ހިތަދުން ހުޅުދޫ މީދޫއަށް އަންނަ ޑޮކްޓަރުން އަންނަނީ މަޖާކޮށްލަން
ހުޅުދޫ މީދޫ ޞިއްޙީމަރުކަޒަށް ހިތަދޫ ހޮސްޕިޓަލުން އަންނަ ޑޮކަޓަރުންން އަންނަނީ ބަލިމީހުންބަލާ ނަމުގައި މަޖާކޮށްލުމަށެވެ.
ހުޅުދޫ މީދޫ ޞީއްޙީމަރުކަޒަށް ހިތަދޫ ހޮސްޕިޓަލުން ކޮންމެ މަހަކުވެސް އެއްފަހަރު އެހޮސްޕިޓަލުގެ ޑޮކަޓަރުން ފޮނުވައެވެ. އެގޮތުން އެހޮސްޕިޓަލުން ފޮނުވާ ޑޮކްޓަރުންނަށް ހުޅުދޫ މީދޫ ޞިއްޙީމަރުކަޒަށް ދެވެނީ ހެނދުނު 10 އެއް ޖަހާ ބޮޑުވާ ފަހުންނެވެ.
ޑޮކްޓަރުން ޞިއްޙީމަރުކަޒަށްގޮސް ފުރަތަމަ ކުރައްވާކަމަކީ ސައިފޮދު ހިއްޕެވުމެވެ. އެއަށްފަހު ބަލިމީހުން ބަލަން ފަށައެވެ. 5 ވަރަކަށް ބަލިމީހުން ބެލުމަށްފަހު މެންދުރު ބްރޭކަށް ބަލިމީހުން ބެލުން ހުއްޓާލައެވެ.
ދެން ބަލިމީހުން ބަލަން ފަށަނީ މެންދުރު ފަހު 2 ޖަހާއިރުއެވެ. ތިނެއް ޖަހާއިރު ބަލިމީހުން ބެލުން ހުއްޓާލުމަށްފަހު ދެން ޑޮކްޓަރުންގެ ޓީމް ޞިއްހީމަރުކަޒުގެ އެމްބިއުލަންސް ބޭނުންކޮށްގެން މީދޫގެ ދަނޑު ބިންތަކަށް ގޮސް އެމީހުން ބޭނުންނާ ތަރުކާރީއާއި މޭވާ ގަނެއެވެ.
ޑޮކްޓަރުން ތިނެއް ޖެހުމުން ބަލިމީހުން ބެލުން ހުއްޓާލާއިރު ހުޅުދޫ މީދޫގެ ގިނައަދަދެއްގެ ބަލިމީހުން ހެނދުނު 6 ޖެހީއްސުރެން ނަމްބަރު ނެގުމުގެ ކަންތަކުގައާއިއެކު މިއުޅޭނީ ޞިއްޙީމަރުކަޒުގައެވެ. ދަރިންނަށް ކާންނުދީ އެކުދިން ރޮއްވާލައިގެން ނުކައި ނުބޮއެ ޞިއްޙީމަރުކަޒަށް ހުޅުދޫ މީދޫގެ ގިނަ އަދަދެއްގެ ބަލިމީހުން މިދަނީ ޑޮކްޓަރަށް ދެއްކުމުގެ މަތިވެރި މަޤްޞަދުގައެވެ. އެހެން ނަމަވެސް ގިނަފަހަރަށް ޑޮކްޓަރުންގެ އަމަލު ހުންނަ ގޮތުން ގިނަ ބަލިމީހުންދަނީ ޞިއްޙީމަރިކަޒުގެ މުވައްޒަފުންނަށާއި އެތަނުގެ ވެރިންނާއި ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވުމަށްފަހު ދެން އަނބުރާ އެތަނަށް ނުދާން އަޒުމް ކަނޑައަޅައިގެން ރޮމުން ކަހަލަ ގޮތަކަށް ގެއަށެވެ.
ސަރުކާރު ޤަވާއިދު ހަމަޖެހިފައިވާ ގޮތުގައި ސިވިލް ސާރވިސް މުވައްޒަފުންގެ ޑިއުޓީ ގަނޑިއަކީ އެމުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވަގތުން ފެށިގެން 8 ގަޑިއިރުއެވެ. މިއަށް ގަޑިއިރު ތެރޭގައި އެއްގަޑިއިރުގެ ހުސްވަގުތުކޮޅެއް ދޭންޖެއެވެ. އެހެން ނަމަވެސް ހުޅުދޫ މީދޫއަށް ޒިޔާރަތް ކުރާ ހިތަދޫ ހޮސްޕިޓަލުގެ ޑޮކަޓަރުން ހުޅުދޫ މީދޫ ޞިއްޙީމަރުކަޒުގައި 3 ގަޑިއިރު މަސައްކަތުގައި ހޭދަނުކުރެވެއެވެ.
“ޞިއްޙީމަރުކަޒަށް ހިތަދޫ ހޮސްޕިޓަލުގެ ޑޮކްޓަރުންވަދެ ދެތިންމީހުން ބެލުމަށްފަހު ސަޔަށް މެދުކަނޑާލަނީ. އެމީހުންނަށް ބަލިމީހުން ބަލަން ފެށޭއިރު، މިހުންނަނީ ހެނދުނު 10.30 ވަރު ވެފައި. ސަޔަށް މެދުކެނޑުމަށް ފަހު ދެން އެކެއް ނުވަތަ ދޭއް ޖަހާއިރު ބަލިމީޙުން ބަލަށް ފައްޓަވައި ތިނެއް ޖަހާއިރު މެދު ކަނޑާލައި ފުރުމުގެ މަސައްކަތުގައި މިއުޅެނީ. ހަޤީގަތުގައި އެމީހުން މިރަށަށް މިއަންނަނީ ކޮންމެހެން ބަލިމީހުން ބަލާކަށް ނޫން. މިރަށުގެ ދަނޑުބިންތަކަށް ތަރުކާރީއާއި މޭވާ ގަންނަން މިއަންނަނީ.” މިދިޔަ މަހު 28 ވަނަ ދުވަހު ހުޅުދޫ މީދޫއަށް ޑޮކަޓަރުން ދިއުމުން ޑޮކްޓަރަށް ދައްކަންގޮސްހުރި ބަލިމީހަކު މީދޫލައިވަށް ކިޔައި ދިނެވެ.
ތެދެއްމެ ޑޮކަޓަރުން ޞިއްޙިމަރިކަޒަށް ދިއުމުގެ ބޭނުމަކީ ކޮންމެހެން ބަލިމީހުން ބެލުމެއް ނޫނެވެ. އެމީހުން ހުޅުދޫ މީދުއަށް ދާދުވަހަކުން މީދޫގެ ދަނޑުވެރިންނަށް ގިނައަދަދަކަށް ފައިސާ ލިބޭކަމަށް ދަނޑުވެރިންގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ.
ޑޮކްޓަރުންގެ އަމަލްތައ މިގޮތަށް ހުންނާތީ ހިތަދޫ ހޮސްޕިޓަލުގެ މެނޭޖްމަންޓަށްވެސް މިކަން މީދޫގެ ޓީމަކުން އަންގާފައިވެއެވެ.

ތެވަރުގެ ކަމަށް ހިނގާކަލަކި ކޮބާތާ ތެބެނި މަރުކަޒު ހިންގުމާއި ހަވާލަވެގެންތިބި މީހާ؟؟؟ އެވެރިންގެ މަސްއޫލިއްޔަތަކަށް ވޭއްޖެހެއި ނުނީ ކޮންމިބާކިން ފެނޑުވިކަމުގައި ވިޔެސް އެތާން އޭ ޑޮކްޓަރުން އެވެރިންގެ ޒިންމާ ފުރިހަމަގޮތެ އަދާކެރާތޯބަލާއް.. ތަން ހިނގުވާއް ތިބި މީހުންގެ ދޯދިޔާކަމުން މެހެން ވޭނެއި.. ނުންފެހޭ ޑޮކްޓަރުން ފެނޑުވެނީ އެވެރިންނަށް މަރުކަޒުގެ މަސްއޫލުވެރިންނަށްވަނި ބޮނޑެތި ބާރަތެކަށް ދެރެފެއި… ދެން ތެކަމަކީ އާންމުކަމަށްކަމުގައި ވެނީފެހޭ ވެގެ ނުނީ ތެކަހަލެއި ޑޮކްޓަރުންނާއިމެދެ ފިޔަވަޅަސް އެޑާއް… 8ގަޑި ވޭލައި ކަމަށްކެޑަސް ނިކެޑަސް މަރުކަޒިއެތެރެ ބަންދުކޮށްފެއި ބާތިބައި ދަޑޮތަކަށް އޭއް ވޭނާ ނިދޭނެއި.. އެކަލަކި ފައިމަގި ގޮސް ގިނަގެން އެބޭށިޔަނުނީ..
Emeehunah ehen bunevey kasheh noanaane….mihaaraku ithuru gadieh nulibey…8.00 duty ah annany ais doktarun round nihmaafa dheveryiru hunany 10.00 vefa….konme civil cervice muvazafakah 1 gadiiru huskoh liben jehey .. 10-3 patientun balany… 3-4 break gadi…konme doktarakuves 30 vure mahchah patientun balaafa annany…mikala complains kerany gailhiya nunee…..liar meedhooo people ……