ސ.މީދޫ ނަރުގިސްވިލާ ޝިމާންހަސަން ފުލުހުން ހައްޔަރުކޮށްފި
ސ. މީދޫ ނަރުގިސްވިލާ ޝިމާނުހަސަން (ކައްލޭ ) ފުލުހުން ހައްޔަރުކޮށްފިއެވެ. މީނާ ހައްޔަރުކޮށްފައިވަނީ މީނާއާއި މީނާގެ ކޮއްކޮ އަބްދުﷲއަލީ (އައްޑޯ) އާއި ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ޝިމާން އުޅެމުންދާ ސ.މީދޫ ނަރުގިސްވިލާގައިވާ މުދަލާއި އަގުބޮޑު ތަކެއްޗަށް ގެއްލުންދީގެންނެވެ. މިމަހު 18 ވަނަ ދުވަހުގެރޭ ހިނގި މިހާދިސާ ފުލުހުންނަށް ރިޕޯރޓްކޮށްފައިވަނީ ޝިމާނުގެ މަންމަ ސައީދާއެވެ.
ޝިމާންހަސަން ގެއްލުންދީފައިވާ ތަކެއްޗަކީ އޭނާގެ މަންމަ އަމިއްލައަށް ހޯދައިފައިވާ ފައިސާއަށް ގަނެފައިވާ ތަކެތިކަމަށާއި މިތަކެތި އޭނާ ހަލާކު ކުރުމުން އެތަކެތީގެ ބަދަލު ހޯދުމަށް ޝަރީޢަތަށް އޭނާގެ މަންމަ ދާނެކަމަށް ނޫހުގައި ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެމްއެލްއަށް އިތުބާރު ހުރި ފަރާތަކުން މަޢުލޫމާތު ދީފައިވެއެވެ.
ޝިމާން ހަސަން ގެއްލުންދިން ތަކެތީގެ ތެރޭގައި އެގޭގަހުރި 21 އިންޗީގެ ޓިވީއަކާއި ލެޕްޓޮޕަކާއި އަދި ލަވަޖަހާ ސެޓެއް ހިމެނެއެވެ. އަދި މިތަކެތިވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.