Live News From S.Meedhoo

އެޗް.އެސް.ސީ ކަޕަށް މީދޫ ފުޓްބޯޅަ ޓީމް ތައްޔާރުވަމުން އެބަދޭ

ހުޅުދޫ ސްޕޯޓްސް ކްލަބުން ކޮންމެ އަހަރެއްގެ ޗުއްޓީގައި ބާއްވަމުން އަނަން އެޗް.އެސް.ސީ ކަޕް ފުޓްބޯޅަ މުބާރާތައް މީދޫ ފުޓްބޯޅަ ޓީމުން އެއްމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދެއެވެ. މިދިޔަ އަހަރު އެޗް.އެސް.ސީ ކަޕްގެ ފައިނަލްގައި ކުޅުނު މީދޫ ޓީމަށް ރަށުން ބޭރުން މިފަހަރުވެސް 4 ކުޅުންތެރިން ގެނައުމަށްވަނީ ހަމަޖެހިފައިކަމަށް ޓީމްގެ މެނޭޖްމަންޓުން ހާމަކޮށްފައިވެއެވެ. މިކުޅުންތެރިންގެ ތެރެއިން މިހާރު 2 ކުޅުންތެރިން ޓީމާއި ގުޅިފައިވާކަމަށާއި، އަނެއް ދެކުޅުންތެރިން ޑިސެމްބަރ 2 ވަނަ ދުވަހު ޓީމާއި ގުޅޭނެކަމަށްވެސް ޓީމުން މައުލޫމާތު ދެއްވައެވެ.

ވެލެންސިއާ ފުލްޓީމްގައި ކުޅެފައިވާ މަޝްހޫރު ގޯލްކީޕަރ ބައްޓޭގެ ބެލުމުގެ ދަށުން ތައްޔާރުވަމުންދާ ޓީމު ވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހެނދުނާއި ހަވީރު ޕްރެކްޓިސް ކުރަން ފަށާފައެވެ. ތައްޓާއިމެދު ކިހާވަރެއްގެ އުއްމީދެއް އެބައޮތްތޯ ކޯޗާއި ސުވާލުކުރުމުން ކޯޗް ބުނެފައިވަނީ މިފަހަރު ޓީމް ތައްޔާރުވަމުންދަނީ ސީދާ ތައްޓަށް ކަމަށާއި ކުޅުންތެރިންވެސް ތިބީ އެ ޢަޒްމުގައި ކަމަށާއި މިކަމުގައި ރަށުގެ ހުރިހާ ރައްޔިތުންގެ ސަޕޯޓް ބޭނުންކަމަށެވެ.

ޓީމްގެ އެކި ކަންކަމަށް ޚަރަދުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ޓީމްގެ މެނޭޖްމަންޓުން ކުރަމުންދާއިރު މިހާތަނަށް ލިބިފައިވަނީ 6000.00 ރުފިޔާކަމަށް މެނޭޖްމަންޓުން ހާމަކުރަށްވައެވެ. މިފަދަ ބޮޑު މުބާރާތަކަށް ތައްޔާރުވާއިރު ރަށުން ބޭރުން ކުޅުންތެރިން ގެނައުމަށާއި، އެކުޅުންތެރިންގެ ކެއުމުގެ ޚަރަދާއި އަދިވެސް ޓީމަށް ކުރަންޖެހޭ ޚަރަދު ކުރުމަށް ގާތްގަނޑަކަށް 20000.00 ރުފިޔާ ބޭނުންވާނެކަމަށް ޓީމްގެ މެނޭޖްމަންޓުން ލަފާކުރެއެވެ.

މިހާތަނަށް ޓީމަށް އެއްމެ ބޮޑު އެހީއެއް ވެދެއްވާފައިވަނީ ޓީމްގެ ޖޯޒީ ގަނެދީފައިވާ ސ.މީދޫ އަރިވަރު އަލީ ޝަހީމްއެވެ. މީގެ އިތުރުން ޓީމަށް މިހާތަނަށް ފައިސާގެ އެހީދީފައިވާ ފަރާތްތަކަކީ އަލީ ނަޒީރު، ރަމްޒީ، ޝާހިދު ކޮންމެ މީހަކަށް 2000.00 ރުފިޔާއެވެ.

މީދޫއަށް މިފަހަރުގެ ތަށި ގެނައުމަށްޓަކައި ރަށުގެ ހުރިހާ ރައްޔިތުންގެ ސަޕޯޓް ބޭނުންވާކަމަށާއި، ތަނަވަސްކަމުގެ އަހުލުވެރިންގެ ފަރާތުން ޓީމްގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޓީމްގެ މެނޭޖްމަންޓުން ވަރަށް ބޮޑަށް އެދެއެވެ. ޓީމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކަށް ފައިސާ ޚަރަދުކުރެވުނުގޮތުގެ ތަފްސީލީ ރިޕޯޓެއް އެރުވުމަށް ހަމަޖެހިފައިވާކަމަށާއި، މިފަދަ ރިޕޯޓެއް އެހީތެރިވެދެއްވާ ފަރާތްތަކަށް ހުށަހަޅަނީ މީދޫ ފުޓްބޯޅަ ޓީމަށް އެފަރާތްތަކުން ހޭދަކުރެއްވި ފައިސާ ޚަރަދުވިފައިވަނީ ފައިސާގެ އެހީދިން މަގްސަދު ހާސިލްކުރުމަށްޓަކައިކަން އެފަރާތްތަކަށް ޔަޤީންކޮށްދިނުމުގެ ގޮތުންކަމަށް ޓީމްގެ މެނޭޖްމަންޓުން ހާމަކުރެއްވިއެވެ.

މީދޫ ފުޓްބޯޅަ ޓީމަށް އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 7569474 ނަމްބަރު ފޯނަށް ގުޅުއްވުމުން އެހީދެއްވުމުގެ ކަންތައްތައް ހަމަޖެހޭނެއެވެ.

ޚިޔާލު

  • shujarey ގެ ޚިޔާލަކީ:

    fund dhiye thibi kuhdin eheege atha dhi’kolumkaee magey yas varah bondo edhumah

    ehbai vantha kamaai ekuveri kamakee varah muhinmu kamah rashuge zuwaanunge musthagubalah takai

Trackbacks

***ކޮމެންޓް ކުރެއްވުމަށް ލޮގިން ކުރައްވާ