ދިވެހި ރެޑްކްރެސެންޓުން ސްވައިން ފުލޫއާއި ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ސްވައިން ފުލޫއާއި ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ދިވެހި ރެޑްކްރެސެންޓުން މީދޫއާއި ހުޅުދޫގައި ހިންގައިފިއެވެ. އިއްޔެ ހެނދުނު 10 ން ހަވީރު 4 ށް ހިންގި މިޕްރޮގްރާމްގައި ދިވެހި ރެޑްކްރެސެންޓްގެ ޓީމުތަކުން ހުޅުދޫ މީދޫގެ ހުރިހާ ގޭގެއަށް ޒިޔާރަތްކޮށް މިބައްޔާއިބެހޭ މައުލޫމާތުދީ ލީފްލެޓްތައް ބަހާފައިވެއެވެ.
މިއީ ދިވެހި ރެޑްކްރެސެންޓްގެ ގޮތްޕެއް ހުޅުމީދޫގައި އުފެއްދިފަހުން އެޖަމާއަތުން އިސްނަގައިގެން ހިންގި ފުރަތަމަ ޕްރޮގްރާމެވެ. މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ދެރަށުގެ ރަށު އޮފީހާއި ހުޅުމީދޫ ސިއްހީމަރުކަޒާއި ގުޅިގެންނެވެ.