Live News From Hulhumeedhoo, Addu City

ޒަވާޖީ ހަޔާތައް ފޮނި އަރާމާއި ލައްޒަތު ދޭށެވެ. – 1 (18+)

::18 އަހަރުން މައްޗައް::

ކިތައްމެ ލޯބިން ކައިވެނި ކުރިކަމުގައި ވިޔަސް ޒަވާޖީ ހަޔާތުގެ ފޮނި ލައްޒަތު ތާޒާކަމާއެކު ގިނަ އަހަރު ތަކަކަށް ދެމިގެން ނުދެއެވެ. މިހެން ދިމާވަނީ ގިނަފަހަރަށް ކައިވެނިކުރުމުގެ ކުރިން ލޯބީގެ އަރާމާއި އުފާ ކޮންމެވެސް ސިފައެއްގައި ހާސިލްކޮށްފައިވާތީއެވެ. އާއްމުކޮށް ކައިވެނި ކުރުމުގެ ކުރިން ލޯބީގެ ލައްޒަތު ލިބިގަނެވޭނީ ވަރަށް ހަނިގޮތަކަށެވެ. ލޯބިވެގެން އުޅޭ ދެމީހުންނަށް ލޯބީގެ ހިތްގައިމުކަން ކުޑަކޮށް ނަމަވެސް ތަޖްރިބާކުރެވިއްޖެނަމަ ދެން ބޭނުންވާނީ އެމަސްތުގައި މުޅި ދުވަސް ހޭދަކުރުމަށެވެ. މިކަން ކުރެވެން އަންނަނީ ކައިވެނިކޮށްގެން ކަމަށްވުމައެކު ވަރަށް އަވަހަށް ކާވެންޏާއި ދިމާލަށް ދެމީހުން ދަތުރުކުރާނެއެވެ. ނަމަވެސް ކައިވެނި ކުރުމާއެކު، މަޑު މަޑުން ޒަވާޖީ ހަޔާތުގެ ތާޒާކަން ކެނޑެމުން ގޮސް ދެމީހުން ކައިވެނީގެ މަޅީގައި ބެނދިގެން ތިބުން ނޫން އެހެން އެއްވެސް ކަމެއް ނޯންނަ ހިސާބައް ދެއެވެ.

ކަންތައްތައް މިހިސާބަށް ދިއުމުން ދެމީހުންވެސް އެކަކު އަނެކަކަށް ނަފްރަތު ކުރަން ފަށައެވެ. އެއްމެ ފަހުން ދެމީހުންވެސް އެހެން ދިމަ ދިމާލުން ލޯބި ހޯދަން ފަށައެވެ. އެއަށް ފަހު ދެމީހުން ވަރިވެއެވެ. މިކަމުން ދޭހަވަނީ ޒަވާޖީ ހަޔާތެއް ދެމި އޮތުމަށްޓަކައި، ކައިވެނި ކުރުމުގެ ކުރިން ބޭއްވި ގުޅުމާއި، ހޯދި އުފާތައް ދަމަހައްޓަންޖެހޭ ކަމެވެ.

ތިރީގައި މިވަނީ ޒަވާޖީ ހަޔާތައް އިތުރު ފޮނި ލައްޒަތު ގެނެސްދޭނެ ބައެއް ކަންތައްތަކެވެ. މީގެ އިތުރު ބައިތައް ކުރިއަށް އޮތްތަނުގައި ގެނެސްދޭނަމެވެ.

ލޯތްބަކީ ދިރިއުޅުމުގެ މުހިއްމު ބައްކަމަށް ހަދާށެވެ.

ދިރިއުޅުމަކީ ހަމައެކަނި ކައިވެނިކޮށްގެން ވަކިން ގެއެއްގައި ދެތިން ހަތަރު ކުދިން ގޮވައިގެން އުޅުމެއް ނޫނެވެ. ދިރިއުޅުމުގެ އެއްމެ މުހިއްމު އެއްބަޔަކީ ދެމީހުންގެ ދެމެދުގައި އާލާކުރި ލޯބީގެ ހިތްގައިމުކަމާއި އަރާމެވެ. އެހެންކަމުން މިހިތްގައިމުކަމާއި އަރާމު ނުލިބޭނަމަ އެއީ ދިރިއުޅުމެއް ނޫނެވެ.

ސިއްރު ބައްދަލުވުންތަކުގެ ހަނދާންއާކޮށް އާލާކުރާށެވެ.

ކައިވެނި ކުރުމުގެ ކުރިން ދެމީހުންގެމެދުގައި ބޭއްވުނު “ސިއްރު” ބައްދަލުވުންތަކަކީ ކާވެންޏާއި ހަމައަށް ގެންގޮސްދިން މުހިއްމު އެއް ސަބަބެވެ. އެހެންކަމުން ކައިވެނި ކުރުމަށްފަހުވެސް އެކަހެރި ތަންތަނަށް ގޮސް ދެމީހުންގެ ވިންދު އަވަސްކުރުވި ފިރުމުންތަކާއި، ސިއްރު ސިއްރުން ކުރިކަންތައް ތަކުރާރު ކުރާށެވެ.

ސަޕްރައިޒްވާގޮތައް ދޭތެރެ ދޭތެރެއިން ބައިވެރިޔާއާއި ބައްދަލުކުރާށެވެ.

މިސާލަކަށް އާއްމުކޮށް އޮފީހުން ގެއަށްދާ ގަޑި ނޫން ގަޑިއެއްގައި ބައިވެރިޔާ އާއި ބައްދަލުކުރުމަށް ގެއަށް ދާށެވެ. މިގޮތަށް ދާއިރު ކޮންމެވެސް ހަދިޔާއެއް ބައިވެރިޔާއަށް ގެންދާށެވެ.

މަސާޖުކުރަން ދަސްކުރާށެވެ.

އޯގާތެރިކަމާއި ލޯތްބާއެކު ހަށިގަނޑުގައި ފިރުމާލުމަކީ އިންސާނާއަށް ކެއުމާއި ބުއިން މުހިއްމުވާ މިންވަރަށް ބޭނުންވާކަމެކެވެ. އެހެންކަމުން މިފަދަ މަސާޖަކީ އެކަކު އަނެކަކަށް ދެވޭނެ އެއްމެ ބޮޑު ލޯބީގެ ހަދިޔާއެވެ.

ދަތުރު ދާށެވެ.

ގިނަ މީހުން އެކަކު އަނެކަކާއި ގިނަފަހަރަށް ގައިގޯޅިވެފައި ހުންނަނީ ހުންނަނީ ދަތުރުތަކުންނެވެ. އެހެންކަމުން އަހަރަކު އެއްފަހަރު ނަމަވެސް ތިމާގެ ބައިވެރިޔާއާއެކު އެކަހެރި މާހައުލަކަށް ދަތުރުކުރާށެވެ. މިގޮތަށް ދަތުރުދާން މިރަށުގައި ނަމަ އިސްމެހެލާ ހެރަ، ނުވަތަ ދެބަޑި ދޭތެރެ ކަޅިބިތް ފަރާތް ރަނގަޅުވާނެއެވެ. މިފަދަ ދަތުރުތަކުގައި މާބޮޑު ކެއުންތަކެއް ހިމެނުން މުހިއްމެއް ނޫނެވެ. ލުއި ކާނާ ޕެކެޓަކާއި، އާދައިގެ ޑްރިންކެއްގެ އިތުރުން މިއުޒިކްޖެހޭ ފޯނެއް އޮތުމުން ރަނގަޅުވާނެއެވެ.

އެކުގައި ފެންވަރާށެވެ.

އެކުގައި ފެންވަރާ ވާހަކައިގެ މާނައަކީ ލަވްމޭކް ކުރުމެއް ނޫނެވެ. އެކަމަކު އެއީ ދެމީހުން އެކުގައި މަޖާކޮށްލުމަށް ކުރާކަމެކެވެ.

“ލޯބި” ބަލިކަށިވާ ކަންކަން ރަނގަޅުކުރާށެވެ.

ގިނަ ފަހަރަށް ލޯބި ބަލިކަށިވެގެންދަނީ “ލޯބި” ކުރުން ފެށުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އުނދަގޫތަކެއް ދިމާވުމުންނެވެ. މިސާލަކަށް އަނގައި ނުބައިވަސް ދުވާނަމަ ގޭމް ސްޓާޓްކުރަން އުނދަގޫވާނެއެވެ. މީގެ އިތުރުން އަންޑަގާމެންޓްސް ސާފުތާހިރުކޮށް ބެހެޓުމާއި، ކުރުކޮށް އިސްތަށި ކޮށާފައި ނުވަތަ ޝޭވްކޮށްފައި ބެހެއްޓުމަކީ މުހިއްމު ކަމެކެވެ.

ޕޮޒިޝަން ބަދަލުކުރާށެވެ.

“ލޯބި” ކުރުމުގައި ތަފާތު ގޮތްތައް ބޭނުންކުރުމުގެ ޚިޔާލު ކޮންމެ ދެމަފިރިއެއްގެވެސް ހުންނާނެއެވެ. މިކަން ކުރުމަށްޓަކައި، މާގި ޒާތްޒާތުގެ ފޮތްތަކާއި މެގަޒިންތައް ކިޔާކަށް ނުޖެހެއެވެ. ގިނަ ފަހަރު މިވާގޮތަކީ މާގިނަ ގޮތްގޮތަށް ބަދަލުނުކޮށް ދެމީހުންނަށް ފަސޭހަގޮތަކަށް ގޭމް ނިންމާލަނީއެވެ. މިކަމުގެ ސަބަބުން ދިމާވާ އެއްމެ ބޮޑު އެއް މައްސަލައަކީ ތިމާގެ ސިކުނޑި އެއްގޮތަކަށް ބަދަލުވުމެވެ. އިތުރު ގޮތަކަށް ޓްރައި ކުރިޔަސް ގޭމް ނިމޭނީ އެއްގޮތަކަށްކަން ސިކުނޑީގައި ހަރުލަނީއެވެ. މިގޮތަށްދިމާވުމުން ލޯބީގެ ތާޒާކަން ގެއްލި ލޯބިކުރުމަކީ ހަމަ ކުރަންޖެހޭތީ ކުރާކަމަކަށް ބަދަލުވަނީއެވެ. އެހެންކަމުން ތިމާގެ އަމިއްލަ ނަފްސަށް ވައުދުވާންވީ މަހަކު އެއްފަހަރު ނަމަވެސް ތަފާތު ގޮތަކަށް ލޯބީގެ ގޭމް ކުޅުމަށެވެ.

އެކުގައި ވަރުބަލިކަން ފިލުވާށެވެ.

ދުވަހުގެ ބުރަ މަސައްކަތައްފަހު ދެމީހުން އެކުގައި ވަރުބަލި ފިލުވާނެ ވަގުތު ހޯދާށެވެ. އާއްމުކޮށް ދެމީހުން އެކަކު އަނެކެއްގެ އަތުތެރެއަށް ދިއުމުގެ ކުރިން އެއްގަޑި އިރުގެ ހިމޭން ވަގުތުކޮޅެއް ބޭނުންވާނެއެވެ. އެއީ ދުވަހުގެ ބުރަ އިހްސާސްތަކާއި ވަކިވެ އެކަންތައްތައް ސިކުނޑިން ފޮހެލައި ދެމީހުން އެކަކު އަނެކެއްގެ ފަރާތުން އުފާ ހާސިލްކުރުމަށް ތައްޔާރުވުމަށްޓަކައެވެ.

“ލޯބި” ކުރަން ބޭނުންވާ ވަރު ދެމީހުން ވާހަކަދައްކައިގެން ހަމަޖައްސާށެވެ.

ޒަވާޖީ ހަޔާތުގައި ލޯބިވެރިންނަށް ދިމާވާ އެއްމެ ބޮޑު އެއްމައްސަލައަކީ އެކަކު މާގިނައި ލޯބިކުރަން ބޭނުންވެފައި، އަނެކަކަށް އެވަރު މާގިނަވުމެވެ. މިހެން ދިމާވުމުގެ ސަބަބުން ދެމީހުންގެ ދެމެދުގައި ނުތަނަވަސްކަން އުފެދޭނެއެވެ. އެހެންކަމުން މިއީ ދެފަރާތުން ވާހަކަދައްކައިގެން ހައްލުކުރަންޖެހޭ މުހިއްމުކަމެކެވެ. އެގޮތުން ހަފްތާއަކު ދެފަހަރު ނުވަތަ ތިންފަހަރު ރަނގަޅުކަމަށް ދެމީހުންނަށް އެއްބަސްވެވިދާނެއެވެ. އެކަމަކުވެސް ބައްދާލާ ކިސްކޮށްލުމަށްފަހު ނޫނީ އެއްމެ ދުވަހަކުވެސް ގްޑްނައިޓް ކިޔައިގެންނުވާނެއެވެ.

ޚިޔާލު

Trackbacks