Live News From S.Meedhoo

ހުޅުމީދޫ އެސްޓީއޯގެ މެނޭޖަރ ފުލުހުން ހައްޔަރުކޮށްފި

ސ. ހުޅުމީދޫ އެސްޓީއޯގެ މެނޭޖަރ ޝަފްރާޒްއަލީ

ސ. ހުޅުމީދޫ އެސްޓީއޯ މެނޭޖަރ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ސ. ހުޅުދޫ، ރައިހާނުގޭ އުމުރުން 24 އަހަރުގެ ޝަފްރާޒް އަލީ ގެންގޮސްފައި ވާކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް އޭނާފާސްކޮށް ބެލިއިރު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 16 ރަބަރު ޕެކެޓް އޭނާ ލައިގެން ހުރި ޖިންސްގެ ޖީބުގެ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެސްޓީއޯގެ އިސް އޮފިޝަލަކު ވިދާޅުވީ ހުޅުމީދޫގައި ހުންނަ އެސްޓީއޯ 164 ނަމްބަރު ފިހާރައިގެ މެނޭޖަރު ޝަފްރާޒް އަލީ ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރު 5.15 އެހައިކަށްހާއިރު އޭނާ މީދޫގައި ހުއްޓާ ކަމަށެވެ.

އޭނާ ވިދާޅުވީ ޝަފްރާޒްއަލީ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ނަމަވެސް އޭނާގެ އެއްވެސް ޝަކުވާއެއް އެ ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން ލިބިފައި ނުވާކަމަށެވެ. ނަމަވެސް ޝަފްރާޒް ބޭރަށް ގޮސް ވަރަށް ގިނައިރުވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް އެސްޓީއޯގެ އޮފިޝަލު ވިދާޅުވި އެވެ.

މިއަދު ހަވީރު 5.15 އެހައިކަށްހާއިރު ހުޅުމީދޫ އެސްޓީއޯ މެނޭޖަރ ސ. ހުޅުދޫ ރައިހާނުގެ ޝަފްރާޒްއަލީ (24 އ) ފޭދުން މީދުއަށްގޮސް މީދޫގައި ހުންނަ ހުޅުމީދޫ ޕޮލިސް ސްޓޭޝަން ކުރިމަތިން ސައިކަލެއްގައި ގެއަށްދާން ދަނިކޮށް ފުލުހުން މީނާ ހައްޔަރުކޮށް މީނާ ފާސްކުރިއިރު މީނާ އަތުން މަސްތުވާ ތަކެތިކަމަށް ޝައްކު ކުރެވޭ 16 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް މަންޒަރުދުށް މީހަކު ނަންހާމަކުރުމަށް ނޭދެމުން އެމްއެލްއަށް މަޢުލޫމާތު ދީފައިވެއެވެ.

ޝަފްރާޒްއަލީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.