Live News From Hulhumeedhoo, Addu City

ތިހާދުރުގަ ނުހުންނާށެވެ…

އެއީ މިރޯދަމަހުގެ ފުރަތަމަ ދުވަހެވެ. އަހަރެންވެސް ރޯދަ ކުރުކޮށްލަން ދިޔައީ ހިއްކި ބިމަށެވެ.

އަހަންނަށް އޭނާ ފެނުނީ ތޮށިގަނޑުމަތީ މޫދަށް ބަލަހައްޓައިގެން ހުއްޓައެވެ.

އޭނާގެ ކޮންމެ ހަރަކާތަކަށް އަހަރެން ބަލަން ހުރީމެވެ.

އެއީ ކޮންފަދަ ހިތްގައިމު ސޫރައެއް ހެއްޔެވެ.

އޭނާވެސް ދޭތެރެ ދޭތެރެއިން އަހަންނާ ދިމާލަށް ބަލާލައެވެ.

ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކު އޭނާ ހިނިތުންވެލައެވެ.

އޭ ޖާދޫގެ މަލިކާއެވެ. ތިޔަ އަސަރުގަދަ ލޮލުން ތިކުރަނީ ކޮންކަމެއް ހެއްޔެވެ.

އަހަރެން މޮޔަވެދާނެއެވެ. ތިހާދުރުގައި ނުހުންނާށެވެ.

އަހަރެންނާއެކު ދުއްވާލަން ހިގާށެވެ. އޭރުން ތިއެކަނިވެރިކަން ފިލައިދާނެއެވެ.

ޚިޔާލު

  • ލިލީ ގެ ޚިޔާލަކީ:

    ތިޔައީ ޙަޤީޤީ ވާހަކައެއް ނަމަ ވަރަށް ހިތްގައިމުވާނެ. ކޮންމެއަކަސް ވަރަށް ފުންއަސަރު ކުރި ވާހަކައެއް.

  • ލިލީ ގެ ޚިޔާލަކީ:

    ސީރިއަސްކޮށް އެހާ ދުރުގަތަ ހުންނަނީ

  • reema ގެ ޚިޔާލަކީ:

    shaahid ge wife hiy falhaigen gosdhaane meethi fenifa..hehehe

Trackbacks