އަނެއްކާވެސް ޑްރަގުގެ ނުސާފުވައިން ޖައްވު ކިލަނބުވަނީއެވެ
ރަށުގައި ތިބި ޑްރަގު ބޭނުންކުރާ މީހުން ޑްރަގާއި ދުރުހެލިވެ، މުޖުތަމައު މި ނުރައްކާތެރި ވަބާއިން ސަލާމަތްކުރަން އުޅުމަށްފަހު އަނެއްކާވެސް އޭގެ ތެރެއިން ބަޔަކު މިވަނީ ޑްރަގުގެ ނުސާފު ވައިން ޖައްވު ކިލަނބުކުރަން ފަށާފައެވެ. މިކަން މިވަނީ ރަށުގެ ކުދިބޮޑު އެއްމެންނަށް އެނގޭ ބޮޑުސިއްރެއްގެ ގޮތުގައެވެ. މިކަމާއި ވާހަކަ ދައްކައި މިކަންކުރާ މީހުން ހަމަ މަގަށް އަޅުވާނެ މީހަކު ނެތެވެ. މިކަން ކުރާމީހުން އެއްމެންނަށް އެގޭއިރުވެސް އެކަން ހުއްޓުވުމަށް މަސައްކަތް ނުކޮށްތިބުމަކީ ޒިންމާދާރު ގޮތެއްނޫނެވެ.
އަޅުގަޑުމެންގެ ދަރިން ނޭވާލާ މިޖައްވު ޑްރަގުގެ ނުސާފުކަމުން ރައްކާތެރިކޮށް ސަލާމަތްކުރުމަކީ އަޅުގަޑުމެން އެއްމެންގެ ޒިންމާއެކެވެ. އެހެންކަމުން ޑްރަގުގެ ވިޔަފާރިކޮށް އެކަން ފުޅާކުރަން މަސަތްކަތްކުރާ މީހުން ރައްޔިތުންގެ ލޯމައްޗައް ނެރެ އެމީހުންގެ ހަގީގީ ސޫރަ ހާމަކޮށްދޭން ޖެހެއެވެ. މަގުމަތީގައި ޑްރަގް ވިއްކަން މިއުޅޭ ގުރޫޕްތަކަށް ޑްރަގު ސަޕްލައިކޮށްދެނީ ކޮންބައެއްތޯ ހޯދަން އެބަޖެހެއެވެ. މި ގްރޫޕްތައް ބޭނުންކޮށްގެން ޑްރަގްގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ހޯދަން އެބަޖެހެއެވެ.
ގިނަފަހަރަށް ޑްރަގް ރަށަށް އެތެރެކޮށް އެވިޔަފާރީގެ މުގުލުގައި ތިބޭ މީހުންނަކީ ވަރަށްވެސް ސާފު ސީދާ މައުސޫމު ބައެއްގެ ގޮތުގައި މުޖުތަމައުގައި އުޅެމުންދާބައެކެވެ. އެހެންކަމުން މި މީހުން ހޯދައިގަތުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. އަދި އެމީހުންނަކީ ކޮންބައެއްކަން އެނގުނު ނަމަވެސް އެކި އެކި ސަބަބުތަކާހެދި އެކަން ސިއްރު ކުރުމަށް އޮންނަނީ މަޖުބޫރުވެފައެވެ. ނަމަވެސް ވިސްނާލަންޖެހޭ ކަމަކީ މިގޮތަށް ޑްރަގް ޑީލަރުންނަށް ދެވޭ ހިމާޔަތުގެ ސަބަބުން އަޅުގަޑުމެންގެ މުޖުތަމައު ހަލާކުވެގެން ހިގައިދާނެކަމެވެ. ހިމާޔަތްދިން ޑީލަރުގެ ގޭންގުތަކުން މާދާމާ ޑްރަގް ވިއްކާނީ ތިބާގެ ދަރިފުޅަށެވެ. އޭރުން އޮންނާނީ ވަގުތު ފާއިތުވެފައެވެ. އިހައްނުވި ރައްކަލެއް ފަހުން ނުވެވޭނެއެވެ.

ޑްރަގް ރަށަށް އެތެރެކޮށް ވިއްކަނީ ރަށުގެ ކަމުވޮށި ވެގެންވާ ބޭފުޅުންނެވެ. މަގުމަތީގައި އުޅޭ ގުރޫޕްތަކަށް ހިލޭ ޑްރަގް ދީގެން އެވިއްކުމުގެ މަސައްކަތް ކުރުވަނީ ވަރަށް ރޭވުންތެރިކަމާއެކުގައެވެ. ހަގީގަތަކީ މި ފަދަ މީހުންނަކީ ޒުވާނުންނާއި ވަރަށް ބޮޑަށް ގުޅިގެން ޒުވާނުން ބޭނުންވާ ކަންތަަައްތައް ކޮށްދީ އެމީހުންގެ ތެރޭގައި އުޅޭ މީހުންނެވެ. މިކަމުގެ ހެކިތައް ބަލާ ހޯދަންއުޅޭ މީހުންނަށް ފެންނާނެއެވެ.
thee vara rangalhu vaahakae hageegathuga.masthuvaa thakechaa dhuruhelive adhi ebeynun kuraa meehunnaves kommeves kahala rangalhu ehee eh forukodhinumakee hama aharemengevaajibe
އަހްމަދު އެބުނީ ވަރަށް ރަގަޅު ވާހަކައެއް. މިހާރު މިރަށުގައު އުޅޭފުލުހުންނާއި ގުޅިގެން އެކަން ކުރިއަށްދަނީ މިހާރު ފުލުހުންގެތެރޭގައި އެބައުޅޭ އެރޮގުން ލޭބަލްކުރެވިފައިވާ މީސްމީހުން.