Live News From Hulhumeedhoo, Addu City

އަބްދުﷲ މަންސޫރު: މީދޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވޭ

އަޅުގަނޑުމެންގެ ރަށަކީ އެރަށަކަށް އުފަންވި ކަމަށްޓަކައި ހަމަ ކޮންމެ މީދޫގެ ދަރިއަކުވެސް އުފާކުރާނެ ފަޚްރުވެރި ރަށެކެވެ. އާދެ! ރަށެއް މަޝްހޫރުވެ އެރަށަކަށް ވަކި ޚާއްސަކަމެއް ދެވެނީ ވަކި ކަންތައްތަކެއް ވަކި ގޮތަކަށް ވުމުންނެވެ. އެގޮތުން އަޅުގަނޑުމެންގެ މިރަށަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްސަކަމެއް ލިބިފައިވާ ފަޚްރުވުރި ރަށެކެވެ. 3000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިރަށަކީ މިއަތޮޅުގައި އެއްމެ ފުރަތަމަ މީހުން ވަޒަންވެރިވި ރަށެވެ. މިރާއްޖޭ ދުށް ފުންނާބު އުސް ދަންނަބޭކަލުންނާއި، ހަކީމީ ބޭސްވެރިންނާއި، ލިޔުންތެރިންނާއި، މިނޫނަސް އެކި ދާއިރާތަކުން ވިދާލި އެތައްކެއް ފަންނުވެރިންނާއި ހުނަރުވެރިން އުފަންވި އެއް ރަށަކީ އައްޑުއަތޮޅު މީދޫއެވެ. އާދެ! މީދޫލައިވްގެ މިކޮލަމް މިޚާއްސަކޮށްލަނީ މީދޫ އުފެއްދި ފަޚްރުވެރި ދަރިން މިޤައުމަށާއި، ރަށަށް ކޮށްދެއްވި ޚިދުމަތްތަކުގެ އުސް އަލިތައް ގެންސްދިނުމަށެވެ. އެގޮތުން މިކޮލަމްގައި ފުރަތަ ހިމަނާލާނީ މިހާރުވެސް ޤައުމަށާއި، ރަށަށް ޚިދުމަތްކުރުމުގައި ދެމިހުންނެވި ބޭފުޅެއް ކަމަށްވާ އަލްފާޟިލް އަބްދުﷲ މަންސޫރުއެވެ.

ޢަބްދުﷲ މަންސޫރު އުފަންވީ 26 ޖުލައި 1941 ގައި ސ.މީދޫގައެވެ. ބައްޕައަކީ ކުންނިއަރު އިބްރާހީމް ދީދީ އެވެ. މަންމަ އަކީ ބަންކެޔޮވަލިގޭ ޙައްވާ މަނިކުފާނެވެ. ތަޢުލީމް ޙާސިލް ކުރެއްވީ ސ.މީދޫ މަދުރަސަތުލް ހިދާޔާއިންނެވެ.

26 އޯގަސްޓް 1961 ން ފެށިގެން 31 މާރޗް 1976 އަށް މަންސޫރު ވަޒީފާ އަދާކޮށްފައި ވަނީ ރޯޔަލް އެއަރ ފޯރސް ގޭން ( އައްޑު އަތޮޅު ގަން ) ގައެވެ. މިމުއްދަތުގައި އަދާކުރި ވަޒީފާ ތަކުގެ ތެރޭގައި އޮފިސަރސް މެސްގެ ރޫމް ބޯއި ކަމާއި ވޭޓަރ ކަމާއި ބާރމޭން ކަމާއި ޑީ.އޯ.އީގެ ފިޓަރމޭޓް ކަމާއި ޓައިމްކީޕަރު ކަމާއި ލައިބްރަރީ ކްލާރކް ކަމާއި ވޯރކްސް ޕްރޮޖެކްޓް އެންޑް މެއިންޓެނަންސް ކޮންޓްރޯލް ކްލާރކް ކަން ހިމެނެއެވެ. 31 މާރޗް 1976 ގައި އިގިރޭސިން ގަމުން ފޭބުމާއި ހަމައިން ގަމުގައި މަންސޫރު ކުރަމުން އައި މަސައްކަތް ވެސް ނިމުނީ އެވެ.

އިގިރޭސިން ގަމުން ފޭބުމާއި ގުޅިގެން އެވަގުތު އައްޑު އަތޮޅުގެ ހާލަތު ހުރިގޮތުން މަންސޫރަށް މަޖުބޫރުވީ އާމްދަނީ ހޯދާނެ ވަސީލަތެއް ހޯދުމަށް ޓަކައި މާލެ ދާށެވެ. ނަސީބު ދިމާކުރިގޮތުން މާލެ ދިޔަތަނާ ވިލިގިލީ ބީޗް ރިސޯރޓްން މަންސޫރަށް ވަޒީފާލިބުނެވެ. 16 އޯގަސްޓް 1976 ން 31 މާރޗް 1980 އަށް މަންސޫރު ވިލިގިލި ރިސޯޓްގެ ތަފާތު މަގާމްތަކުގައި މަސައްކަތް ކޮށްފައި ވެއެވެ. މިގޮތުން ބާރމޭން ކަމާއި ހައުސްކީޕަރުކަމާއި އެކްސްކާޝަން މެނޭޖަރު ކަމާއި ލޯންޗް ސެކްޝަންގެ މެނޭޖަރު ކަމާއި އެއަރ ޕޯޓް ރެޕްރެޒެންޓެޓިވް ކަމުގެ ވަޒީފާ އަދާކޮށްފައި ވެއެވެ. މީގެ އިތުރަށް ޔުނިވަރސަލް ޓްރަވަލް ޑިޕާޓްމަންޓްގައި 1 އޭޕްރީލް 1980 އިން 2001 ށް ވަޒީފާ އަދާކޮށްފައިވެއެވެ. ޓްރަވަލް ޑިޕާޓްމެންޓްގައި އަދާކުރީ ވަޒީފާ ތަކުގެ ތެރޭގައި އެއަރޕޯޓް ރެޕްރެޒެންޓެޓިވް ކަމާއި މެނޭޖަރ ކަން ހިމެނެއެވެ. 1 އޭޕްރީލް 2004 ން ފެށިގެން މަންސޫރު އަންނަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ހުޅުދޫ މީދޫ އިންޖީނުގޭގެ އެސިސްޓެންޓް މެނޭޖަރުގެ ވަޒީފާ އަދާކުރަމުންނެވެ.

މަންސޫރުއަކީ ރަށުގެ ތަރައްގީއަށްޓަކައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ މީދޫގެ ދަރިއެކެވެ. އެމްސީސީ (ކްލަބް) އުފެދުމާއި ގުޅިގެން އެކްލަބްގެ ޗެއަރމަން ކަމަށް މަންސޫރު އިންތިޚާބުކުރެވުނީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ނެވެ. ޒުވާނުންނާއި ކުޅިވަރުގެ ކަންތަކަށް ކްލަބްގެ ފަރާތުން ވަރަށްގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މަންސޫރުގެ ޗެއަރމަން ކަމުގައި އެމްސީސީގެ ފަރާތުން ކްލަބްގެ ކަންތައްތައް ހިންގާނެ ޢިމާރާތެއް ބިނާ ކުރެވުނެވެ. ފަހުން މިޢިމާރާތް ވަނީ މީދޫ ރައްޔަތުންނަށް ހަދިޔާކުރެވިފައެވެ. މިޢިމާރާތަކީ މިހާރު މިދޫ އޮފީސް ހިންގާ ޢިމާރާތެވެ.

މަންސޫރަކީ މިރަށުގެ ރިކޯޑް ފޮތަށް އަލަށް ދެކަމެއް ތަޢާރަފް ކުރުމުގެ ރިކޯޑް ހަދާފައިވާ ބޭފުޅެކެވެ. މިގޮތުން އެންމެ ފުރަތަމަ މޮޓޯސައި ކަލަކާއި ހަތަރު ފްރޮޅުލީ އިންޖީންލީ އެއްގަމު އުޅަދެއް މީދުއަށް ގެނައީ ޢަބްދުﷲ މަންސޫރު އެވެ.

މަޢުލޫމާތު: ހޫއިޒްހޫމީދޫ ޑޮޓް ބްލޮގްސްޕޮޓް ޑޮޓް ކޮމް

ޚިޔާލު

  • ހުސެއިން ގެ ޚިޔާލަކީ:

    މަންސޫރު ބޭބެއަކީ މާއި އަމާގެ ފަރާތުނާއި ބައްޕާގެ ފަރާތުނަސް ތިމާގެ މީހައް.އެކަމަކިޔަސް މަންސޫރު ބޭބޭއަށްވަނި މިކަހަލެއި ކޮލަމްތަކުން ކުރިން ޖާގަ ލިބޭއްވޭ މީދޫ މީހާތެތިބިޔަ.މިސާލާކަށް، މޫސާއަންވަރު،އެޅެގޭ މަޖީދު،މުދިން ބޭބެ، ކުރީގެ ކަތީބު މަރުހޫމް ނާފިޒް، ފަހުގެ ޖަނެރޭޝަނަށް ބަލާކަލަކި ޑރ.ސިމާދު،ބަނޑި ހިގޭ ޒަމީރު،ނާސިހު މެހެންގޮސް ކޭނެކަމަށް ނެއްދީ.ދެން ބެނާށިޔަ މީ ބޮނޑުންނާއު.އެހެނާއު ކޭފޭއި ތަފާތު ކެރަނީޔައު،އެނެކެއްތަކާއު ކޭފެއި ލޭނަނެއި.މި ލެތުމާއް ބަލާކަލަކި މަންސޫރަށް މިއޮތީ ހުތުރު އަރުވަފެއި.މަންސޫރު ކެޑެ މާބޮޑޮކަމަށް ފާހަގަ ނިކެޑެތަނި މަންސޫރުގެ ޢާއިލާއާއި ބެހޭ މަޢުލޫމާތަކަސް ނެއްތާ ދީ.

  • iddu ގެ ޚިޔާލަކީ:

    meehaa kithanme mulhas adhi ilmee mehakah viyas rashuge aamu farudhunashaai rashah kohdhey kanthethi minaaney ehenmingadakun. Migothah balaafehenaa MAjeed and Mudhinbeybey akee meedhoo ge rayithunah gigna guna hidhumath kohdhevi beyfulhaa.

  • މުހައްމަދު ގެ ޚިޔާލަކީ:

    މަ ހީކެޑއި މި ކޮލަމަކީ މީދޫގެ ތަރައްގީއަށާއި މީދޫގެ ރައްޔިތުންނަށް ފައިދާ ހިށިކަންތެތި ކޮށްދެރެފެއި ތިބި މީހުންގެ ވާހަކަ އަރުވާ ކޮލަމަށްކަމަށް. ދެރަކަމަކީ މިޔާކުން މީގެ އެއްވެސް ކަމަށް ނިފެނެނެ. އަފިރިން ހަމަ އަޖާއިބުވެގެ މަންސޫރުގެ ވާހަކަފެނެމެއި، މަކީޔަސް ތެރަށި މީހަށް އަވަނިދެނުން މީދޫގެ ތަރަށްގީއަށާއި ކުރިއެރުވުމަށް މަންސޫރު އެއްވެސް ކަމަށް ކޮށްދިންތާން. މިޔާއިން އަފިންނަށް ފެނެނީ މަސޫރުގެ އަމެއްލަ ދިރިއުޅުމަށް ކޮށްފެއި ތިބިކަންތެތި. ދެން ހުސެންއަށް ބެނަލާއްއޮއް އެއްތަކީ ކިޔަވަގެން ތިބިޔަސް ސިމާދުމެން،ޒަމީރު މެންނަކީއަސް މީދޫއަކީ އޮންނަތާންކަމަސް ދެންނަ ބާކިޔާއްނުނާ. މިޔާއް ރަންގަޅަ މަޢުލޫމާތު ލޭނަށް ބޭނުންފެހޭ މުދިންބޭބޭ، އެޅަގޭ މަޖީދު، އަޙުމަދު ވަހީދު، ދެން މިޒަމާނަށް ބަލާފެހޭ ސަންލައިޓް މޫސާގެ ވާހަކަ ފާހަގަކެރާއްރަންގަޅަ . މިވެރިން ނުންފެހޭ ތެބެނާ ޚިދުމަތައް ކޮށްދިޔެނެ ބާކިޔާނެތާ. ދެން ލޭނަފެހޭ ނިސްރީނާއި، ގަންޑޮވަރި މަރިޔަން ދައްތާމެޔަތިބީ. ދެންނެތާ ތެބެނާ މާބޮޑޮކަމަށް ކޮށްދިޔެނެ އެއްވެސް ބާކިޔަ. މިޔާ ލެއްމީހާއް މިޔާފެނެމެއި ހިންހަމަ ނިޖެހެނަސް މީހަގީގަތަކީ…

Trackbacks