Live News From S.Meedhoo

ޑީއާރުޕީގެ ކޮންގްރަސްގައި މީދޫ ގޮފިން ބައިވެރިވާ މީހުން އިޢުލާންކޮށްފި

މިމަހުގެ 16 އިން 17 އަށް މާލޭގައި ބާއްވާ ޑީއާރުޕީގެ ކޮންގްރެސްގައި ޑީއާރުޕީގެ ސ.މީދޫ ގޮފިން ބައިވެރިވާނެ ފަސްމީހަކު ޑީއާރުޕީގެ މީދޫގޮފިން ހޮވައިފިއެވެ.

މިކަމަށްޓަކއި ސ.މީދޫ މީނާޒް(ބޮޑޮއެޅެގޭލުތުފީގެ) ގައި ބޭއްވި ބައްދަލުވުމެއްގައި މިފަސް މީހުން ހޮވާފައިވަނީ އެބައްދަލުވުމަށް ދިޔަ މެމްބަރުންގެ އިއްތިފާގުންކަމަށް އެބައްދަލުވުމުގައި ބައިވެރިވި މީހަކު އެމްއެލްއަށް މައުލޫމާތު ދީފައިވެއެވެ.

“ޑީއާރުޕީގެ ކޮންގްރަސްއަށް މީދުން ދާންޖެހޭ މީހުން ހޮވުމަށް ބައްދަލުވުމެއް ބާއްވައި މާލެދާންޖެހޭ މީހުން މިހާރުވަނީ ހޮވާފައި. އަޅުގަނޑުމެން ބައްދަލުވުން ބޭއްވީ މީނާޒްގައި. މީދޫގައި މިހާރު ޑީއާރުޕީގެ މެމްބަރުން ކުރިއަށްވުރެ ބޮޑުތަން އިތުރުވެސްވާނެ.” ނަން ހާމަނުކުރުމަށް އެދެމުން މާލެދިއުމަށް ހޮވިފައިވާ މެމްބަރަކު އެމްއެލްއަށް މަޢުލޫމާތު ދެއްވިއެވެ.

ޑީއާރުޕީގެ ކޮންގްރެސްގައި ބައިވެރިވުމަށް  މާލެދިއުމަށް އެޕާޓީގެ މީދޫގޮފިން ހޮވާފައިވާ ފަސްމެމްބަރުންނަކީ މީދޫ ޕެރިސް އަބްދުﷲ އިބްރާހިމްދީދީއާއި  މީދޫ ހަޒާރީވިލާ ސައިދާ ހަސަންއާއި މީދޫ ޑޭލައިޓް އަބްދުލް ހަކީމުއާއި މީދޫ ކަރަންކާވާދީ އިބްރާހިމް މުފީދުއާއި މީދޫ ނިވްސްޓަރ ޖަވާދުﷲ ޒާހިރުއެވެ. މިފަސް މެމްބަރުންގެ ތެރެއިން ޖަވާދުﷲޒާހިރު ފިޔަވައި ދެންތިއްބެވި މެމްބަރުންނަކީ ކުރީގެ ކޮންގްރަސްގައިވެސް ބައިވެރިވި މެމްބަރުންނެވެ.

އަދި ރޭގައިވަނީ ސ.ހުޅުދޫ ގޮފިންވެސް މެމްބަރުން ހޮވާފައެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.