މަތީ ޡާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނި ސަބްޖެކްޓް ޕްރައިޒްއިން އެއްވަނ ހޯދި ސ.މީދޫ އާސާމް މަރިޔަމް ޝަހުމާގެ އެވޯޑް ވީތަނެއް ނޭނގިފައި
މަތީ ޘާނަވީ ނިންމާ އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށާއި ސަބްޖެކްޓް ޕްރައިޒްއިން އެއްވަނަ ހޯދި ދަރިވަރުންނަށް އެވޯރޑް ދިނުމުގެ ހަފްލާ 5 ނޮވެމްބަރ 2009 ވީި ބުރާސްފަތި ދުވަހުގެ ރޭ ވަރަށް ކުލަގަދަކޮށް ވަނީ ބޭއްވިފައެވެ. ދައުލަތުގެ އިސް ވެރިންނާއި އިއްޒަތްތެރިންނަށް ދައުވަތުދީގެން ދަރުބާރުގޭގައި ބޭއްވި ހައިބަތު ބޮޑު އެހަފްލާ ޓީވީން ވަގުތުން ދެއްކިއެވެ.
އެޖަލްސާގައި މަތީ ޡާނަވީ އިމްތިހާނުން އެއްމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެތެރޭގައި ސ.މީދޫ އާސާމް މަރިޔަމް ޝަހުމާ ހިމެނުނެވެ. އަދި ޝަހުމާވަނީ ބަޔޮލޮޖީން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައެވެ. ނަމަވެސް ސަބްޖެކްޓް ޕްރައިޒް އެވޯޑް އިއުލާން ކުރެވުނުއިރު ޝަހުމާގެ ނަމެއް ނުހިމެނުނެވެ. ޝަހުމާގެ ބަދަލުގައި އިއުލާންކުރެވިގެން ދިޔައީ ސ.މީދޫ ލިލީގެ ހައްވާ ޝަހުމާގެ ނަމެވެ.
އެތައްދުވަހެއް ވަންދެން ޝަހުމާ ކުރި މަސައްކަތުގެ ނަތީޖާ އެހެން ކުއްޖެގެ ނަމުގައި އިއުލާންކުރެވިގެން ދިއުމުން ޝަހުމާއަށާއި ޝަހުމާގެ އާއިލާއަށް ވަރަށްބޮޑު ހައިރާންކަމެއް ލިބުނެވެ. އަދި ޝަހުމާގެ ޓީޗަރުވެސް އެކަމާއި ކަންބޮޑުވިއެވެ. އެހިސާބުން ޝަހުމާއަށް ހައްގުވާ ޝަހުމާގެ އެވޯޑް ނުލިބުނީ ކީއްވެގެންތޯ ޝަހުމާގެ ޓީޗަރާއި އާއިލާއިން މަސައްކަތްކުރަން ފެށިއެވެ.
އެރޭގެ ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ މިނިސްޓަރ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ ޑރ.އަހްމަދު ޢަލީ ސަވާުދުއެވެ. އެވޯޑް ބައްސަވައިދެއްވުމަށްފަހު ޑރ.ސަވާދު ދެއްކެވި ވާހަކަފުޅުގައި ރަގަޅު އަޚްލާޤެއްގެ ވެރިއަކަށް ވުމުގެ މުހިންމު ކަމާއި އާއިލާގެ މެމްބަރުންނަށް ކަމޭހިތުމާއި އާއިލާގެ ތެރޭގައި އެކަކު އަނެކަކުދެކެ ލޯބި ވުމުގެ މުހިންމު ކަމަށް ބައްލަވާލެއްވިއެވެ. އަދި ދަރިވަރުންވެސް އާއިލާ އާއިއެކު ގާތް ގުޅުމެއް ބެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ.
ކިތައްމެ ދުރުގައި ހުންނަންޖެހުނަސް މަރިޔަމް ޝަހުމާއަކީ އަބަދުވެސް އާއިލާގެ ހުރިހާ މެމްބަރުންނާއި ގާތްގުޅުމެއް ބާއްވަމުން އައި ކުއްޖެކެވެ. އަދި ހަމައެއާއެކު ޝަހުމާއަކީ ތައުލީމީ ހަޔާތުގެ އެއްމެ އުސް ހަރުފަތައް އެރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރަމުންދާ މަޑުމައިތިރި ރަނގަޅު އަޚްލާގެއްވެރި ކުއްޖެކެވެ. ނަތީޖާއެއްގެ ގޮތުން ޝަހުމާ ވަނީ ތައުލީމީ ރޮނގުން ރަންވަނަތަކެއް ހޯދާފައެވެ. ޝަހުމާގެ ތައުލީމީ ހަޔާތުގެ ކޮންމެ ކާމިޔާބީއެއް ފާހަގަކޮށް ޝަހުމާއަށް އަބަދުވެސް އެއްމެ ގާތުން ހިތްވަރުދޭ އެއްބަޔަކީ ޝަހުމާގެ މަންމައާއި ބައްޕައެވެ. އެހެންކަމުން ގައުމީ ފެންވަރުގައި ޝަހުމާ ހޯދި ކާމިޔާބީ ފާހަގަނުވެ ދިއުމަކީ ޝަހުމާގެ ބައްޕައަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ.
ޖެހިގެން އައި ދުވަހު އެޑިއުކޭޝަން މިނިސްޓްރީއަށް ޝަހުމާގެ ބައްޕަ ގުޅިއެވެ. ޝަހުމާ ހޯދި ކާމިޔާބު އެހެން ކުއްޖެއްގެ ނަމުގައި މުޅި ރާއްޖެއަށް އިއުލާންވެގެން ދިޔައީ ކީއްވެގެންތޯ ސުވާލުކުރިއެވެ. އެތަނުން ދެއްވި ޖަވާބަކީ އެވޯޑްތައް ހެދުމަށްޓަކައި ނަތީޖާ ޝީޓްތައް މިނިސްޓްރީން ބޭރުކުރިއިރު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެހެންކަމުން އެކަން އެގޮތައްވީ ކީއްވެގެންކަމެއް ބުންނަން ނޭނގޭކަމަށް މިނިސްޓްރީން ޖަވާބުދެއްވިއެވެ. އެހިސާބުން ޝަހުމާގެ ބައްޕަ އެދުނީ ޕްރެސް ރިލީޒެއްގެ ގޮތުގައި އެކަން ހިނގައިދިޔަގޮތާއި، ޝަހުމާއަށް ހައްޤުވާ އިނާމް އެހެންކުއްޖެއްގެ ނަމުގައި ތައްޔާރުކުރެވި، އެވޯޑް ދިނުމުގެ ޖަލްސާގައި ޝަހުމާގެ ނަން އިއުލާން ނުކުރެވުނީ ކީއްވެގެންކަން ހާމަކޮށްދިނުމަށެވެ. ނަމަވެސް އެކަމަކަށްވެސް މިނިސްޓްރީން އެދެވޭ ޖަވާބެއް ނުދެއްވިއެވެ.
މިމައްސަލައިގައި މިނިސްޓަރ މުސްތަފާ ލުތުފީއަށްވެސް އެތައްފަހަރަކު ޝަހުމާގެ ބައްޕަ ގުޅިއެވެ. އަދި މިނިސްޓަރުގެ ދަށުން ތިއްބެވި އެކި ބޭފުޅުންނަށް ތަކުރާރުކޮށް ގުޅާފައިވެއެވެ. ގުޅާ ކޮންމެ ފަހަރަކު މިއަދު ނޫނީ މާދަމާ ޕްރެސް ރިލީޒެއް ނެރޭނަމޭ ބުނެއެވެ. ނަމަވެސް މިއަދާއިހަމައަށް ޝަހުމާގެ އެވޯޑް ވީތަނެއް ނޭނގެއެވެ.

ޙައްވާ ޝަހުމާއަކީ ކޮމާސް ސްޓްރީމަށް ކިޔެވި ކުއްޖެއްކަން މިރިޕޯޓްގައި ބަޔންކޮށްފައި ނެތުމަކީ ރިޕޯޓަށް ލިބުނު އުނިކަމެއްކަމުގައި ދެކެން.އަނެއްކޮޅުން ބައޮލޮޖީއަކީ އެކުއްޖާ ހެދި ސަބްޖެކްޓެއްވެސް ނޫން.
we congratulate maryam shahumaa for acheiving such a honour…v r proud to b from s.meedhoo..thanx for making our island b proud of u with wot u hav achieved…
libenjehey eche hoadhan jeheheyne thee vara dhera massala eh thi nulibijiyya.