Live News From S.Meedhoo

މީދޫގެ ހުރިހާ މިސްކިތެއްގައި ޚާއްސަ ދުޢާއެއް ކުރައްވަން ފައްޓަވަނީ

ރާއްޖޭގައި އޫރުރޯގާ ފެތުރެމުންދާތީ އެރޯގާއިން ރާއްޖޭގެ ރައްޔިތުން ސަލާމަތްކޮށްދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅެމުންގެންދާ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ކުރުމަށް ހަމަޖެހިފައިވާ ދުޢާ ސ.މީދޫގެ ނަމާދު ކުރާ ހުރިހާ މިސްކިތްތަކުގައިވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މީދޫ އޮފީހުން ހާމަކޮށްފިއެވެ.

ޖުމްލަ 13 މިސްކިތް ހުންނަ މީދޫގައި މިއަދު މެންދުރު 1 ޖެހިއިރު، ހުރިހާ މިސްކިތްތަކުގެ މުދިމުންވެސް ރަށު އޮފީހަށް ގެންގޮސް މިސްކިތްތަކުގައި ކިޔުމަށް ހަމަޖެހިފައިވާ ދުޢާ މުދިމުންނާއި ހަވާލުކުރައްވާފައި ވެއެވެ.

މިދުޢާ ކިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ވަކިގޮތަކަށް އަންގަންދެން ކޮންމެ ދުވަހަކުވެސް މަޣުރިބް، އިޝާ އަދި ފަތިސް ނަމާދަށް ފަހުގައެވެ.

***ކޮމެންޓް ކުރެއްވުމަށް ލޮގިން ކުރައްވާ