Live News From Hulhumeedhoo, Addu City

ތުންތުންމަތިން: އެއްމެން ދަންނަ ބޮޑު ސިއްރު

ކުރީގެ ފައިބަރ ކޭބަލްނެޓް މިހާރުގެ އައިލެންޑް ޓީވީން މީދޫ އޮފީހަށް ފްރީކޮށް މަހުފީ ދައްކަން ނުޖެހޭގޮތަށް  ގުޅާދީފައިވާ ޑީކޯޑަރު މިދޫ އޮފީހުގެ ކަތީބަކު ގެއަށްގެންގޮސް ގޭގައި އޭތި ބަހައްޓައިގެން ބޭނުން ކުރަމުންދާކަމަށް ތުންތުން މަތިން ވާހަކަ ދެކެވެއެވެ. މިދެންނެވި ޑީކޯޑަރު އެގެއަށް ގެންގޮސްގެން ބޭނުން ކުރަމުންދަނީ އެގެއަށް ގުޅާފައިވާ ޑީކޯޑަރަށް މަހުފީ ނުދައްކައިގެން ޚިދުމަތް ކަޑާލާފައިވާތީކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޮފީހުގެ ޑީކޯޑަރު އެގެއަށް ގެންގޮސްގެން ބޭނުން ކުރަމުންދާތާ މީހާރު އަހަރެއް ވެދާނެ ކަމަށް ތުންތުންމަތިން ވާހަކަ ދެކެވެއެވެ.

މީދޫ އޮފީހުގެ ބޮޑުކަތީބެއްގެ މަގާމުގައި  ހުންނެވި ބޭފުޅާ ދިމާވި މައްސަލަތަކަކާ ގުޅިގެން ކަމާބެހޭ ފަރާތުން ވަނީ  2006 ނޮވެމްބަރ 4 ން ފެށިގެން  ގޭގައި މަޑުކުރުމަށް އަންގާފައެވެ. އެހެން ނަމަވެސް އެބޭފުޅާގެ ޚިދުމަތް  މީދޫ އޮފީހަށް ނުލިބުނަސް ކޮންމެމަހަކު މުސާރަޢާއި އެކިއެކި އެލަވަންސްތަކަށް  މީދޫ އޮފީހުން އެބޭފުޅާއަށް 7875.50ރ (ހަތްހާސް އަށްސަތޭކަ ހަތްދިހަފަސްރުފިޔާ ބައި) ދެވުންގެންދާކަމަށް ތުންތުން މަތިން ވާހަކަ ދެކެވެއެވެ.

މީދުއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުންދާ މީހާއަކީ ވަރަށް އަބުރުވެރި މީހެއްކަމަށް ހެދިގެން އުޅޭ މީދޫ މީހެއްކަމަށް ތުންތުން މަތިން ވާހަކަ ދެކެވެއެވެ.  މިދެންނެވިމީހާ މަސްތުވާތަކެތި ގެނެސްގެން އޭނައަށް  އިތުބާރު ހިފޭ ދެމީހަކާ ހަވާލްކޮށްގެން އެތަކެތީގެ ވިޔަފާރި  ފުޅާދާއިރާއެއްގައި ކުރަމުންދާކަމަށް ވާހަކަ ދެކެވޭއިރު އޭނަގެ އާއިލާގެ މެމްބަރެއްވެސް މަސްތުވާތަކެތި ބޭނުން ކުރަމުންދާތީ އެކަމާނުރުހިގެން އާއްމުންގެ ތެރޭގައި އެވާހަކަ އޭނާ ދައްކަމުން ދަނީ އާއްމުންނަށް މިވިޔަފާރިއަކީ އޭނާ ކުރުވާކަމެއް   ނޫންކަމަށް ދެއްކެން ވެގެން ކަމަށް ތުންތުން މަތިން ވާހަކަ ދެކެވެއެވެ. މިދެންނެވިމީހާ ރިޔާސީ އިންތިޚާބްގެ ދެވަނަ ބުރުގެ ވޯޓްލުން ބޭއްވުނު ދުވަހު މީދޫގައި ގިނަ އަދަދަކަށް މިއެއްޗެހިބަހާފައިވާކަމަށް ވެސް ތުންތުން މަތިން ވާހަކަ ދެކެވެއެވެ.

ސަދަން އެޓޯލްސް ޑިވޮލަޕްމަންޓް ޕްރޮޖެކްޓުން  ލިބުނު އެއްލަކަށް ރުފިޔާޢާއި މީދޫ އެކައުންޓުންނެގި ތިރީސްހާސްރުފިޔާ ދީގެން މީދޫ ކޮމިޓީގެ ނަމުގައި ގަނެފައިވާ ޕިކަޕް މީހަކާ ހަވާލްކޮށްގެން 5 އަހަރުވަންދެން ދުއްވިއިރު އެއަށް ލިބުނު އެންމެ ލޯލާރިއެއްވެސް މިހާރު ނެތްކަމަށް ތުންތުން މަތިން ވާހަކަ ދެކެވެއެވެ. ( މިޕިކަޕާއިބެހޭ ރިޕޯޓެއް ވަރަށް އަވަހަށް ގެނެސްދޭނެ ވާހަކަ ކިއުންތެރީންގެ މައުލޫމާތަށްޓަކައި ދެންނެވިން)

ނޯޓް:

“ތުންތުންމަތިން” ކޮލަމްގައި ހިމަނާފައިވާ ވާހަކަތަކަކީ މީދޫލައިވްގެ ކިޔުންތެރިން ފޮނުވާފައިވާ ލިޔުންތަކެވެ. މީދޫލައިވްއިން ދެކޭގޮތުގައި ރައްޔިތުންނާއި ގުޅޭކަންކަމުގައި އެ ރައްޔިތުން ފާޅުކުރާ ޝުޢޫރުތައް ހާމަކުރުމަކީ ނޫސްވެރިންގެ ޒިއްމާއެކެވެ. އެހެންކަމުން މިސަފްޙާގައި ހިމަނާފައިވާ ލިޔުންތައް ޢާއްމުކޮށް މިސައިޓްގައި ޝާޢިއުކޮށްފައިވާ ލިޔުންތަކާއި ތަފާތުވާނެއެވެ. އަދި މިލިޔުންތަކުގެ ސައްޚަކަމާއިމެދު ގޮތެއް ނިންމަވާނީވެސް ތިޔަބޭފުޅުންނެވެ.

ރައްޔިތުން ފާޅުކުރާ މިފަދަ ޝުޢޫރުތައް ހަޖަމް ނުކުރެއްވޭ ބޭފުޅުން މި ކޮލަމްގައިވާ ލިޔުންތައް ވިދާޅުވެ، އިސްވާކޯފާއެއްގެ ޒިންމާ މީދޫލައިވްއިން ނުއުފުލާނަމެވެ. މިލިޔުންތައް ވިދާޅުވެގެން އިސްވާކޯފާއެއް ލިޔުމުން ނޫނީ ބަހުން ރައްދުކުރެއްވިޔަސް ފަރުވާލެއްނެތެވެ. މީދޫލައިވްއިން ދެކޭގޮތުގައި ރައްޔިތުންނާއި ގުޅޭ ކަންކަމަށް ނުކުންނަ ނުވަތަ ނުކުމެފައިވާ މީހުންގެ ވާހަކަތައް ތަފާތުގޮތަކަށް އެބަޔަކަށް އިވިދާނެކަމަށް ގަބޫލުކުރަންވާނެއެވެ. އެހެންނޫނީ ތިބެންޖެހޭނީ އަމިއްލަ މީހެއްގެ ގޮތުގައި ރައްޔިތުންނާއި ގުޅޭކަންކަމުން ދުރުގައެވެ.

ޚިޔާލު

  • Doraaboo ގެ ޚިޔާލަކީ:

    THiyafadha kameh kuran kerynee Qawmee Baththeli akasheve. thiyafadha meehunnakee nimi dhiya sarukaaruge varah maqbool kan hoadhaafai vaa vaththerekeve.THiyaee kerey Jahilunneve.

  • meedhoo meehaa ގެ ޚިޔާލަކީ:

    thiyafada vaahakaei thinoohun haama kuran keruneetheeve shukuruverivam

  • shinco ގެ ޚިޔާލަކީ:

    a hama hageegah they adhi keraa vahkamnu hama kudhu minvarah thekahaluge kitheh kan forovigos thibey heh ekan thah balai dhirasaa kohfei mikahalei noohaki shaaairu keru a varah rangalha kamah kamah mah fenei

  • kujjege faraathun ގެ ޚިޔާލަކީ:

    mahuvai they hama haqeega vaa
    they hus haqeega

  • jada ގެ ޚިޔާލަކީ:

    Dnt hide d name cox some ppl still nt wake up

  • jada ގެ ޚިޔާލަކީ:

    DEAR d drug dealer mention here: I promise this will be the most ridiculous thing you’ve ever heard. Here goes: How about taking the summer off to see what it might be like around here without all the shooting and killing? Serious. How about a cease-fire? A little break could save lives, maybe even your own

Trackbacks