Live News From Hulhumeedhoo, Addu City

ތުންތުންމަތިން: އެއްމެން ދަންނަ ބޮޑު ސިއްރު

ސ . އަތޮޅުމަދަރުސާގެ ސެކްރެޓަރީ ސްކޫލްގެ ހެޑްމާސްޓަރަށާ އެސިސްޓެންޓް ޕްރިންސިޕަލަށް އަމުރުކުރާތަން ދެކޭކަށް ބޭނުން ނޫންކަމަށްބުނެ، ބެލެނިވެރީން، އިސްދަރިވަރުން، އަދި މިހާރުގެ ދަރިވަރުންގެނަމުގައި ހުޅުދޫއާއި މީދޫގެ ރަށުތެރެއަށް ކަރުދާސްތަކެއް ބަހައިފިއެވެ. ތުންތުން މަތިން ދެކެވޭ ގޮތުގައި ސްކޫލް ހިންގުމުގައި ދިމާވާހުރިހާ ނުބައެއް މިހާތަނަށް ހަދާފައިވަނީ ހަދަމުންދަނީ މިދެންނެވި ސެކެސްޓްރީއެވެ.

ޔޮޓްޓުއާސްއިން ހަދުފުށި ހިންގުނަށް ހަވާލްވެގެން ތިއްބަވާ އިސްވެރީން ހަމަހޭގައިތިބޭ ގަޑިއަށްވުރެ ވާނުވާނޭގޭ ހާލުގައިތިބޭ ގަޑިގިނަވުމާ އަދި އެހެން ތިބެގެން އެމީހުން ކުރަމުންދާ ހަޑިމުޑުދާރު އަމަލުތައް ހުއްޓުވައި ދިނުމަށާ މުވައްޒަފުންނަށް 2 މަސްދުވަހުގެ ބޯނަސްފައިސާ ނުލިބިވާތީ އެކަމާއި ގުޅޭގޮތުން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުމަށް އެރަށުގެ ބައެއް މުވައްޒަފުން އިސްވެ ތިބެގެން ޕެޓިޝަނެއް ހަދައިގެން އޭގައި ސޮއިކުރުވަމުން ދަނިކޮށް ހަދުފުށީގެ އެގްޒެކެޓިވް ހައުސްކީޕަރު އެޕެޓިޝަނުގައި ސޮއިކުރުވަމުން ދިޔަކުދީންނަށް 500 ރުފިޔާއާއި ރާފުޅިއެއް ދީފައި އެޕެޓިޝަން ހޯދައިގެންގޮސް ހަދުފުށީގެ މެނޭޖްމެންޓާއި ހަވާލްކޮށްފިކަމަށް ތުންތުންމަތިން ވާހަކަ ދެކެވެމުން އެބަދެއެވެ. އަދި އޭގައި ސޮއިކޮށްފައިތިބި އެރަށުގެ ބައެއް މުވައްޒަފުން މިހާރު ވަޒިފާއިންވަކިކޮށް ބައެއް މުވައްޒަފުން އޮފީހަށް ޙާޟިރުކުރުމަށްފަހު އިންޒާރު ދެމުންދާކަމަށް ތުންތުންމަތިން ވާހަކަ ދެކެވެމުން އެބަދެއެވެ.

މީދޫގެ ކަޅިބިތްފަރާތުގައި ދެވަނަ ފިޔަވަހީގައި 400 ފޫޓްގެ ތޮށިގަޑެއްލުމަށާ ހުޅުދޫ ކަޅިބިއްފަރާތުގައި 3 ވަނަ ފޭހުގައި 400 ފޫޓްގެ ތޮށިގަޑެއް ލުމަށް ސަރުކާރުން ފައިސާދެއްވާފައިވަނީ އެއްވަރަކަށް . އެހެން ނަމަވެސް މީދޫގައި އެމަސައްކަތްކުރިފާރާތަށް ސިމިންތި އަގުބޮޑުވެގެން ލެވުނީ 320 ވަރަކަށްފޫޓްގެ ތޮށިގަޑެއްކަމަށް ތުންތުންމަތިން ވާހަކަ ދެކެވެމުން އެބަދޭ. އެކަމަކު ހުޅުދޫގައި ލެވުނު ތޮށިގަޑު ލުމަށް އެސްޓިމޭޓްކުރިއިރު އެސްޓިމޭޓްކުރެވުނު ވަރަށްވުރެ އުސްކޮށްލާންޖެހުމާއި ސިމެންތި އަގުބޮޑުވެގެން ތޮށިގަޑު ލެވުނުއިރުވެސް 400 ފޫޓްގެ ލެވުނުކަމަށް ތުންތުންމަތިން ވާހަކަދެކެވެމުން އެބަދެއެވެ.

ރަށުތެރޭގައި ރޭގަޑު ދަންވަރުނުނިދާ އެކިމީހުންގެ ތަކެއްޗަށާއި ތަންތަނަށް ފާޅުގައި ގެއްލުންދީ ކުރަހާ ހަޑިކުރަމުންދާމީހުން ފާޅުގައި އެކަންކުރަމުންދާއިރު އަމަން ބެލެހެއްޓުމަށް ވޭންދުއްވާމީހުން އެގަޑީގައި އުޅެނީ ކޮންމެވެސް އަންހެނެއްގެ އެހީހޯދުމުގެ މަސައްކަތުގައި ކަމަށްވާތީ އެމީހުންނަށް ތަންތަނަށާ ތަކެއްޗަށް ގެއްލުންދީ ކުރަހާހަޑިކުރާމީހުން ހޯދައިބަލާނެ ވަގުތެއް ނޯންނަކަމަށް ތުންތުންމަތިން ވާހަކަ ދެކެވެއެވެ. ސަބަބަކީ އެގޮތަށް އެހީހޯދަންދާމީހުން ގޭގެއަށް ވެއްދުމަށްފަހުން ވޭންދުއްވާމީހުން ދެންބަލާނީ އެގެއަށްވެއްދިމީހާގެ ޑިއުޓީކަމަށްވާތީ އެހެންކަމެއް ބެލުމުގެ ވަގުތު ނޯންނަނީކަމަށް ވާހަކަދެކެވެއެވެ. ގޭގެއަށް އެހީހޯދުމަށްދާ މިދެންނެވިމީހުންނަށް ތަންކޮޅެއް ކުރީން މީދޫގެއަކަށް ދަންވަރުގޮސްގެން އުޅެނިކޮށްފަޅާ އަރައިގެން އެގޭމީހުން އޭނައަށްހެދިގޮތަށް މިހާރުވެސް ، އެހީހޯދުމަށްދާމީހުންނާއިދޭތެރޭހަދާނަމަ އެގޮތަށް އެހީހޯދުމަށް ދާންނުކެރޭނެކަމަށް ތުންތުންމަތިން ވާހަކަ ދެކެވެއެވެ. ފަހަރެއަގައި މިދެންނެވިމީހާއަށް އެގޭމީހުން ހަދާލިގޮތް ވޭން ދުއްވާމީހުންނަށް ދުވަސްވުމުން ހަދާންނެތުނީކަމަށްވެދާނެކަމަށްވެސް ތުންތުންމަތިން ވާހަކަ ދެކެވެއެވެ.

ނޯޓް:

“ތުންތުންމަތިން” ކޮލަމްގައި ހިމަނާފައިވާ ވާހަކަތަކަކީ މީދޫލައިވްގެ ކިޔުންތެރިން ފޮނުވާފައިވާ ލިޔުންތަކެވެ. މީދޫލައިވްއިން ދެކޭގޮތުގައި ރައްޔިތުންނާއި ގުޅޭކަންކަމުގައި އެ ރައްޔިތުން ފާޅުކުރާ ޝުޢޫރުތައް ހާމަކުރުމަކީ ނޫސްވެރިންގެ ޒިއްމާއެކެވެ. އެހެންކަމުން މިކޮލަމްގައި ހިމަނާފައިވާ ލިޔުންތައް ޢާއްމުކޮށް މިސައިޓްގައި ޝާޢިއުކޮށްފައިވާ ލިޔުންތަކާއި ތަފާތުވާނެއެވެ. އަދި މިލިޔުންތަކުގެ ސައްޚަކަމާއިމެދު ގޮތެއް ނިންމަވާނީވެސް ތިޔަބޭފުޅުންނެވެ.

ރައްޔިތުން ފާޅުކުރާ މިފަދަ ޝުޢޫރުތައް ހަޖަމް ނުކުރެއްވޭ ބޭފުޅުން މި ކޮލަމްގައިވާ ލިޔުންތައް ވިދާޅުވެ، އިސްވާކޯފާއެއްގެ ޒިންމާ މީދޫލައިވްއިން ނުއުފުލާނަމެވެ. މިލިޔުންތައް ވިދާޅުވެގެން އިސްވާކޯފާއެއް ލިޔުމުން ނޫނީ ބަހުން ރައްދުކުރެއްވިޔަސް ފަރުވާލެއްނެތެވެ. މީދޫލައިވްއިން ދެކޭގޮތުގައި ރައްޔިތުންނާއި ގުޅޭ ކަންކަމަށް ނުކުންނަ ނުވަތަ ނުކުމެފައިވާ މީހުންގެ ވާހަކަތައް ތަފާތުގޮތަކަށް އެބަޔަކަށް އިވިދާނެކަމަށް ގަބޫލުކުރަންވާނެއެވެ. އެހެންނޫނީ ތިބެންޖެހޭނީ އަމިއްލަ މީހެއްގެ ގޮތުގައި ރައްޔިތުންނާއި ގުޅޭކަންކަމުން ދުރުގައެވެ.

މިކޮލަމަށް ފޮނުއްވާ ލިޔުންތައް ފޮނުއްވާނީ yourvoice@meedhoolive.com  އަށެވެ.

ޚިޔާލު

  • ކޫލްބެ ގެ ޚިޔާލަކީ:

    ރަގަޅު ވާހަކަ އެކަމަކު ވާހަކަތައް ދެތުމެދު ކުރަންވާނެ ، ދެއްތޯ

Trackbacks