Live News From Hulhumeedhoo, Addu City

އަންހެނާގެ އައުރަ

ޝައްކެއްވެސް ނެތް، ކޮންމެ އަންހެނަކީ ރަނާއި، މުތާއި، ޖަވާހިރަށްވުރެ އަގުމާތް ވެގެންވާ މީހެއް. މިހެނީ މިތަކެއްޗަކީ އަންހެނާގެ ބޭނުމަށްޓަކައި ހޯދާ އެއްޗިހި. އެހެންކަމަށްވާއިރު އެތަކެއްޗަށްވުރެ އޭނާގެ އަގު މާތްވެ މަތިވެރި ވުމަކީ ޝައްކެއް ހުރި ކަމެއް ނޫން. އިތާއަށް ޤަދަރު ކުރެވެނީ އިތާގެ ބަނޑުގައިމުތް އޮންނާތީ. ނަމަވެސް ބަނޑުން މުތް ބޭރުވާއިރަށްއޭގެ ބޭނުން ކެނޑިދޭ. ހަމަ އެފަދައިން އަންހެނަކަށް ވެސް އޭނާގެ ޢިއްފަތްތެރިކަމާއި ބިކުރުވެރިކަން ނުގެއްލޭހާ ހިނދު މީސްތަކުން އޭނާއަށް ޤަދަރު ކުރާނެ. މި ޢިއްޒަތާއި ޤަދަރު އޭނާ އަށް ހާޞިލުކުރެވެން އޮތީ އޭނާގެ އައުރަ ނިވައި ކޮށްގެން.

އެހެންކަމުން އަންހެނާގެ ބޮލުގެ އިސްތަށިގަނޑުން ފެށިގެންފައިގެ ބޮޑުވައި އިނގިއްޔާ ހަމައަށް މުޅި ހަށިގަނޑު ވާންޖެހޭނީ ޢިއްފަތްތެރިކަމުގެ ގަހަނާއިން ނިވާވެފައ. މިހެނީ ބުޅާ މަސްގަނޑަށް ފާރަލާ ފަދައިން ފިރިހެނާ ހިލޭ އަންހެނާގެ ހަށިގަނޑަށް ދަހިވެތިވެ ފާރަލާނެ. އެހެނީ އަންހެނާގެ ހަށިގަނޑަކީ ފިރިހެނުންގެ ހިތްތައް ލަންބުވައިލާ ފަދަ ބާރުގަދަ ހަތިޔާރެއް. އަންހެނާގެ ޒީނަތްތެރިކަން ފާޅުވެއްޖެނަމަ ޝައިޠާނާގެ ވިހަ ގަދަ ތީރުގެ ބޭނުން ހިފުމަށް ފިރިހެނާ ކުޑަވެސް ޖެހިލުމެއް ނުވާނެ. އެތީރަކީ ލޮލުގެ ބެލުން. އެހެންކަމުން އެންމެހާ އަންހެން ކަނބަލުންގެ ވާޖިބަކީ އެތީރު ތިމާގެ މެޔަށް ހަރާލުމުގެ ކުޑަވެސް ފުރުޞަތެއް ހިލޭ ފިރިހެނަކަށް ނުދިނުން. ވިސްނާލައިފިނަމަ ބުރުގާ އެޅުމަކީ އެންމެ ރަގަޅު ގޮތްކަން ކޮންމެ މީހަކަށް ވެސް ވިސްނޭނެ. ބުރުގާ އަޅައިގެން ހުންނަ މީހަކާ ބުރުގާ ނާޅާ ހުންނަ މީހެއްގެ މިސާލަކީ މަތި ޖަހާފައި ހުރި ފޮނިކާ އެއްޗަކާ މަތި ނުޖަހާ ހުރި ފޮނި ކާއެއްޗެއްގެ މިސާލު. އޭގެ ތެރެއިން މެހި ބުރާނީ ކޮން އެއްޗެއްގައިކަން ކޮންމެ ބޭފުޅަކަށް ވެސް އެނގިލައްވާނެ.

މިހާރަކަށް އައިސް ވަރަށް ގިނަ ކުދިން ބުރުގާ އަޅައިގެން އުޅޭކަން ފާހަގަ ކޮށްލެވޭ. ނަމަވެސް ހިތާމަޔަކީ ބުރުގާ އެޅުމުގެ މަޤްޞަދާ އެއްގޮތަށް ބުރުގާ ނާޅާކަން. ބުރުގާ އަޅާފައި ހުންނައިރު އިސްތަށިގަނޑުގެ އެއްބައި ފެންނަ ގޮތަށް ބުރުގާ އަޅާފައި ހުރުމާ ހެދުމުގެ އަތް އުލަނބޮށިކޮޅާ ހަމައަށް އޮޅާފައި ހުރުމާއި އަދި ބާރުވެގެންގޮސް ހަށިގަނޑުގެ ވަނާތައް ފާޅުވާފަދަ ހެދުން އެޅުމަކީ އާއްމު ކަމަކަށް ވަނީ ވެފައި. ހަމައެކަނި ބޮލުގައި ފޮތިކޮޅެއް އެޅުމަކުން އަދި މިދެންނެވިފަދަ ގޮތްގޮތަށް ހެދުން އެޅުމަކުން އަދި އައުރަ ނިވާކުރެވުނީކީ ނޫން. އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށް ދައުވާ ކުރާ މި ދިވެހިރާއްޖޭގެ އަންހެން ކަނބަލުންގެ ހާލަތު މިއަދު ހުރި ގޮތަކީ މިއީ. ﷲސުބްޙާނަހޫ ވަތަޢާލާ އަންހެން ކަނބަލުންނަށް އެކަނބަލުންގެ އައުރަ ނިވާކޮށް ޢިއްފަތްތެރިވެލުމަށް އަންގަވާފައިވަނީ މިގޮތަށް ތޯ؟

އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިފައި އޮތުމުގެ ސަބަބުން ދީނަށް އުޅޭ އަޅުގަނޑުމެންގެ މުސްލިމް އުޚްތުންނަށް ވަރަށް ގިނަ ދަތި ތަކާ ކުރިމަތިލާން ޖެހޭ. އަންހެނަކު އިސްލާމީ ޖިލްބާބުން ނިވައިވެގެން ހުރެއްޖެކަމުގައިވާނަމަ އެކަނބަލުންނަށް ވަޒީފާ ގެ ފުރުޞަތު ލިބުން ވަނީ މުސްތަޙީލު ކަމަކަށް ވެފައި. ކޮންމެ ދާއިރާއަކުން ވެސް އިސްކަންދެނީ ޔޫރަޕްގެ ސްޓައިލަށް ހެދުން އަޅާ ޒުވާން އަންހެން ކުދިންނަށް. މިފަރާތްތަކުން މިފަދަ އަންހެން ކުދިން ބޭނުންކުރަނީ އެމީހުންގެ މަސައްކަތަށް ކުރިއެރުން ހޯދުމުގެ މަޤްޞަދުގައި، ފިރިހެނުންގެ ހިތްތައް އެދުންވެރިކުރުވުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި.

ހައިރާންވާންޖެހޭ ކަމަކީ ބުރުގާ އެޅުމަކީ އަޅުވެތިވުމާ ހައްޔަރުވުން ކަމުގައި ގިނަ ބަޔަކު ދެކެމުންދާކަން. ބުރުގާ އަޅައިފިނަމަ ހީވެފައި އޮންނަނީ އެއީ އެއްވެސް މިނިވަންކަމެއް ނެތް އަނިޔާ ލިބެމުންދާ މީހެއް ކަމަށް. ނަމަވެސް ހަޤީގަތަކީ ބުރުގާ އަޅާ މީހުންނަކީވެސް ހަމަ އެހެން މީހުންނެކޭ އެއްގޮތަށް މިނިވަން ބައެއްކަން. އަދި އެމީހުންގެ ދިރިއުޅުމަކީ ވެސް އުފާވެރި އައިދާގެ ދިރިއުޅުމެއް. ތަފާތަކީ ހަމައެކަނި ބުރުގާ އަޅާ އައުރަ ނިވާކޮށް ﷲ އަށް ކިޔަމަންތެރިވާކަން.

އަދި މީގެ އިތުރުން ސުކޫލުތަކުން ބޮޑު ބުރުގާ އަޅާ ކުދިންގެ ބުރުގާ ކުޑަ ކުރުމަށް އަންގާ އަދި ކުޑަ ނުކޮށްފިނަމަ ސުކޫލުން ވަކި ކުރާނެ ކަމުގެ އިންޒާރުތައް ދެމުންދާކަމީ ހިތާމަ ކުރަން ޖެހޭ ކަމެއް. ބޮޑުބުރުގާ އެޅުމަކީ ތަޢުލީމު ހާޞިލު ކުރުމަށް ހުރަސް އަޅާ ކަމެއް ނޫންކަން މިފަރާތްތަކުން ޤަބޫލުކޮށްގެން މިފަދަ ޤާނޫނުތައް ކަނޑައެޅުން ހުއްޓާލައިފިނަމަ އަޅުގަނޑުމެންގެ މުސްލިމު އަންހެނުންނަށް ލިބެމުންދާ ދަތި ތަކަށް ލުޔެއް ލިބޭނޭކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން.

އަދި ހަމަ އެހެންމެ އައުރަ ނިވާ ނުކޮށް އުޅޭ އުޚްތުން އެކަނބަލުންގެ އައުރަ ނިވާކޮށް ޢިއްފަތްތެރި ވެލައްވައިފިނަމަ އަޅުގަނޑުމެންގެ މުޖުތަމައު އިސްލާހުވުން އޮތީ ވަރަށް ވެސް ކައިރި މުސްތަޤުބަލެއްގައި. މާތް ﷲ އަޅުގަނޑުމެންގެ އުޚްތުންނަށް ހިދާޔަތް ދެއްވާށި.

ޚިޔާލު

  • mary ގެ ޚިޔާލަކީ:

    ayyu haudhahai salhi liyumakey.

  • އައްޔޫބް (Author) ގެ ޚިޔާލަކީ:

    shukuriyya

  • iddu ގެ ޚިޔާލަކީ:

    the overall message is good, but I think the pearl becomes valuable and useful only when it is taken and used to make jewellery.

  • ޖާން ގެ ޚިޔާލަކީ:

    ޚިޔާލު ވަރަށް ތަނަވަސް. އެކަމަކު މައްސަލަަކީ މައުލޫމަތު މުއްސަދި ނޫންކަން. ދީނުގައި އަންހެން ވެރިން ވަޒީފާގެ މައިދާނަށް ނުކުތުމަކީ އެދެވިގެންވާ ކަމެއްނޫނުް. މާނައަކީ އަންހެނުންގެ އަޒީފާއަކީ ފިރިމީހާއާއި ދަރިން ބަލަހައްޓައިގެން ގޭގައި އުޅުން

  • އައްޔޫބް (Author) ގެ ޚިޔާލަކީ:

    i dnt agree wid u iddu bcx our god allah is comandin our muslim sisters to wear hijab

  • އައްޔޫބް (Author) ގެ ޚިޔާލަކީ:

    jaan thee hama thedheh ekam midhuvas vara balaairu vara vaseefa muhinmu kama myhun bunaathy raajjege muftheein vidhaalhuvaa gothuga anhenun vaseefa nukuthumakun gohe neh ekam meega mi dhanavaly vaseefa dhee iru europ style ah thibe nivaakan kuda hedhunlaa kudhin counteruga ves baandhaa vahaka burugaa elhiya ginain gabool nukurathy ekamaaa hedhi myhakuge shakuvaa eh ves dhen eny ithuru kohfa

  • aish ގެ ޚިޔާލަކީ:

    varah rangalhu liyumeh mee, emmenahves mihin visneynama dho. eyrun kihaa ufaluga aharumen ulheynee.

  • ޕިންކީ ގެ ޚިޔާލަކީ:

    ސްކޫލުތަކުގައި އުޅެނީ ކިޔަވާ ކުޑަކުދިން. އެކުދިން ބުރުގާ އެޅުވުމަށް ދީން މަޖުބޫރެއް ނުކުރުވާނެ. އެހެން ނޫނަސް ދީނުގައި އަންހެން ކުދިން ކިޔަވަން ކނުޖެހޭނެ. އެކުދިިން ތިބެންޖެހެނިގޭގައި.

  • iddu ގެ ޚިޔާލަކީ:

    im not saying anything about hijab. What Im saying is a pearl in an oyster is no use to anyone unless it is taken out and we make some use of it.

  • މުހައްމަދު ގެ ޚިޔާލަކީ:

    ފިންކީއަށް އަދި ތިއުޅެނީ ދީން ރަނގަޅަށް އޮޅުން ނުފިލައިގެން ކާކުތަބުނީ އަންހެން ކުދިން ތަޢުލީމު އުގެނޭކަށް ނުޖެހޭނެޔޭ.. ތަޢުލީމުނެތް އަންހެނަކަށް ކިހިނެތް ރަގަޅަށް ކުދިން ތަރުބިއްޔަތު ކުރެވޭނީ. ދެން ބުނަންތަ ދަރިން ތަރުބިއްޔަތުކޮށް ބެލެހެއްޓުމަކީ ހަަމައެކަނި އަންހެނުންގެ ވާޖިބެއްނޫން އޭގައި ދެމީހުން އެއްވަރަކަށް ޒިންމާވާންޖެހޭނެ…

  • އައްޔޫބް (Author) ގެ ޚިޔާލަކީ:

    pinky alhugadumen ah egifaivaa gothun viyya umurun 9 aharun anhen kujja baaliu vey ehen vyma dhen ekujjage isthashi gaduves vany aura eh kamugaaa veemaa a isthashi gadu nivaa kuruma burugaa elhun laazim

    dhen komehen anh

Trackbacks