Live News From S.Meedhoo

ފުވައްމުލަކުން އިންފުލުއެންޒާ-އޭ އަށް މީހަކު ޕޮޒިޓިވް ވެއްޖެ

ފުވައްމުލަކުން 30 އަހަރުގެ ފިރިހެނަކު އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދީފިއެވެ. ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި ވާގޮތުން އިންފުލުއެންޒާއަށް ޕޮޒިޓިވްވި މީހާ ސުވައިން ފުލޫއަށް ޕޮޒިޓިވް ވެފައިވޭތޯ ބެލުމަށްޓަކައި ސާމްޕަލް މާލެފޮނުވުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މިއީ އިންފުލުއެންޒާ-އޭ އަށް ދެކުނު ޕްރޮވިންސުން ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވެފައި އީދު ބަންދާއި ދިމާކޮށް މީދޫއިންވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފުވައްމުލަކަށްވަނީ ގޮސްފައެވެ. މައުލޫމާތު ލިބިފައިވާގޮތުން އީދު ބަންދަށް ފުވައްމުލަކަށް ދިޔަ މީހުންގެ ތެރެއިން ބައެއް މީހުން މިއަދު ހަވީރު ރަށަށް އައިސްފައިވެއެވެ.

***ކޮމެންޓް ކުރެއްވުމަށް ލޮގިން ކުރައްވާ