތޮޅުގެ ދެފަޅީގައި ވެސް ބަނދަރު ހަދައިދީފައި އޮންނާނެއޭ ވިދާޅުވާއިރު އަހަންތިބޭ މީހުންނަށް އެއީ ޙަޤީޤަތްހެން ހީވެދާނެއެވެ. މިއިން އެއްވެސް ބަނދަރެއްގެ ތޮށިގަނޑު ސަލާމަތުން އެބައޮތްތޯއެވެ. މި އަތޮޅުގެ އެއްވެސް ރަށެއްގައި ހަލާކުނުވާ، ރަނގަޅު ފެންވަރެއްގެ ބަނދަރެއް އެބައޮތްތޯއެވެ؟ ނެތެވެ. ގިނަ ބަނދަރުތަކުގައި އުޅަނދު ތަކަށް ތޮށިގަނޑާ ކައިރިއެއް ނުކުރެވެއެވެ. މިހެންގޮސް ބަނދަރުތަކުގެ ވާހަކަ ވެސް ދެއްކުމަށް ވުރެ ނުދެއްކިއްޔާ މާރަނގަޅުވާނެއެވެ. މަޝްހޫރު ސަރަޙައްދީ ބަނދަރުގެ ވަހަކައަކީ ވެސް އެންމެން ދަންނަ ޙަޤީޤަތެކެވެ. އެހެންވީމާ އެތަނުގެ ވާހަކަވެސް އިހަށް ބާއްވަމާ ހިނގާށެވެ. މި ބަނދަރުތައް ހެދުމުގެ މަސައްކަތް ކުރި ގޮތުން އަތޮޅުގެ ތިމާވެށި މުޅިން އޮތީ ހަލާކުވެފައެވެ. ދެންވެސް ވިދާޅުވާނީ ބަނދަރުތަކުގެ މަސައްކަތްތައް ވެސް އޮތީ ފެއިލް ނުވެއޭ ތޯއެވެ؟

ޞިއްޙީ ޚިދުމަތުގެ ވާހަކައެވެ. ހޮސްޕިޓަލުގައި ރަނގަޅު ފެންވަރުގެ ވަޞީލަތާއި ޑޮކްޓަރުން ނެތްތާނގައި ކޮންމެ 1000 މީހަކަށް އެނދެއްވެސް ނެތެވެ. އަޅުއްވައި ދެއްވާނެކަމަށް ވިދާޅުވި ހޮސްޕިޓަލް ކޮބައިތޯއެވެ؟ ކޮންމެ އަހަރަކު ބަޖެޓްގައި އެފައިސާ ނުހިމަނުއްވަމުތޯއެވެ؟  ދެންވެސް ވިދާޅުވާނީ ޞިއްޙީ ޚިދުމަތް ވެސް އޮތީ ފެއިލް ނުވެއޭ ތޯއެވެ؟

ތަޢުލީމީ ޚިދުމަތުގެ ވާހަކައެވެ. އަތޮޅު މަދަރުސާ އާއި އެނޫން ސްކޫލްތައް ވެސް ވީރާނާވެ ހަލާކުވަމުން ދާއިރު ކިޔަވައި ނުދެވޭ ޙާލުގައި މަރާމާތުވެސް ކޮށްނުލެވެއެވެ. އަމިއްލަ ސްކޫލްތައް ވެސް ސަރުކާރަށް ނަގައިގެން ކުރިން އެތަންތަން ހުރި ޙާލަތަށް ވުރެ ދަށްކޮށް ލައްވައިފީމު ނޫންތޯއެވެ؟ މަތީ ތަޢުލީމުގެ އެއްވެސް ފުރުޞަތެއް މި އަތޮޅުގައި ނެތެވެ. ކޮލެޖްގެ ކެމްޕަސް އެއް ހުރެޔޯލައެވެ. އެތަނުން ކުރަނީ ފަހެ ކޮންކަމެއްތޯއެވެ؟ ދެންވެސް ވިދާޅުވާނީ ތަޢުލީމީ ޚިދުމަތް ވެސް އޮތީ ފެއިލް ނުވެއޭ ތޯއެވެ؟

ދަތުރު ފަތުރުގެ ނިޒާމެއްގެ ވާހަކައެވެ. އަތޮޅުގެ ގިނަ ރަށްރަށް ގުޅިފައި އޮންނައިރު ބަސް ދަތުރުގެ ޚިދުމަތް ނުދެވޭ ޙާލުގައި ވަކިން އޮންނަ ދެރަށަށް ފެރީގަނޑެއްގެ ޚިދުމަތްވެސް ނުދެވެއެވެ.  ބައިންލް  އަޤްވާމީ އެއާޕޯޓެއް ވެސް ނަމެއްގައި ހުޅުވައިފިއެވެ. ކުރިން ދެމުން އައި ޚިދުމަތްތައްވެސް މިހާރު އެ އެއާޕޯޓުގައި ނުދެވެއެވެ. ދެންވެސް ވިދާޅުވާނީ ދަތުރުފަތުރުގެ ޚިދުމަތް ވެސް އޮތީ ފެއިލް ނުވެއޭ ތޯއެވެ؟

ފަތުރުވެރިކަން ވެސް ނަމެއްގައި ގެނެސް ދެއްވައިފިއެވެ. ރިޒޯޓެއް ވެސް ހައްދަވައި ދެއްވައިފީމުއެވެ. ފަތުރުވެރިއަކު އައުދޭތޯ ބަލާނެ ކަމެއްނެތެވެ. ދެންވެސް ވިދާޅުވާނީ އޮތީ ފެއިލް ނުވެއޭ ތޯއެވެ؟

މިހެންގޮސް ކިޔާނެކަމެއް ނެތެވެ. ކޮންމެ ކަމަކަށް ބަލައިލިޔަސް ޙަޤީޤަތަކީ މިއީއެވެ. އަޅުގަނޑަށް ވުރެ ތިޔައިގެ ތެރެއިން ގިނަބޭފުޅުންނަށް ކަމުގެ ހަޤީޤަތް މާބޮޑަށް އެނގިލައްވާނެއެވެ.

އަލިފުބާއެވެ. ހާށަވިޔަންޏެވެ. އޭބީސީޑީއެވެ. އެކެއްދޭއް ތިނެކެވެ. ތިޔަ ކުރައްވާ މަސައްކަތަށް ސާބަހެވެ. ފަށްފަށުން ސަލާމެވެ.

ހަވީރު އޮންލައިންގައި “އަލިފު” ލިޔުއްވާފައިވާ “ދެވަނަަވިސްނެވުމަކަށް” ވިދާޅުވުމަށް

ޚިޔާލު

  • shujar ގެ ޚިޔާލަކީ:

    hama 100ML ah saaaaaaaaaaaaaaaaaaaaabas

  • avatterieh ގެ ޚިޔާލަކީ:

    well done dhefukkeheri.but its better if u publish this article in HAVEERU DAILY.

  • jill ގެ ޚިޔާލަކީ:

    heheheh..this iz cool.especially the ending is great….
    ekam aharen adhi bunan beynunvaa ehvaahaka eboiy…eii maumoon konme kamehves namehgai namaves addu ah kohdheefai ebaoiy.. ehen gina rahrashah viyya evaruves kurevifa eh neh. eii ehen gina rahrashaai atholhu thakuge aabadhee kudakamun…ekamun varah rangalhah eba dheyhavey kuryge sarukaarun kantha kohdheynee kiriyaaves ekamakah roi aadheys kuraane gina bayaku thibi thanakah kan…
    balaga meeskolhu madhuviyas ginaviyas insaanun vaanee hama insaanunashehnu! insaanun viyya hurihaa enmenah hama hama koh dhiriulhumuge asaasee haqutha libidheven jeheyne

Trackbacks