Live News From S.Meedhoo

އަސްރިއްޔާ ޕްރީސްކޫލްގެ ގްރެޖުއޭޝަން ސެރަމަނީ ބާއްވައިފި

ސ.މީދޫ އަސްރިއްޔާ ޕްރީސްކޫލްގެ 2009 ގެ ގްރެޖުއޭޝަން ސެރަމަނީ މިއަދު ހަވީރު ބާއްވައިފިއެވެ. ސޯޝަލް ސެންޓަރުގައި ބޭއްވި ގްރެޖުއޭޝަން ސެރަމަނީގައި މިއަހަރު ސްކޫލުން ގްރެޖުއޭޓްވި ކުދިންނަށް ސެޓްފިކެޓް ދިނުމާއި، ރިޕޯޓް ފޮތް ހަވާލުކުރުން އޮތެވެ.

މިހަފްލާގައި ސްކޫލުގެ ފަރާތުން ވާހަކަދެއްކެވި އަލްފާޟިލް އަބްދުﷲ ނަޖީބުއެވެ. ނަޖީބުގެ ވާހަކައިގައި ސްކޫލް އުފެދިގެން އައިގޮތާއި، ސްކޫލަށް ދިމާވެފައިވާ ދަތިތަކުގެ މައްޗައް ވާހަކަދެއްކެވިއެވެ. އެގޮތުން އަސްރިއްޔާ ޕްރީ ސްކޫލު އުފެދިންގެ ދިޔައީ މީދޫގެ ތައުލީމް އެއްކޮށް ފަނޑުވެފައިވަނިކޮށް މީދޫގެ ދަރިންނަށް ތައުލީމު އުނގަންނައިދިނުމުގެ މަތިވެރި މަގްސަދުގައި މީގެ 60 އަހަރު ކުރިން ނަޖީބުގެ ބައްޕަ އަލްފާޟިލު މުހައްމަދު ނަޖީބު ކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސްކޫލް ހިންގުމުގައި ދިމާވެފައިވާ ދަތިތައް ފާހަގަކުރައްވަމުން ނަޖީބު ވިދާޅުވީ އެއްމެ ކްލާސްރޫމެއްގައި ދަންފަޅިތަކަށް ބަހައިގެން ސްކޫލް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވާތީ އެކަން ހައްލުކުރެއްވުމަށްޓަކައި މީގެ 3 އަހަރު ކުރިން ސްކޫލަށް ބިމެއް ހޯދުމަށް ހުށަހަޅާފައިވާކަމަށާއި، އެހެން ނަމަވެސް އަދިވެސް އެކަން ހަމަޖެހިފައި ނުވާކަން ފާހަގަކުރެއްވިއެވެ.

ޖުމްލަ 14 ކުދިން ގްރެޖުއޭޓްވި މިހަފްލާގެ ޝަރަފުވެރި މެހުމާނުގެ ސ.މީދޫ ކައުންސިލަރގެ ވާހަކައިގައި، އަސްރިއްޔާ ޕްރީސްކޫލް މީދޫގެ ތައުލީމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް މެދުކެނޑުމެއްނެތި ސްކޫލް ކުރިއަށް ގެންދެވުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން ސްކޫލަށް ބިމެއް ހޯދުމުގައި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި ވާހަކަދައްކައިގެން ސްކޫލަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ކައުންސިލާރ ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ ފޮޓޯ އަލްބަމް:

***ކޮމެންޓް ކުރެއްވުމަށް ލޮގިން ކުރައްވާ