Live News From S.Meedhoo

ޝަރީފީ ޕްރީސްކޫލުގެ 14 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތައް ނިމިއްޖެ

ޝަރީފީ ޕްރީ ސްކޫލްގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތައް ރޭ ބޭއްވި ޚާއްސަ ސްޓޭޖް ޝޯއިން ނިމިއްޖެއެވެ. އަހަރީ ދުވަސް ފާހަގަކުރުމުގެ އެއްމެ ފަހު އައިޓަމެއްގެ ގޮތުން ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން ބޭއްވި ސްޓޭޖް ޝޯގައި ސްކޫލްގެ ދަރިވަރުންގެ އިތުރުން ބެލެނިވެރިންވެސް ވަނީ ވަރަށް ފުރިހަމަ އައިޓަމްތަކެއް ހުށަހަޅާފައެވެ.

ސ.މީދޫ ލާޖްވަރުދީ އަލްފާޟިލް އަލީ ޝަރީފް އަމިއްލަގޮތުން ހިންގަވާ ޝަރީފީ ޕްރީސްކޫލްގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި މަހު 1 ވަނަ ދުވަހުގެ ރޭވަނީ ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. ސ.އަތޮޅު އަތޮޅުވެރިޔާ އަލްފާޟިލް ސައުދު އަބްދުﷲ ޝަރަފުވެރި ކޮށްދެއްވި މިޖަލްސާގައި އެ ސްކޫލަށް އެކިގޮތްގޮތުން އެހީތެރިވެދެއްވާފައިވާ ފަރާތްތަކުގެ ނަންތައް އިއުލާންކޮށް ސްކޫލުގެ ސްޓާރ ހަރަކާތް ރަސްމީކޮށް އިފްތިތާހު ކުރެވުނެވެ.

މީގެ އިތުރުން ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ ހުކުރުދުވަހު ވަނީ ކުޑަކުދިންނަށް ޚާއްސަކުރެވިގެން ތަފާތު ކުޅިވަރުތައް ހިމެނޭ ކުޑަކުދިންގެ ހަވީރެއްބާއްވާފައެވެ.

ޚިޔާލު

  • ހަސަން ގެ ޚިޔާލަކީ:

    އަފިރިންގެ ކުދިންނަށް ރަނގަޅަ ތައުލީމީ ބިންގަލަށް އެޑައިދޭއް އަލީޝް ތެކެރާ ބުރަ މަސައްކަތައް ފައްފަށުން ޝުކުރިއްޔާ.ހަގީގަތި މިގޮތައް ބެނެލާ ޝުކުރުގެ ބަހަކުން އަލީޝް އަފިންނަށް ތެކޮއްދެއްވާ ޚިދުމަތުގެ ޝުކުރު އަދާނިވޭހެއް. ސްކޫލްގެ 14 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ސްކޫލްގެ ހުށިހެއް މުވައްޒަފުންނަށް ފެނޑުވަން. އަދި މިވެގެންގޭ 13 އަހަރޮ ދުވެހި އެތެރެ ސްކޫލަށް ޚިދުމަތް ކޮށްދިން ހުށިހެއި އެއްމެންނަށް މިފުރުސަތި މަރުހަބާ ވާ

Trackbacks

***ކޮމެންޓް ކުރެއްވުމަށް ލޮގިން ކުރައްވާ