Live News From S.Meedhoo

މީދޫއަށް ޑްރަގް އެތެރެކުރަނީ ކޮންބައެއް ހެއްޔެވެ؟

ސުރުޚީގައި އެވަނީ ސުވާލެކެވެ. މި ސުވާލަކީ ރަށުގެ ވަރަށް ގިނަބަޔަކު އެކަކު އަނެކަކާ ކުރަމުން އަންނަ ސުވާލެކެވެ. ބައެއް މީހުންނަށް ސުވާލުގެ ޖަވާބު އެގިނުލައްވާނެއެވެ. އަނެއްބައި މީހުންނަށް މި ސުވާލުގެ ޖަވާބު އެގުނަސް ހާމައެއް ނުކުރާނެއެވެ. އެކި ސަބަބުތަކާހެދި ސިއްރުކުރަން މަޖްބޫރުވެގެންނެވެ. ހަމަ ޔަގީނުންވެސް ޖަވާބު އަޅުގަޑަކަށް ނޭގެއެވެ. އެގޭނަމަ ސުވާލުކުރުމުގެ ބަދަލުގައި ސުރުޚީގައި ޖަވާބު ލިޔާނަމެވެ. އެއަށްފަހު ޖަވާބު ހޯދިގޮތްވެސް ހާމަކުރާނަމެވެ. ހިތާމައަކީ އަޅުގަޑަށް ޖަވާބު ނޭގުނުއިރު އެގޭމީހުން އެކަން ސިއްރުކުރާތީއެވެ.

ކުރިންވެސް ދެންނެވިހެން ސުރުޚީގައި އެވާ ސުވާލުގެ ޖަވާބު އަޅުގަޑަކަށް ނޭގެއެވެ. ނަމަވެސް އެގޭ އެއްޗަކީ ވަރަށް ފަރުވާތެރިކަމާއެކު ގުޅިގެން ޑްރަގް މިރަށަށް އެތެރެކޮށް އޭގެ ވިޔަފާރި ކުރަމުންގެންދާކަމެވެ. ޑްރަގް ބޮއެގެން މަގުމަތީގައި ގަނަތެޅެމުން އެދާ މީހުންނަށް މިފަދަ ރޭވުންތެރި ގޮތަކަށް ޑްރަގް ރަށަށް އެތެރެކޮށް އޭގެ ވިޔަފާރި ނުކުރެވޭނެއެވެ. ސަބަބަކީ އެމީހުންނަކީ އެ ބޭނުންކުރާ މީހުންކަމަށް ވީތީއެވެ. އެފަދަ މީހުންނަށް ޑްރަގް ސަޕްލައިކޮށްދެނީ އަސްލު ޑީލަރެވެ. އަސްލު ޑީލަރު ހުންނަނީ ވަރަށް ފަހަތުގައެވެ. އޭނާ ކުރާކަމަކީ ޑްރަގް އެޑިކްޓުންނަށް ހިލޭ ޑްރަގް ދީގެން އެ ވިއްކުމެވެ. އެހެންކަމުން އަސްލު ޑީލަރަކީ ކާކުކަން ޑްރަގް އެޑިކްޓުން ހާމައެއް ނުކުރާނެއެވެ. ސަބަބަކީ ޑްރަގް ވިއްކުމަށް އެހީތެރިވެދިނުމުން އެ މަސައްކަތުގެ އުޖޫރައިގެ ގޮތުން ޑްރަގް ލިބޭތީއެވެ. ޑްރަގް އެޑިކްޓުންގެ އުޖޫރައަކީ ޑްރަގެވެ. އެހެންކަމުން އެފަދަ އެޑިކްޓުން ލައްވާ ކޮންމެފަދަ މަސައްކަތެއް ކުރުވިޔަސް ޑީލަރު މީހާ އުޖޫރައެއްގެ ގޮތުގައި ޑްރަގް ދީފާނެއެވެ.

މި ދެންނެވިފަދަ ހާދިސާއެއްގެ ވާހަކަ ރޭ އަޅުގަޑާއި ދިމާވި ރައްޓެއްސަކު ކިޔާދިނެވެ. ނަމަވެސް އަޅުގަޑުގެ ރަހްމަތްތެރިޔާ އަކީ މިހާރު ޑްރަގް ބޭނުންކުރާ މީހެއް ނޫނެވެ. ރަހުމަތްތެރިޔާ އަކީ ކުޅިވަރުގެ ތެރޭގައި ވަރަށް އަވަދިނެތި އުޅެމުންދާ މީހެކެވެ. “ޑީލަރު މީހާ” އަށް މިކަން އެގިފައި ނެތުމުން ނޫނީ އަލުން ރަހުމަތްތެރިޔާ ޑްރަގުގެ ވަބާގައި ޖެއްސުމަށްޓަކައި އޭނާ ކުރުވި މަސައްކަތެއްގެ އުޖޫރައިގެ ބަދަލުގައި ޑްރަގް ބޭނުންތޯ އެހިކަމަށް ރަހުމަތްތެރިޔާ ބުންޏެވެ. އަޅުގަޑު ރަހުމަތްތެރިޔާ ގާތުން އެއީ ކޮންކަހަލަ މަސައްކަތެއްތޯ އާއި އެމީހަކީ ކާކުތޯ އެހުމުން ބުނީ އެއީ ކުޅިވަރާއި ގުޅުން ހުރި ކަމެއްކަމަށެވެ. ނަމަވެސް “ޑީލަރު މީހާ” ގެ ނަން ރަހުމަތްތެރިޔާ އަޅުގަޑު ގާތު ނުބުންޏެވެ.

މީގެ ކުރީގެ ލިޔުމެއްގައިވެސް އަޅުގަޑު ދަންނަވާފައިވާނެ ފަދައިން އަސްލު “ޑީލަރުން” ނަކީ މުޖުތަމައުގައި ވަރަށް ފޮރުވިގެން ތިބޭ ނުފޫޒުގަދަ ބައެކެވެ. އެމީހުންނަކީ ޒުވާނުންނާއި ވަރަށް ގުޅިގެން އުޅޭބައެކެވެ. އެމީހުންގެ ސޫރަ މުޖުތަމައުގައި ފެންނާނީ ވަރަށް ސާދާ ބައެއްގެ ގޮތުގައެވެ. އެމީހުންގެ އަސްލު ސޫރަ އެގޭ މީހުންނަށްވެސް އެކަން ހާމަކުރާކަށް ނުކެރެއެވެ. އަޅުގަޑުގެ ރަހުމަތްތެރިޔާއަށްވެސް “ޑީލަރު މީހާ” ގެ ނަން ބުނާކަށް ނުކެރުނެވެ.

ސުރުޚީގައި އެވާ ސުވާލަކީ އަޅުގަޑުގެ އަމިއްލަ ސުވާލެއް ނޫނެވެ. އެއީ އަޅުގަޑުމެންގެ މިފަސްގަނޑު ކުރާ ސުވާލެކެވެ. މީދޫ މި ސުވާލުގެ ޖަވާބު ބޭނުންވާތީއެވެ. މިފަސްގަނޑު އެދި ގޮވަނީ ޑްރަގް އެތެރެކުރާ ލީޑަރުން ހޯދައި ދިނުމަށެވެ. އެމީހުންގެ ކިބައިން މިފަސްގަޑު ސަލާމަތްކޮށްދިނުމަށެވެ. މީދޫއަކީ ޑްރަގްން ސަލާމަތްވެފައިވާ ރަށަކަށް ހެދުމަށެވެ. އަޅުގަޑުމެންގެ ދަރިން ނޭވާލާ ޖައްވު ޑްރަގުގެ ނުސާފުކަމުން ސަލާމަތް ކުރުމަށެވެ. އެހެންކަމުން މިގޮވާލުމަށް އިޖާބަ ދިނުމަކީ އުފަލެއްކަމުގައި ދެކިލައްވާށެވެ. އަމިއްލަ ފައިދާއަށްވުރެ މުޅި މުޖުތަމުއުގެ ފައިދާއަށް ވިސްނަވާށެވެ. ތެދުވެރިކަމާއެކު ހަގީގަތް ހާމަ ކުރާށެވެ. ޑްރަގް ޑީލަރުންނަށް މިފަސްގަޑުން ޖާގަ ނުދެއްވާށެވެ. ތިމާގެ ރައްކާތެރިކަމާއި ސަލާމަތައްޓަކައެވެ. ތިމާގެ ދަރިންނާއި އަންނަންއޮތް ޖީލުގެ ސަލާމަތައްޓަކައެވެ.

އަޅުގަޑުގެ ރަހުމަތްތެރިޔާއަށާއި މި ލިޔުން ވިދާޅުވާ އެއްމެހާ ބޭފުޅުންގެ ފަރާތުން އަޅުގަޑު އެދެނީ “ޑީލަރު މީހާ”ގެ ނަން ހާމަކޮށްދިނުމަށެވެ.

މީދޫއަށް ހެއު އެދެންޏާ ސުރުޚީގައިވާ ސުވާލައް ޖަވާބު ދެއްވާށެވެ.

ޚިޔާލު

  • އިދިކީލި ގެ ޚިޔާލަކީ:

    im really suprised the fact that no body want comment on this article. wots problem wid u guy? this question need to be answerd.

  • royal disaster ގެ ޚިޔާލަކީ:

    they dnt wanna comment bout this article cox they got nuthin to say these all r involved sumhow! fuk em who import it widley n sell it. fukin ya all knw who do dat… then how come ya all nutheads blaming youth for dat? hakuru brown sugar,(vaanuvaa), wich is da most nasty drug in maldives is da favourite of all when they already knw wot it is n they r addicted. sum of these skunks r really not addicted,they just keep fukin pretendin to get it… seems like they doesnt knw wot they been doin. lemmie tell ya fellahs, my comment might notbe posted here but for sure its done by da respected fellahs in s.meedhoo… i went to a coffee few days before, i found some meedhoo respectable nuts next to our table, they didnt recongnise me i guess, ya knw they were talkin bout importing drugs in to meedhoo an bout da marketin. c’mon i heard it. i knw who they are, i wont mention their names for a waste.cox i see no reson to mention it to those ppl who do this shit.

  • meedhoo manje ގެ ޚިޔާލަކީ:

    thay hama rangalha vaahakaa, ekan keruva bodethi meehun blame vey jeheyheh aslu mikamugai maa bondashas

  • ninetoo ގެ ޚިޔާލަކީ:

    mehaa kudhuveylei gooas kaatha,ekamaki fahun visnenemei ekahalei ehves kama nikeratha.rashi thibi ragalha meehunge aburah thiki burakahalei vaahaka coment kerashau keyfei nileyu.they are not the onece who has to take responsibilites,its all abt us,our comunity…
    we all should respect each other and work 4 a goal.at the eleventh our,thir will be nothing to do so heylaaaaaaa to our childs and the next generation keep heylaaaa

  • saamee ގެ ޚިޔާލަކީ:

    hakuru boa meehun hutuvumuge kurin hutuvaa vee ey ethere koh vikkaa mee hun. !!!

  • ބަމްބޫ ގެ ޚިޔާލަކީ:

    މިއީ ކޮނު މަޤްޞަދެއްގައި ކޮއްފައިވާ ސުވާލެއްކަމާމެދު ސުވާލު ވަނީ އުފެދިފައި. އެސުވާލުގެ ޖަވާބު ހޯދަންބޭނުންވަނީ އެފަދަމީހުން ހޯދާ އެކަން ހުއްޓުވުމުގެ މަޤްޞަދުގައިކަމަށް ހީކުރެވުނު. ނަމަވެސް އެކަންކުރާ މީހުންނަކީ މީދޫގެ ގަދަރުވެރިންނަށް ވާތީ އެމީހުން ބޭޒާރުނުކުރުމަށް ވަރަށްބޮޑަށް މަސައްކަތްކުރާކަނ އެގިއްގެ. އަދި މީދޫގެ އެންމެހާ ފަރާތްތަކަށްވެސް ޑްރަގް މީދޫއަށް އެތެރެކުރާ މީހުން އެނގޭކަންވެސް އެގިއްޖެ.

    ޮ

  • ޖިންނި ގެ ޚިޔާލަކީ:

    ޑްރަގު ޑީލަރ ގެނަން ހާމަކުރަން ބޭނުން ނުވާމީހަކީ އޭނާއަށް ހެޔޮއެދޭ ވަފާތެރިއެއް. ޑްރަގު ވިއްކާމީހެއް! އެހެން ކުމުން އެނުލަފާ ރަހުމަތްތެރި ދުޝްމަނުގެ ނަން ހާމަ ކުރުމަކީ މިލިޔުން ލިޔުނު މީހާގެ ޒިންމާއެއް. ލިޔުންތެރިޔާ ނަންހާމަ ކުރަން ބޭނުން ނުވަނީނަމަ މިލިޔުން ލިޔުނު މީހާއަކީވެސް މިކަމަށް ވާގިއެދޭމީއެއް! އެހެންވީމާ ހަސައް ތިބުނާ ރަހުމަތްތެރިޔާގެ ނަން ހާމަ ކުރެއްވުމަށް އެދެން.

  • shinco ގެ ޚިޔާލަކީ:

    hama kommi kamakas keruvaa thibenee ehkala rashi nan vikkey meehaaa hakuras dhenas hingaaa kantha keruvaa thibenee everiya hama kithemmi beniyas enun baakiya nunaa keruvanee hama kommi ehthakau k fefi mi k nee youth au they adhi gothah nun nuny kami kede dhoro balafelau vaahaka dhahkaako

  • meedhoo ah heyo nedhey dari eh ގެ ޚިޔާލަކީ:

    mi drug delarun veny fudalaaaaaaaaaaaaaaaah

  • shinco ގެ ޚިޔާލަކީ:

    nan haama kuran mikahala website eh hee eh nuvey maaka rangalhu vaane hen thikan kuran hama rangalheee mujthauge therein emeeehun thah nere n men kurimatheeee haaaama kurun ekamah hurihaaa rahyithun ge eh baaaru lun ves beynun a maaadha maaaa gaumaaa havaaaalu vaaan thibi zuvaaaan jeeeeelah takaaaa

  • xaba ގެ ޚިޔާލަކީ:

    I love this topic thanks for bringing such a thing and meedhoo live is doing a grate job. well its a simple fact that main dealers are hidden out some where and peddlers keep selling drugs. my question is how far could a dealer go? can he hide? How long?\I have done same thing but not in meedhoo as such i could relate to the feelings!

    I know people who does this nasty thing but I dont have evidence to proof my arguments. I am sure it wont be long before this is revealed. this has been a alrming concern in our as individual I am able to stay away from there trap cox i dont have need to use. we can reduce demand through awareness.community.

    May the blessing be to recovering addicts

  • sunjay dutt ގެ ޚިޔާލަކީ:

    emeehunge nan haama nukoggen thivarah kaleymen haasvanee, eyavvure maa dhera kameh dhoa AIDS jehifa thibi meehunge nanves sarukaarun sirru kurumakee.

  • rado ގެ ޚިޔާލަކީ:

    kalomenne thehiyala colama bandhu kollau enunfehena hatha thafirin fadai araanei mii rangalha nasey hatha ei thekan keraa emmen afiriya rangalha dhenihimma

  • rado ގެ ޚިޔާލަކީ:

    then mihiyaala fenduvi meehakai dhima thafirin balho anbaranei ehenfehenaas mi hageegaiy hageegaiy gabool kerameehunna afirin emmen vema hingau dheeee

Trackbacks