ރޭ ދަންވަރު މީދޫ ފިހާރައެއް ފަޅާލައިފި
އެމްއެލްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެފިހާރަ ފަޅާލާފައިވަނީ އިސްކުރު ކަށިގަނޑެއް ބޭނުންކޮށްގެން ފިހާރައަށް ވަންނަ ދޮރުފަތުގެ ތަޅު ހަލާކުކޮށްގެންނެވެ.
ސ.މީދޫ ޖަންބުމާގޭ (ބެޔާގެއައްލާގެ) ގޯތިތެރޭގައި ހަދާފައިހުރި މިފިހާރަ ފަޅާލައިގެން ވަގަށް ގެންގޮސްފައިވަނީ ސިގިރޭޓާއި އެކިވައްތަރުގެ ދަޅާއި ރުފިޔާއެވެ. ދަޅާއި ސިގިރޭޓް ނަގާފައިވާ އަދަދު ކަނޑައެޅިގެން ބުނަން ނޭގޭކަމަށާއި އެހެން ނަމަވެސް ވަތްގަނޑުގައި ބަހައްޓާފައިހުރި ވަކިލާރީގެ ތެރޭގައި ހިމެނޭ -/350 ރުފިޔާއަށް ވުރެ ގިނަ ފައިސާ ގެންގޮސްފައިވާ ކަމަށް އެމްއެލްއަށް މަޢުލޫމާތު ލިބިފައިވެއެވެ.
އަދި މިވައްކަން ކޮށްފައިވަނީ ކޮންބައެއްކަން ނޭގޭ ކަމަށާއި އަދި ޝައްކުކުރެވޭ ބައެއްވެސް ނެތްކަމަށް އެފިހާރައިން މަޢުލޫމާތު ލިބިފައިވެއެވެ.
ސ. ހުޅުމީދޫ ޕޮލިހުން މިހާރުދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
