Live News From S.Meedhoo

މިގައުމުގެ ކޮންމެ ރައްޔިތަކަށްވެސް ސަރުކާރަށް ފާޑުކިޔޭނެއެވެ. އަދި ފާޑު ކިޔަންޖެހޭނެއެވެ.

ކުރީގެ ސިއްހީމަރުކަޒު ހިންގި ބިމުގައި 5 ބުރީގެ ލޯ ކޮލެޖާއި އެސް.ޓީ.އޯ ކޮމްޕްލެކްސްގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހުޅުދޫ މީދޫ ބިނާކުރައްވަމުން ގެންދަވާނީ މަތީ ތައުލީމަށާއި އިލްމަށް މަގުފަހިވާ ތަނެއްގެ ގޮތުގައެވެ.

އެމަނިކުފާނު މިހެން ވިދާޅުވިފަހުން މިހާރު މިވަނީ އެއް އަހަރު ފާއިތުވެފައެވެ. ބިންގާ އެޅުއްވި އިމާރާތް އަދި ލޮލަކަށް ނުފެނެއެވެ. މިހެން ދެންނެވުމުން، ބައެއް މީހުން ހިތްހަމަ ނުޖެހިދާނެއެވެ. އަދި މިވާހަކައަށް ރައްދުދެއްވުމުގެ ގޮތުން ފާއިތުވެދިޔަ 30 އަހަރާވެސް ގުޅުވަފާނެއެވެ. އެއަށްވުރެ ބޮޑަށް ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެގެން މިފަދަ ވާހަކައެއް ބުނުމަކީ ސަރުކާރާއި ދެކޮޅުހެދުންކަމަށް ބަލައި އިސްތިއުފާ ދިނުމަށްވެސް ގޮވާފާނެއެވެ. އެހެންނަމަވެސް ހެވެއެވެ. ސިޔާސީ މަގާމެއް ގަބޫލުކޮށްގެން މިހުރީ ސަރުކާރަށް ހުޝާމަދު ކުރާކަށެއް ނޫނެވެ. މިމަގާމުގައި މިހުރީ ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި، ސަރުކާރުގެ ވެރިންގެ ސަމާލުކަމަށް އެ ޝަކުވާތައް ގެންގޮސް، ރައްޔިތުންނަށާއި ރަށަށް ފަހި ގޮތްތައް ހޯދައިދިނުމަށެވެ. އަދި މިގައުމުގެ ރައްޔިތުން ވޯޓްލައިގެން ސަރުކާރެއް ހޮވާފައި އޮތީވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ.

އެނބުރި ސުރުހީއަށް ދާނަމެވެ.  މިރަށަކީ ޒަމާނުއްސުރެ ތައުލީމަށް ލޯބިކުރާ ބަޔަކު ދިރިއުޅެމުން އަންނަ ރަށެކެވެ. މިކަން އެއްމެ ބޮޑަށް ފާހަގަކުރާ އެއްބަޔަކީ ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނެވެ. އިންތިޚާބުތަކާ ދިމާކޮށް ރަށްރަށުގެ ރައްޔިތުން ގޯނި ފުލަށް ލުމަށްޓަކައި ކޮންމެ ރަށަކާއި ގުޅޭގޮތުން ކިޔުއްވާ ޅެންތަކެއް ހުންނާނެއެވެ. އެހެން ރަށްރަށާއި ޚިލާފަށް މިރަށާއި ގުޅޭގޮތުން ސިޔާސީ ބޭފުޅުން ދައްކަވާ ދެތިން ވާހަކައެއް އޮވެއެވެ. އެއީ ތައުލީމާއި، ތާރީޚާއި އިސްލާމް ދީނުގެ ވާހަކަތަކެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ ވާހަކައަކީވެސް މިރަށުގެ ރައްޔިތުން ގޯނި ފުލަށް ލުމަށް ގެންގުޅޭ ހަތިޔާރެކެވެ.

އިތުރަށް ވިދާޅުވުމަށް

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.